ރެލިގޭޝަންގެ ބިރު ބޮޑުވެފައި އޮތް އެވަޓަންގެ ކޯޗަކަށް ޑައިޝް

Jan 30, 2023, 7:33 PM
ރެލިގޭޝަންގެ ބިރު ބޮޑުވެފައި އޮތް އެވަޓަންގެ ކޯޗަކަށް ޑައިޝް

ލަންޑަން (ޖެނުއަރީ 31) - ރެލިގޭޝަންގެ ބިރުބޮޑުވެފައިވާ އެވަޓަންގެ ކޯޗަކަށް ބާންލީގެ ކުރީގެ ކޯޗު ޝޯން ޑައިޝް ހަމަޖައްސައިފި އެވެ.

ޑައިޝް، އެވަޓަންގެ ކޯޗަކަށް މި ހަމަޖެއްސީ އެ ޓީމުގެ ކޯޗު މަގާމުގައި އަހަރެއް ނުވަނީސް ފްރޭންކް ލަމްޕާޑް އެ މަގާމުން ވަކިކުރުމަށް ފަހު އެވެ. އެވަޓަން އިން ވަނީ ޑައިޝް ގެނައުމުގެ ކުރިން، އެހެން ކޯޗުންނާ ވެސް ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، އެންމެ ބޮޑަށް މަސައްކަތް ކުރީ، މީގެ ކުރިން ލީޑްސް ޔުނައިޓެޑްގެ ކޯޗަކަށް ހުރި މާސެލޯ ބިއެލްސާއާ ޓީމު ހަވާލުކުރެވޭތޯ އެވެ.

ބާންލީގެ ކޯޗެއްގެ ގޮތުގައި 10 އަހަރު ހޭދަކުރި ޑައިޝް ،51، އެވަޓަންގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމު ތާވަލްގެ ފުލުން ދެ ވަނައިގައެވެ. އެވަޓަން، އަށް ވަނީ 1954 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް، އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަނުން ރެލިގޭޓްވުމުގެ ބިރު ބޮޑުވެފަ އެވެ.

ދެ އަހަރާއި ބައިގެ އެއްބަސްވުމެއް ހެދި ޑައިޝްގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޑައިޝް ބުނީ އެވަޓަން ރެލިގޭޝަނުން ސަލާމަތްކުރުމަކީ ބޮޑު ޗެލެންޖެއްކަން އެނގޭ ކަމަށެވެ. އެކަމަކު، އޭނާ ބޭނުންވަނީ ވެސް މި ކަހަލަ ޗެލެންޖަކާ ކުރިމަތިލައިގެން، ކާމިޔާބު ހޯދަން ކަމަށް ޑައިޝް ވަނީ ބުނެފަ އެވެ.

"ކުރިއަށް ވިސްނާއިރު މި ކްލަބުގައި އެބަހުރި ބަދަލުކުރަންޖެހޭ ކަންތައްތައް. އަހަރަމެން ބޭނުންވާ ގޮތަށް ޓީމު ބައްޓަންކުރަން އެބަޖެހޭ،" ޑައިޝް ބުންޏެވެ.

ޑައިޝް ބުނީ އޭނާގެ އަމާޒަކީ ހިތްވަރުކޮށް، ކެނޑިނޭޅި މަސައްކަތްކުރާ ޓީމަކަށް އެވަޓަން ބަދަލުކޮށްލުން ކަމަށެވެ.

ޗެލްސީގެ ކުރީގެ ކޯޗު ލަމްޕާޑް މަގާމުން ވަކިކުރީ ޕްރިމިއާ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެވަޓަން ބަލިވުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox