ފީފާ ބެސްޓް އެވޯޑްސް ލީޑުކުރަނީ މެސީ!

Jan 13, 2023, 5:59 AM
ފީފާ ބެސްޓް އެވޯޑްސް ލީޑުކުރަނީ މެސީ!

ޒިއުރިކް (ޖެނުއަރީ 13) - ފީފާގެ ބެސްޓް އެވޯޑްސް އިން ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަން ޝޯޓް ލިސްޓު ކުރިއިރު، މިހާތަނަށް ވެސް އެންމެ ކުރި ހޯދާފައިވަނީ ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފީފާ އިން އިއްޔެ ވަނީ ބެސްޓް އެވޯޑްސްގެ އެވޯޑްތަކަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާނުކޮށްފަ އެވެ. އެ ގޮތުން، ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މެސީގެ އިތުރުން، ޕީއެސްޖީގެ ކީލިއަން އެމްބާޕޭ، މެންޗެސްޓާ ސިޓީގެ ހޫލިއަން އަލްވަރޭޒް، ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޫޑް ބެލިންހަމް، ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ، މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ، މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް، ޕީއެސްޖީގެ އަޝްރަފް ހަކީމީ، ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ، ބަޔާން މިއުނިކްގެ ސަޑިއޯ މާނޭ، ރެއާލް މެޑްރިޑްގެ ލޫކަ މޮޑްރިޗް، ޕީއެސްޖީގެ ނޭމާ، ލިވަޕޫލްގެ މުހައްމަދު ސަލާހު އަދި ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އެވެ.

ދާދި ފަހުން ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން މި ފަހަރުގެ އެވޯޑަށް ވާދަކުރާ ލިސްޓުގައި ޝޯޓްލިސްޓު ކުރެވިފައިނުވެ އެވެ. މިހާތަނަށް ފެންނަ ފެނުމަށް، މި ފަހަރު ބެސްޓް އެވޯޑްސް ހޯދާނެ ކަމަށް ބެލެެވެނީ އާޖެންޓީނާ އަށް މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި އިސް ރޯލެއް ކުޅުނު މެސީ އެވެ. މެސީ މި ސީޒަނުގައި ޕީއެސްޖީ އަށް ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެސީ ވަނީ ފްރާންސް ފުޓްބޯލް އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްސް ހަތް ފަހަރު ހޯދައިފަ އެވެ. ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2010-2015 އަށް ދިނީ ބެލޮންޑިއޯއާ ގުޅިގެންނެވެ. މެސީ ބެލޮންޑިއޯ ހޯދާފައިވާ އަހަރުތަކަކީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 އެވެ. މީގެ ކުރިން، މެސީ ވަނީ 2009 ވަނަ އަހަރު ފީފާ އިން ހޮވި މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ފީފާ އިން 2016 އިން ފެށިގެން ދޭން ފެށި ބެސްޓް އެވޯޑްސް، މެސީ އަށް ވަނީ 2019 ވަނަ އަހަރު ލިބިފަ އެވެ.

އަންނަ މަހު 27 ވަނަ ދުވަހު ބާއްވާ ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ޝޯޓްލިސްޓު ކޮށްފައިވަނީ، ސްޕެއިނުގެ އައިޓާނާ ބޯންމާޓީ، ބްރެޒިލްގެ ޑެބީނިއާ، ކެނަޑާގެ ޖެސީ ފްލެމިން، ނޯވޭގެ އެޑާ ހެގަބާގް، އޮސްޓްރޭލިއާގެ ސޭމް ކާ، އިންގްލެންޑްގެ ބެތު މެޑް، ނެދަލެންޑްސްގެ ވިވިއެން މިއެޑަމާ، އެމެރިކާގެ އަލެކްސް މޯގަން، ޖަރުމަނުގެ ލެނާ އޮބެޑޯފް، ޖަރުމަނުގެ އަލެކްސަންޑްރާ ޕޮޕް، ސްޕެއިނުގެ އަލެކްސިއާ ޕުޓޭއާސް، ފްރާންސްގެ ވެންޑީ ރެނާޑް، އިންގްލެންޑްގެ ކިއެރާ ވަލްޝް އަދި ލެއާ ވިލިއަމްސަން އެވެ.

ފީފާ ވެބްސައިޓް މެދުވެރިކޮށް ސަޕޯޓަރުންނަށް ވެސް ވޯޓު ލެވޭ ގޮތަށް އޮތް ބެސްޓް އެވޯޑްސްގައި އެވޯޑްގެ ކުރިން ކޮންމެ ކެޓަގަރީ އަކުން ގަދަ ތިނެއް ހޮވާނެ އެވެ. ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ރެއާލް މެޑްރިޑްގެ ކާލޯ އަންޗެލޮޓީ، ފްރާންސްގެ ޑިޑިއޭ ޑެޝޯމްޕްސް، މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ، މޮރޮކޯގެ ވަލީދު ރެގްރާގީ އަދި އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީ އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ ލިވަޕޫލްގެ އެލިސަން ބެކާ، ސެވިއްޔާގެ ޔާސީން ބޯނޯ، ރެއާލް މެޑްރިޑްގެ ތިބޯ ކޯޓުއާ، މެންޗެސްޓާ ސިޓީގެ އެޑަސަން މޮރާއޭސް އަދި އެސްޓަން ވިލާގެ އެމިިލިއާނޯ މާޓީނޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox