ނަޕޯލީ ލީޑު ފުޅާކުރިއިރު، ރޯމާ އިން މިލާން ހިފަހައްޓައިފި

Jan 9, 2023, 4:48 AM
ލަނޑު ޖެހުމަށް ފަހު ނަޕޯލީގެ ފޯވާޑް، އޮސީމެން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު ނަޕޯލީގެ ފޯވާޑް، އޮސީމެން އުފާފާޅުކުރަނީ

މިލާން (ޖެނުއަރީ 9) - އިޓާލިއަން ލީގުގެ އެއް ވަނަގައި އޮތް ނަޕޯލީ އިން 2-0 އިން ސަމްޑޯރިއާ ބަލިކޮށް ލީޑު ފުޅާކުރިއިރު، އޭސީ މިލާން ކޮޅަށް ފަހު ވަގުތު ދެ ގޯލު ޖަހައި ރޯމާ އިން މިލާން މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

ލީގުގެ ދެ ވަނަ އަށް އަރަން މިލާނަށް ފުރުސަތު ލިބިފައި އޮތް ނަމަވެސް ރޯމާއާ ވާދަކޮށް 2-2 އިން އެއްވަރުވުމުން ލީގުގެ ދެ ވަނަގައި އޮތް ޔުވެންޓަސްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު މިލާން އޮތީ ލީގުގެ ތިން ވަނައިގަ އެވެ.

ޔުވެންޓަސް އާއި މިލާން އަށް 37 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނަގައި ނަޕޯލީން ވަނީ ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ރޯމާ އޮތީ 31 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.

ސަމްޑޯރިއާ އަތުން ނަޕޯލީ މޮޅުވި މެޗަކީ ލީގުގައި މި ސީޒަންގައި ނަޕޯލީ މޮޅުވި 14 ވަނަ މެޗެވެ. މި މެޗުގައި އެ ޓީމުގެ ދެ ގޯލު ޖަހައިދިނީ ވިކްޓާ އޮސީމެން އާއި އެލްޔިފް އެލްމާސް އެވެ.

އޮސީމެން ޖެހި ގޯލާ އެކު ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ. އިޓާލިއަން ލީގުގެ މި ސީޒަނުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައިވެސް މި ވަގުތު އޮތީ އޮސީމެން އެވެ. މެޗުގައި އެލްމާސް ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި ރޭ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީވެސް މިލާނުންނެވެ. ފުރަތަމަ ގޯލު ލިބުނު ކޯނަރަކުން ސަންދްރޯ ޓޮނާލީ ނަގައިދިން ހުރަހަކުން ޖަހައިދިނީ ޕިއޭ ކަލޫލޫ އެވެ. ދެ ވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓޮމާސޫ ޕޮބޭގާ އެވެ. މިއީ ޕޮބޭގާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

މިލާނުން މެޗުން މޮޅުވާނެ ކަމަށް ނިންމައިގެން ތިއްބައި، ފަހު ވަގުތު ގެނައި ބަދަލުތަކާއެކު ރޯމާ އިން ނަތިޖާ އަނބުރާލި އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ރޯމާގެ ފުރަތަމަ ގޯލު ރޯޖާ އިބާނޭޒް ޖަހައިދިންއިރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަކުރި ގޯލު ޖަހައިދިނީ އިނގިރޭސި ފޯވާޑް، ޓެމީ އަބްރަހަމް އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލާޒިއޯ އާއި އެމްޕޯލީގެ ކުރިމަތިލުން 2-2 އިން އެއްވަރުވިއިރު، ސެލަނިޓާނާ އާއި ޓޮރީނޯ ވާދަކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox