ބާސެލޯނާ ދޫކޮށް ޑިޕާއި އެތުލެޓިކޯ އަށް

Jan 18, 2023, 6:58 PM
ބާސެލޯނާގެ މެޗެއްގެ ތެރެއިން މެމްފިސް: އޭނާ ވަނީ އެތުލެޓިކޯ އަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައި.

ބާސެލޯނާގެ މެޗެއްގެ ތެރެއިން މެމްފިސް: އޭނާ ވަނީ އެތުލެޓިކޯ އަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައި.

މެޑްރިޑް (ޖެނުއަރީ 19) - ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް، މެމްފިސް ޑިޕާއި އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ބާސެލޯނާގެ އޮފިޝަލަކު މީޑިއާ އަށް ކަށަވަރުކޮށްދީފި އެވެ.

ޑިޕާއި، 28، އެތުލެޓިކޯ އަށް ބަދަލުވާނީ ޖުމްލަ އެކު، ފަސް މިލިއަން ޑޮލަރުގެ ޑީލެއްގައި ކަމަށް ސްޕެއިންގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޑިޕާއި، އެތުލެޓިކޯއާ އެކު ސޮއިކުރާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.

މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރު، ފްރާންސްގެ ލިޔޯން ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވި ޑިޕާއި އަށް މި ސީޒަނުގައި އަނިޔާގެ ސަބަބުން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު މާގިނައިން ނުލިބެ އެވެ.

މިދިޔަ އޮކްޓޫބަރާއި ނޮވެމްބަރު މަހު، ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރަށް ދާން ޖެހުނު ޑިޕާއި، ނޮވެމްބަރާއި ޑިސެމްބަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެން ޖެހުނީ ފިޓްނަސްގެ މައްސަލަަތަކާ އެކުގަ އެވެ.

މި ސީޒަނުގައި ޑިޕާއި، މިހާތަނަށް ކުޅުނު ހަތަރު މެޗުން ވަނީ ގޯލެއް ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ 38 މެޗުން 13 ގޯލު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްވީ އައިންދޯވަން އަށް ކުޅުނު ޑިޕާއި، އެތުލެޓިކޯ އަށް ބަދަލުވުމާ އެކު އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގް، ޔަނިކް ކަރާސްކޯގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކަރާސްކޯ ހުރީ ބާސެލޯނާގެ ހުށަހެޅުމެއްގެ އިންތިޒާރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox