މުސާރަ އޮނިގަނޑެއް ކަނޑައަޅަން ޔުނައިޓެޑުން "ރޮނާލްޑޯ ރޫލް" ތައާރަފްކުރަނީ

Jan 17, 2023, 6:03 AM
މި ސީޒަނުގައި މެޗެއްގެ ތެރެއިން ރޮނާލްޑޯ: ޔުނައިޓެޑްގެ މެނޭޖްމަންޓާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކޮންޓްރެކްޓް އުވާލައި ރޮނާލްޑޯ ވަނީ ސައުދީގެ އަލް ނަސްރަށް ބަދަލުވެފައި.

މި ސީޒަނުގައި މެޗެއްގެ ތެރެއިން ރޮނާލްޑޯ: ޔުނައިޓެޑްގެ މެނޭޖްމަންޓާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކޮންޓްރެކްޓް އުވާލައި ރޮނާލްޑޯ ވަނީ ސައުދީގެ އަލް ނަސްރަށް ބަދަލުވެފައި.

މެންޗެސްޓާ (ޖެނުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑުން ކުޅުންތެރިންނަށް ދެމުން އަންނަ މުސާރައިގެ ކަންކަން އޮނިގަނޑެއްގެ ތެރެއިން ހަމަޖެއްސުމުގެ ގޮތުން އެ ޓީމުން، "ރޮނާލްޑޯ ރޫލް"ގެ ނަމުގައި އުސޫލުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް، މި ސީޒަނުގައި ހަވާލުވުމަށް ފަހު އެ ކްލަބްގެ ގިނަ ކަންކަން ބަދަލުކުރަން އަންނަނީ މިހާތަނަށް ވެސް މަސައްކަތް ކުރަމުންނެވެ.

ޓެން ހާގްގެ ބައެއް ނިންމުންތަކާ ހިތްހަމަނުޖެހި، ޔުނައިޓެޑަށް ފާޑުކިޔައި އިންޓަވިއުއެއް ދިން މައްސަލައިގައި، އެ ޓީމަށް ކުޅެމުން އައި ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލައި، ރޮނާލްޑޯ ބަދަލުވީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު އަށެވެ. އެއީ ފުޓްބޯޅަ ތާރީހުގައި ވެސް ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރައެއް ލިބޭ ޑީލްގެ ތެރެއިންނެވެ.

ޔުވެންޓަސް ދޫކޮށް، 2021 ވަނަ އަހަރު، ރޮނާލްޑޯ، ޔުނައިޓެޑަށް ދެ އަހަރެއްގެ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވިއިރު، އެ އެއްބަސްވުމުގެ ދަށުން ދިން މުސާރަ އަށް ބަލާއިރު، ހަފްތާ އަކަށް، ޖުމްލަ އެކު، 600,000 ޑޮލަރު ލިބެ އެވެ. މިއީ ޔުނައިޓެޑްގެ ތާރީހުގައި ވެސް ހަފްތާ އަކަށް ބަލާނަމަ ކުޅުންތެރިއަކަށް އެންމެ ބޮޑަށް ލިބުނު މުސާރަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން، ޔުނައިޓެޑްގެ ވެރިންނާ އެކު ޓެން ހާގް ބޭއްވި ބައްދަލުވުންތަކަކަށް ފަހު ވަނީ ކްލަބުން ކުޅުންތެރިން ގަންނަން ހޭދަކުރާ ޓްރާންސްފާ ފީ އާއި ކުޅުންތެރިންނަށް ދޭ މުސާރަ ކޮންޓްރޯލް ކުރަން އެދިފަ އެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޓީމެއް ބިނާކުރަން މަސައްކަތް ކުރެވޭނެ ހަރުދަނާ ގޮތެއް ހެދުމަށެވެ.

އެ ގޮތުން، ޔުނައިޓެޑްގެ ބޯޑުން މިހާރު ނިންމާފައިވަނީ ކުުޅުންތެރިންނަށް ދޭނެ މުސާރައިގެ އޮނިގަނޑެއް ކަނޑައަޅައި، އެ ގޮތަށް ކުރިއަށް ދިއުމަށެވެ. އަދި އެ އޮނިގަނޑަށް ބޯޑުގެ ބައެއް މެމްބަރުން ހުށަހެޅި ނަމަކީ "ރޮނާލްޑޯ ރޫލް" ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މަޝްވަރާކޮށް، މިހާރު ނިންމާފައިވާ އެއް ކަމަކީ، ކުރިއަށް އޮތްތަނުގައި ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާ ކުރާއިރު، ހަފްތާ އަކު އެއްވެސް ކުޅުންތެރިއަކަށް 365،000 ޑޮލަރަށް ވުރެ އިތުރަށް މުސާރަ ނުލިބޭ ގޮތަށް ކަނޑައެޅުމެވެ.

މުސާރައިގެ އިތުރަށް ދެން ޔުނައިޓެޑުން ތައާރަފްކުރާނީ ސީޒަނަކު އެއް ފަހަރު ލިބޭ "ޕާފޯމަންސް ބޯނަސް" އެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން މި ވަގުތު އަންނަނީ ދެ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެއީ، މި ވަގުތު ތަފާތު ފޯމެއްގައި ކުޅެމުން އަންނަ، ފޯވާޑް، މާކަސް ރަޝްފޯޑާއި ގޯލްކީޕަރު، ޑޭވިޑް ޑެހެއާ އެވެ. މި ދެ ކުޅުންތެރިންނަށް ވެސް އާ ކޮންޓްރެކްޓް ދޭން ނިންމާފައިވަނީ "ރޮނާލްޑޯ ރޫލް"ގައި ހިމެނޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox