އައިބީސީ ވޯލްޑް ޓުއާގައި ބައިވެރިވާން ކުޑަ އައްޔަ ތައްޔާރުވަނީ!

Jan 16, 2023, 7:08 AM
ވިޒިޓް މޯލްޑިވްސް ޕްރޯގެ އިވެންޓެއްގެ ތެރެއިން ކުޑަ އައްޔަ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ އިވެންޓެއްގެ ތެރެއިން ކުޑަ އައްޔަ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައބީސީ)ގެ ވޯލްޑް ޓުއާގެ އިވެންޓުތަކުގައި ވާދަކުރުމަށް މި އަހަރު މަސައްކަތްކުރަމުން އަންނަ ކަމަށް ރާއްޖޭގެ ބޮޑީބޯޑިން ޗެމްޕިއަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބުނެފި އެވެ.

ބޮޑީބޯޑިން ވޯލްޑް ޓުއާ އަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ 13 މުބާރާތެއް ހިމެނޭ ލީގެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މުޅި އަހަރަށް ބަހާލައިގެން ބާއްވާ 13 މުބާރާތަށްފަހު ކަނޑައަޅާފަައި އޮންނަ އުސޫލުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ހޯދާ އެތުލީޓަކަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

އެ ގޮތުން އަންހެން އަދި ފިރިހެން ވޯލްޑް ޗެމްޕިއަން ކަނޑައަޅާނީ 13 މުބާރާތުގެ ތެރެއިން ކޮންމެ ބޯޑަރަކު ވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު މުބާރާތުގެ ޖުމްލަ އަށް ބެލުމަށް ފަހުގަ އެވެ.

އައިބީސީ ވޯލްޑް ޓުއާގައި މިދިޔަ އަހަރު ކުރިއަށްދިޔަ ލެގުތަކުގެ ތެރެއިން އެއް ލެގު އޮތީ ރާއްޖޭގަ އެވެ. ޖުލައި 29 އިން އޮގަސްޓް ހަތަކަށް މާލޭގައި ކުރިއަށްދިޔަ "ވިޒިޓް މޯލްޑިވްސް ޕްރޯ" އަކީ މިދިޔަ އަހަރު އައިބީސީ ޓުއާގައި ކުރިއަށްދިޔަ ދެ ވަނަ އަށް އެންމެ އަގުބޮޑު މުބާާރާތެވެ. މި މުބާރާތުގައި ދުނިޔޭގެ 15 ގައުމަކުން މަޝްހޫރު ބޯޑަރުން ވާދަކުރި އެވެ.

ދިވެހި އެތުލީޓުން ވެސް ވާދަކުރި މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ ވަނީ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލަށް ނުގޮސް އޭނާ ކެޓީ ކުޑަތަފާތަކުންނެވެ. މި މުބާރާތުގެ ޑްރޮޕް-ނީ ޑިވިޝަންގެ ސެމީ ފައިނަލުގައިވެސް ކުޑަ އައްޔަ ވާދަކުރި އެވެ. މި ނަތީޖާ ތަކާ އެކު ޑްރޮޕް ނީ ޑިވިޝަންގެ ދުނިޔޭގެ ރޭންކިންގެ 12 ވަނަ އަށް ކުޑަ އައްޔަ އެރި އެވެ.

މިދިޔަ އަހަރުގެ މުބާރާތުން ހޯދި ކާމިޔާބީ އާއި ލިބުނު ތަޖުރިބާ އަށް ބަލައި ކުޑަ އައްޔަ ހުރީ މިއަހަރު ވޯލްޑް ޓުއާގެ ގިނަ އިވެންޓުތަކެއްގައި ވާދަކުރުމުގެ އުއްމީދުގަ އެވެ. އެ ގޮތުން ގިނަ ބައެއްގެ އެހީތެރިކަމާ އެކު މިއަހަރުގެ ވޯލްޑް ޓުއާގެ އިވެންޓުތަކަށް ދިޔުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް އެމްބީބީއޭއާ ގުޅިގެން އައްޔަ އަންނަނީ މަސައްކަތް ކުރަމުންނެވެ.

"2023 ގައި ވަރަށް ޕޮޒިޓިވްކޮށް މިހިރީ، ވަރަށް ރެޑީވަމުން މިދަނީ. މިއަހަރުގެ އައިބީސީ މުބާރާތްތަކުގައި ބައިވެރިވާ ގޮތަށް މިހާރު ވިސްނުން މިހިރީ. ސަރުކާރުން އެއްބާރުލުން ލިބޭނެކަމަށް އުއްމީދު މިކުރަނީ." ރާއްޖޭގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ކުޑަ އައްޔަ ބުންޏެވެ.

އައްޔަގެ އުއްމީދަކީ އަންނަ އަހަރުގެ ވޯލްޑް ޓުއާގެ ހަތަރު މުބާރާތެއްގައި ވާދަކުރުމެވެ. އެ ގޮތުން، 2023ގައި އައިބީސީ ވޯލްޑް ޓުއާ ކަލަންޑަރު އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި މިދިޔަ އަހަރު ކުރިއަށްދިޔަ ގިނަ މުބާރާތްތައް މިއަހަރު ވެސް އެ ގައުމުތަކުގައި އޮންނާނެ އެވެ. ފިރިހެން އޯޕަން ބައިގައި ބަލަނީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު މުބާރާތަށް ވުމާ އެކު އައްޔަ އުއްމީދަކީ މަދުވެގެން ހަތަރު މުބާރާތެއްގައި އަޅާ ގައުމަށް ރީތި ނަމެއް ހޯދައިދިނުމެވެ.

ކުޑަ އައްޔަ، ގައުމީ ބަނޑުފިލާ ޗެލެންޖްގެ ޓްރޮފީ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މި އަހަރުގެ ޓުއާގައި އެބަހުރި ވަރަށް ރަނގަޅު މުބާރާތްތައް. މިސާލަކަށް ބުނަންޏާ، ބްރެޒިލްގެ އިޗްކޮޗިއާރާ ޕްރޯ މިއީވެސް ހަމަ ދިވެހިންނަށް ގޮސް ރަނގަޅު ކާމިޔާބެއް ހޯދޭނެ ތަންތަން. މި ޓުއާގައި ބައިވެރިވެވިއްޖެއްޔާ ހަމަ ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް" މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ ބޮޑީބޯޑިން ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ ބުންޏެވެ.

ވޯލްޑް ޓުއާގައި ރާއްޖޭގެ އެތުލީޓުންނަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ކުޑަ އައްޔަ ގަބޫލުކުރާ އެންމެ ބޮޑު ސަބަބަކީ މާލޭ ރާޅުގަނޑާ އެއް ކަހަލަ ރާޅުތަކެއް މުބާރާތް ބާއްްވާ ބައެއް ގައުމުތަކުގައި ހުރުމެވެ. އެ ގޮތުން މުބާރާތް ބާއްވާ ބައެއް ގައުމުތަކުގައި އިވެންޓްތައް ކުރިއަށްދަނީ ތިލަ ހިސާބުތަކުގައި ކަމަށްވާތީ މިއީ ދިވެހި އެތުލީޓުންނަށް ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ކުޑަ އައްޔަ ދެކެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލޭގެ ރާޅުގަނޑުގައި ދަސްކުރާ ކުއްޖެއްވިއްޔާ ދުނިޔޭގެ ގިނަ ތަންތާނގައި އަޅާލެވޭނެ. އެހާވެސް އުނދަގޫ ރާޅެއް މާލޭގެ ރާޅަކީ. އެބަހުރި ވޯލްޑް ޓުއާގައި މާލޭގެ ރާޅުގަނޑާ ގާތް ކުރާ ކަހަލަ ރާޅުތަކެއް. މިސާލަކަށް ބްރެޒިލް، ޗިލީވެސް ޕޯޗުގަލް ވެސް. އެމީހުން މި ބާއްވަނީ ހަމަ މާލޭ ރާޅުގަނޑު ގޮތަށް ތިލަ ތަންތާނގައި." މީގެ ކުރިން މެލޭޝިޔާ، ސްރީ ލަންކާ އަދި އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބައެއް މުބާރާތްތަކުގައި ވާދަކޮށް ރަން ވަނަތަކެއް ހޯދާފައިވާ ކުޑަ އައްޔަ ބުންޏެވެ.

ކުޑަ އައްޔަ ގަބޫލުކުރާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ވޯލްޑް ޓުއާ މުބާރާތަކީ ބައިނަލްއަގްވާމީ ބޮޑީބޯޑިން އަށް ދިވެހި އެތުލީޓުންގެ ލޯ ހުޅުވައިދީ އެންމެ މަތީ ފަންތީގައި ވާދަކުރަން ހުޅުވުނު ބޮޑު ފުރުސަތެކެވެ. އޭނާގެ އުއްމީދަކީ މިހާރު ތިބި ޒުވާން ގިނަ އެތުލީޓުން ވެސް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ވާދަކުރުމަށް ފުރުސަތުތަކެއް ލިބިގެން ދިޔުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox