ވޮލީ އަންހެން ގައުމީ މުބާރާތް: ރަނގަޅު ކުޅުންތެރިން ހޯދައި ޓީމުތައް ވަރުގަދަކޮށްފައި

Jan 21, 2023, 6:04 AM
މި ފަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވެމްކޯ އިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވެމްކޯ އިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަން މިއަދު ފަށާއިރު، މުބާރާތުގައި ވާދަކުރާ ޓީމުތަކުން ވަނީ ރަނގަޅު ލޯކަލް ކުޅުންތެރިންނާއި ޓީމަށް ބޭނުންވާނެ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހިމަނައިގެން ޓީމު ވަރުގަދަކޮށްފަ އެވެ.

ވޮލީބޯޅަ ސީޒަން އާންމު އުސޫލުން ކުރިއަށްދާ ގޮތަށް ބަލާއިރު، ގައުމީ މުބާރާތް ބާއްވަނީ ގައުމީ ލީގަށް ފަހު، ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައިވާ ގޮތަށެވެ. އެކަމަކު، މި ފަހަރު ގައުމީ ލީގު ނުބާއްވައި، ގައުމީ މުބާރާތް ފަށާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު، ބާއްވާ ފުރަތަމަ އަންހެން ލޯކަލް އަންހެން މުބާރާތެވެ.

މިއަދު ފަށާ އަންހެން ގައުމީ މުބާރާތަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ފަހުކޮޅު ބާއްވަން ނިންމި މުބާރާތެއް ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވީ އެވެ. މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ، އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި އެ މުބާރާތުގެ ރަނަރަޕް، ޕޮލިސް ކްލަބްގެ އިތުރުން އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ހޯދި، ކްލަބް އީގަލްސް އާއި ކްލަބް ވޮލީބޯލް އެވެ.

ކުޅުންތެރިންނަށް ބަލާއިރު، ގައުމީ ޓީމުގެ ޝަހާ ޝާމީން ވަނީ ޕޮލިސް ދޫކޮށް، ވެމްކޯ އަށް ބަދަލުވެފަ އެވެ. ވެމްކޯގެ ކޯޗަކީ، އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ. ކްލަބް އީގަލްސް އިން ވެސް ކުރިއަށް ވުރެ ވަރުގަދަކޮށްފައިވާއިރު، މަރިޔަމް އަޒީފާ (އައްޒަ) އާއި ޝައުފާ އާދަމް ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، ޓީމުތަކުން ވަނީ ރަނގަޅު ކުޅުންތެރިން ހޯދައިފަ އެވެ. އެކަމަކު، ބޭރު ގައުމުތަކުގެ މުބާރާތްތައް ކުރިއަށްދާ ދުވަސްވަރެއް ކަމަށްވާތީ، ބައެއް ޓީމުތަކުން ގެންނަން އެންމެ ބޭނުންވި ކުޅުންތެރިން ނުލިބުނެވެ.

މި ފަހަރުގެ އަންހެން ގައުމީ މުބާރާތް ފަށާނީ، މިއަދު ހަވީރު، 16:15 ގައި ކްލަބް ވޮލީބޯލް އާއި ކްލަބް އީގަލްސް ކުޅޭ މެޗުންނެވެ. މުބާރާތުގައި މިރޭ، 20:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް އެވެ.

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަނަ އާއި ތިން ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު ފައނަލްގެ ފަހު ޖާގަ ލިބޭ ޓީމެއް ކަނޑައަޅާ ގޮތަށެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން، ގައުމީ ވޮލީބޯޅައިގެ އަންހެން މުބާރާތެއް ކުޅޭ ފުރަތަމަ ފަހަރެވެ. އެ ފަހަރު ގައުމީ ތަށި އުފުލާލީ ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެގެން ޕޮލިހެވެ. އޭރު ޕޮލިހަށް ކުޅުނު ކުޅުންތެރިން މި ވަގުތު އީގަލްސް އާއި ވެމްކޯ ޓީމުގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox