ބޯލްޓްގެ އެކައުންޓް: 12 މިލިއަން ޑޮލަރުން 12،000 ޑޮލަރަށް!

Jan 24, 2023, 3:44 AM
ބޯލްޓްގެ އެކައުންޓް: 12 މިލިއަން ޑޮލަރުން 12،000 ޑޮލަރަށް!

ކިންގްސްޓަން، ޖެމެއިކާ (ޖެނުއަރީ 24) - މަޝްހޫރު ސްޕްރިންޓަރު، އުސައިން ބޯލްޓް، ޖެމެއިކާގެ ކުންފުންޏެއް ކަމަށްވާ، ސްޓޮކް އެންޑް ސެކިއުރިޓީސް ލިމިޓެޑް (އެސްއެސްއެލް)ގެ އެކައުންޓެއްގައި އިންވެސްޓްކުރިއިރު، ކުރިން އެކައުންޓްގައި ހުރި 12.7 މިލިއަން ޑޮލަރުގެ ތެރެއިން މިހާރު އެކައުންޓްގައި ބާކީ ހުރި އަދަދަކީ 12000 ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން، ޖެމެއިކާގެ ފިނޭންޝިއަލް ސާވިސަސް ކޮމިޝަން (އެފްއެސްސީ) އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އެސްއެސްއެލްގެ މާލީ މުއާމަލާތްތަކާ ގުޅޭ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ. އެ ގޮތުން، ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އިންވެސްޓްކޮށްފައިވާ ފައިސާތަކެއް ވީނުވީއެއް ނޭނގި މަދުވެފައިވުމުގެ ކަންތައްތަކެއް ވެސް ބަލަމުން އަންނަ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ތަހުގީގު މިހާތަނަށް ގޮސްފައިވާ ހިސާބު އޮޅުންފިލުވަން، ޖެމެއިކާގެ މިޑިއާ އިން ބޯލްޓްގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލް، ލިންޓަން ގޯޑަންއާ ސުވާލުކުރުމުން ބުނެފައިވަނީ ކުރިން 12.7 މިލިއަން ޑޮލަރު ހުރި ބޯލްޓްގެ އެސްއެސްއެލްގެ އެކައުންޓްގައި މި ވަގުތު ހުރި ކަމަށް ލިޔެކިޔުންތަކުން ފެންނަނީ 12،000 ޑޮލަރު ކަމަށެވެ.

ލިންޓަން ބުނީ މިކަމުގެ ފުރިހަމަ ތަފްސީލްތައް ހޯދަމުން އަންނަ ކަމަށާއި ރިޕޯޓްތަކުގައިވާ ގޮތަށް ބޯލްޓް އެކައުންޓުން ގެއްލިފައިވާ ފައިސާގެ ޖުމްލަ އަދަދު ރަސްމީކޮށް އެގުނުހާ އަވަހަކަށް ކޯޓަށް މައްސަަލަ ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށެވެ.

ބޯލްޓްގެ މެނޭޖަރު، ނިއުޖެންޓް ވޯކާ، މީގެ ކުރިން، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބޯލްޓް، 10 އަހަރަށް ވުރެ ގިނަ ދުވަހު، އެސްއެސްއެލްގައި އިންވެސްޓްކޮށްފައިވާ ކަމަށެވެ.

ޖެެމެއިކާގެ ފިނޭންސް މިނިސްޓަރު، ނައިޖެލް ކްލާކް ވިދާޅުވީ ސްޓޮކް އެންޑް ސެކިއުރިޓީސް ލިމިޓެޑް (އެސްއެސްއެލް)އާ ގުޅިގެން ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ގެއްލުނު ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަމެއް ދޭން ނައިޖެލް ބޭނުމެއް ނުވި އެވެ.

މީގެ ހަ ވަރަކަށް އަހަރު ކުރިން، 2017 ވަނަ އަހަރު، އެތުލެޓިކްސް އިން ރިޓަޔާކުރި ބޯލްޓް ވަނީ އޮލިމްޕިކްސް އިން އަށް ރަން މެޑަލް އަދި ވޯލްޑް ޗެމްޕިއަންޝިޕުން 11 ރަން މެޑަލް ހޯދައިފަ އެވެ. އެތުލެޓިކްސް ކެރިއަރަށް ފަހު، ބޯލްޓް ވަނީ މަޝްހޫރު ފުޓްބޯޅަ ޓީމުތަކާ އެކު ޓްރަޔަލްތަކެއް ވެސް ފުރިހަމަ ކޮށް، ބައެއް ޓީމުތަކަށް ކުޅެފަ އެެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox