47 އަހަރު ފަހުން ނިއުކާސަލް ލީގު ކަޕް ފައިނަލަށް

Feb 1, 2023, 8:14 AM
ނިއުކާސަލްގެ ލޯންގްސްޓާފް ގޯލު ޖެހުމަށް ފަހު އުފާފާޅުުުކުރަނީ.

ނިއުކާސަލްގެ ލޯންގްސްޓާފް ގޯލު ޖެހުމަށް ފަހު އުފާފާޅުުުކުރަނީ.

ލަންޑަން (ފެބްރުއަރީ 1) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ސައުތެމްޓަން އަތުން 2-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑުން 47 އަހަރަށް ފަހު ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފުރަތަމަ ލެގުގައި މީގެ ހަތް ދުވަސްކުރިން ނިއުކާސަލް ވަނީ 1-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. ރޭ ނިއުކާސަލް ދަނޑުގައި ދެ ވަނަ ލެގުގެ މެޗުން މޮޅުވެ، އެ ޓީމުން މި ވަނީ 1976 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ކަޕް ފައިނަލަށް ގޮސްފަ އެވެ. ނިއުކާސަލް އެ ފަހަރު، ލީގު ކަޕް ފައިނަލުން ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ.

ނިއުކާސަލް ދަނޑުގައި ކުޅުނު ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޝޯން ލޯންގްސްޓާފް އެވެ. މިއީ އޭރިއާތެރެއިން ކިއެރަން ޓްރިޕިއާ ދިން ބޯޅައަކުން ލޯންގްސްޓާފް ޖެހި ގޯލެކެވެ. މެޗުގެ 21 ވަނަ މިނިޓްގައި ނިއުކާސަލްގެ ދެ ވަނަ ގޯލު ޖެހީ، ލޯންގްސްޓާފް އެވެ. ލޯންގްސްޓާފްގެ މި ލަނޑަކީ އޭރިއާތެރެއިން މިގޭލް އަލްމިރޯން ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

މެޗުގެ 29 ވަނަ މިނިޓްގައި އޭރިއާބޭރުން، ސައުތެމްޓަންގެ ޗޭ އެޑަމްސް އެ ޓީމަށް ގޯލެއް ޖަހައިިދިން ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ނިއުކާސަލް އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަަދުކޮށެެވެ. މެޗުގެ 82 ވަނަ މިނިޓްގައި ނިއުކާސަލްގެ ބްރެޒިލް މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ސައުތެމްޓަންގެ ސެމިއުލް އެޑޯޒީ އަށް ކުރި ފައުލަކަށް ފުރަތަމަ ގިމާރޭސް އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފަ އެެވެ.

މިއީ 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގެ ފަހުން، ނިއުކާސަލް އިން ކުޅޭ ޑޮމެސްޓިކް ފުރަތަމަ ފައިނަލެވެ. އެ ފަހަރު ފައިނަލުގައި ނިއުކާސަލް ބަލިވީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ. މި ފަހަރުގެ ލީގުގެ ކަޕް ފައިނަލުގައި ވެސް ނިއުކާސަލާ ދެކޮޅަށް ނުކުންނާނެ ކަމަށް ބެލެވެނީ ޔުނައިޓެޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox