މިއީ ސިޓީގެ ކޯޗުގެ މަގާމުގައި ކުރިމަތިވި އެންމެ އުނދަގޫ ހާލަތު: ގާޑިއޯލާ

Jan 19, 2023, 8:28 AM
މިއީ ސިޓީގެ ކޯޗުގެ މަގާމުގައި ކުރިމަތިވި އެންމެ އުނދަގޫ ހާލަތު: ގާޑިއޯލާ

ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ ފޯމު ދަށްވެ، ތާވަލްގެ އެއް ވަނައިގައި އޮތް އާސެނަލް އަށް ވުރެ އަށް ޕޮއިންޓް ފަހަތަށް އެ ޓީމު ޖެހިލާފައިވާއިރު، މިއީ ސިޓީގެ ކޯޗުކަމާ ހަވާލުވި ފަހުން ކުރިމަތިވި އެންމެ އުނދަގޫ ހާލަތު ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސިޓީ މި ފަހަަކަށް އައިސް ނެރިފައިވާ ދަށް ނަތީޖާތަކާ އެކު، އެ ޓީމާއި އާސެނަލްއާ ދެމެދު އޮތް ފަރަގު ވަނީ ބޮޑުވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، މި މެޗުން މޮޅެއް ހޯދަން ސިޓީ އަށް މުހިންމެވެ.

ތާވަލްގެ ދެ ވަނައިގައި އޮތް ސިޓީއާ ވާދަވެރި މެންޗެސްޓާ ޔުނައިޓަޑުން މިހާރު ވަނީ ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. އަދި މިރޭ ޓޮޓެންހަމް މޮޅުވެއްޖެ، ސިޓީ އާއި އެ ޓީމާދެމެދު އޮތް ފަރަަގު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ މިއީ ސިޓީގެ ކޯޗުކަމާ އޭނާ ހަވާލުވި ފަހުން ކުރިމަތިވި އެންމެ އުނދަގޫ ހާލަތު ކަމަށެވެ. އަދި މި ވަގުތު ޓީމު އޮތް ފޯމަށް ބަލާއިރު، ގަދަ ހަތަރެއްގެ ޖާގައެއް ވެސް މި ސީޒަންގައި ލިބޭނެކަން ޔަގީންކަމާއެކު ބުނެވެން ނެތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"މިހާރު މިއީ ލީގު ޗެމްޕިއަންކަން ހޯދުމަށް ކިތައް މެޗުން މޮޅުވަންޖެހޭތޯ ވިސްނަންވީ ވަގުތެއް ނޫން. މި ވަގުތު ވިސްނަންވީ ކުރިއަށް އޮތް މެޗަށް. މެޗަކަށް ފަހު މެޗަކަށް،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ސިޓީ މޮޅުވީ އެންމެ މެޗަކުންނެވެ. ވޯލްޑް ކަޕްގެ ބްރޭކްގެ ކުރިން ރަނގަޅު ފޯމެއްގައި ހުރި ސިޓީގެ ފޯވާޑް، އާލިން ހާލަންޑަށް ވެސް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ލަނޑެއް ނުޖެހެ އެވެ.

ގާޑިއޯލާ ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހާލަންޑަށް ލަނޑު ނުޖެހުނީ އޭނާ އަށް އެކަށީގެންވާ ފުރުސަތުތައް ތަނަވަސްނުވުމުން ކަމަށާއި ޓީމު ކުޅުނީ ފުރުސަތުތައް ތަނަވަސްކުރެވޭ ގޮތަކަށް ނޫން ކަމަށެވެ.

"އަހަރެންގެ މައްސަލައެއް ކަމަށް މި ގަބޫލްކުރަނީ. އެއީ އެޓޭކްކުރަންޖެހޭ ގޮތް ކުޅުންތެރިނަށް ރަނގަޅަށް ކިޔައިނުދެވުނީ ކަމަށް އަހަރެން މި ބަލަނީ،" ގާޑިއޯލާ ބުންޏެވެ.

ސިޓީން އެންމެ ފަހުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ގާޑިއޯލާ ކޯޗުކޮށްދިން ޓީމެއް މިހާތަނަށް އެއް ޓީމެއް އަތުން ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިނުވެ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ސިޓީން ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox