އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގައި މި ފަހަރު ފަސް ސްކޫލް

Jan 31, 2023, 6:49 AM
މީގެ ކުރިން ބޭއްވި އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މީގެ ކުރިން ބޭއްވި އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ފަސް ސްކޫލާ އެކު ހަތް ވަނަ އިންޓަ ސްކޫލް ކްރިކެޓް މުބާރާތް އަންނަ މަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ފެބްރުއަރީ 4-11 އަށް އޮންނަ މުބާރާތުގެ ފިރިހެން ބައިގައި މިފަހަރު ކުޅޭނީ ދެ އުމުރުފުރާ އެކެވެ. އެއީ 13 އަހަރުން ދަށާއި، 17 އަހަރުން ދަށެވެ. އެ ގޮތުން، 17 އަހަރުން ދަށުގެ އުމުރުފުރާގައި ހަތަރު ސްކޫލުން ކުޅޭއިރު 13 އަހަރުން ދަށުގެ އުމުރުފުރާގައި ކުޅެނީ ތިން ސްކޫލަކުންނެވެ.

ސަތާރަ އަހަރުން ދަށުގެ އުމުރުފުރާގައި ކުޅޭ ހަތަރު ސްކޫލަކީ ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، ރެހެންދި ސްކޫލް އަދި މުހިއްދީން ސްކޫލެވެ. ކެޓަގަރީ ތަކަށް ބަލާއިރު، 13 އަހަރުން ދަށުގައި ވާދަކުރަނީ ތާޖުއްދީން، މުހިއްދީން އަދި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ.

ފިރިހެން ކުދިންގެ ބައި ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ ކުރި ހޯދާ ދެ ޓީމު ފައިނަލް ކުޅޭ ގޮތަށެވެ. އެ ގޮތުން، 17 އަހަރުން ދަށުގެ މެޗުތައް ކުޅޭނީ 12 އޯވަރަށެވެ. އަދި 13 އަހަރުން ދަށުގެ މެޗުތައް ކުޅޭނީ 10 އޯވަރަށެވެ. ފައިނަލު މެޗުގެ އޯވަރުތައް ހަަމަވާއިރު ނަތީޖާ އެއްވަރުވެއްޖެ ނަމަ އިތުރަށް ދެ އޯވަރު ކުޅޭނެ އެވެ.

މުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ ދެ ސްކޫލެކެވެ. އެއީ ރެހެންދި ސްކޫލާއި ތަޖުއްދީން ސްކޫލެވެ. މި ދެ ޓީމްގެ މެޗުގައި ޗެމްޕިއަންކަން ހޮވުމަށް "ބިގް މެޗު"ގެ ނަމުގައި ކުޅެނީ ފައިނަލެކެވެ.

މާލެ ސަރައްދުގެ އިންޓަ ސްކޫލް މުބާރާތް މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން މާލެ ސަރަހައްދުގައި ސްކޫލް މުބާރާތް ބޭއްވީ 2020 ގަ އެވެ.

ކޮވިޑް-19 އަށްފަހު ބޭއްވި އިންޓަ ސްކޫލް ފުރަތަމަ ކްރިކެޓް މުބާރާތަކީ ފުވައްމުލަކުގައި މިދިޔަ އަހަރު ބޭއްވި އެ ސަރަހައްދުގެ ކްރިކެޓް މުބާރާތެވެ. އެ މުބާރާތުގައި ފުވައްމުލަކުގެ 5 ސްކޫލަކުން ވާދަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox