ހޭންޑްބޯލް މޯލްޑިވްސްގެ އޮނޮރަރީ ޕްރެޒިޑެންޓަކަށް އަހުމަދު އިސްމާއިލް

Jan 25, 2023, 1:57 PM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން އަހުމަދު އިސްމާއިލް.-- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން އަހުމަދު އިސްމާއިލް.-- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ

ހޭންޑްބޯލް މޯލްޑިވްސްގެ އޮނޮރަރީ ޕްރެޒިޑެންޓްގެ މަގާމަށް ކުރިން އެސޯސިއޭޝަންގެ ރައީސަކަށް ހުންނެވި، އަހުމަދު އިސްމާއިލް ވަނީ ހަމަޖައްސައިފި އެވެ.

މި މަގާމު އަހުމަަދަށް ދިނުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވުނު ހޭންޑްބޯލް މޯލްޑިވްސްގެ އާ ހިންގާ ކޮމިޓީގެ ފުރަަތަމަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައިިވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތުގެ މަތިން، މަގާމުތަކަށް މީހުން އައްޔަނުކޮށްފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އަހުމަދަށް ހޭންޑްބޯލް އެސޯސިއޭޝަންގެ އޮނޮރަރީ ޕްރެޒިޑެންޓްގެ މަގާމު އަރުއްވާފައިވަނީ ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމަށް އަހުމަދު ކޮށްދެއްވި މަސައްކަތްތަކާއި އެ ކުޅިވަރަށް ޖުމްލަކޮށް ކޮށްދެއްވި ހުރިހާ ހިދުމަތްތަކެއްގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ހޭންޑްބޯލް މޯލްޑިވްސް އަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދިނުމަށް ކުޅިވަރުގެ ޤައުމީ ކައުންސިލުން 2015 ގައި ނިންމިއިރު، އޭރު ވެސް ހޭންޑްބޯލް ކުރިއެރުވުމުގެ މަސައްކަތުގައި އަހުމަދު އިސްކޮށް ހަރަކާތްތެރިވި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ފުރަތަމަ ހިންގާ ބައްދަލުވުމަށް ފަހު.

އަހުމަދު، އެންމެ ފުރަތަމަ ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް ކަމާ ހަވާލުވީ 2016 ގަ އެވެ. އެ ގޮތުން، 2016 ގެ ޖުލައި މަހު އޮތް ބައި-އިލެކްޝަންގައި ރައީސް ކަމަށް އަހުމަދު ހަވާލުވެވަޑައިގަތީ އޭރު ރައީސަކަށް ހުންނެވި އިބްރާހިމް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އޭގެ ފަހުން 2018 ގެ އިންތިހާބުގައި ވެސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު އަނެއްކާ އަހުމަދު އިސްމާއިލް ދިފާއުކުރައްވައި، ދައުރެއް އެއްކޮށް ފުރިހަމަކުރެއްވި އެވެ.

ރާއްޖޭގައި މިދިޔަ ހަތް ވަރަކަށް އަހަރަށް ބަލާއިރު، އެއް ކުޅިވަރެއް އެންމެ ބޮޑު ތަރައްގީއެއް ހޯދި، ކުޅިވަރުތަކުގެ ތެރޭގައި ހޭންޑްބޯޅަ ހިމެނެ އެވެ. އެ ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވޭވަރުގެ ކޯޓެއް ރާއްޖޭގެ ހޭންޑްބޯޅަ އަށް ލިބިގެންދިޔައީ، އަހުމަދުގެ ލީޑަޝިޕްގަ އެވެ. މުޅި ރާއްޖެ އަށް ހޭންޑްބޯޅަ ފުޅާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމުތައް ކުރިއެރުން ހޯދަން އަހުމަދުގެ ދައުރުގައި ވަނީ ގިނަ ފުރުސަތުތަކެއް ހޯދައިދީފަ އެވެ.

ކުރިއަށް އޮތް ދައުރުގައި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްގެ ޒިންމާ އަދާކުރުމަށް ހަވާލުވެވަޑައިގަތީ، އެންމެ ފަހުން ނައިބު ރައީސަކަށް ހުންނެވި، އަހުމަދު މުޖްތަބާ (މުޖޭ) އެވެ. ހަމައެކަނި ކެންޑިޑޭޓްގެ ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ވާދަކުރެއްވައި، ފެންނަ ނުފެންނަ ވޯޓަކުން ވެސް ކާމިޔާބު ހޯދި، މުޖޭ ވަނީ މީގެ ކުރިން ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި މި ދައުރުގައި ހޭންޑްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަނުކުރީ އަބްދުﷲ އަންވަރު އެވެ. ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަނަކަށް އަބްދުﷲ ސަލީމް ހަމަޖެއްސިއިރު، ކޯޗަސް ކޮމިޝަންގެ ޗެއާޕާސަން އަކީ ކުރީގެ ކުޅުންތެރިޔާ، އައިޝަތު ރީމާ އެވެ. ރެފްރީސް ކޮމިޝަންގެ ޗެއާޕާސަނަކަށް އަހުމަދު ހައިޝަމް ވަނީ ހަމަޖައްސައިފަ އެވެ.

މި އަހަރުން ފެށިގެން 2027އާ ހަމައަށް އޮތް، ހޭންޑްބޯލް މޯލްޑިވްސްގެ އާ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ 2023 ވަނަ އަހަރު ހޭންޑްބޯލް އެސޯސިއޭޝަންގެ ކަލަންޑަރު ވެސް ފާސްކޮށްފަ އެވެ. އަދި ހަ ވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އޮގަނައިޒިން ކޮމިޓީ ހަމަޖެއްސި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox