ސަސްޕެންޝަންގެ ސަބަބުން ރޮނާލްޑޯ އަށް ދެ މެޗުގައި ނުކުޅެވޭނެ

Jan 5, 2023, 10:19 AM
ސަސްޕެންޝަންގެ ސަބަބުން ރޮނާލްޑޯ އަށް ދެ މެޗުގައި ނުކުޅެވޭނެ

ރިޔާދް (ޖެނުއަރީ 5) - ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގައި މިރޭ އަލް ތާއީއާ ދެކޮޅަށް އަލް ނަސްރު ކުޅޭ މެޗުގައި އެ ޓީމާ އަލަށް ގުޅުނު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިޔަސް، ސަސްޕެންޝަންގެ ސަބަބުން މިރޭގެ މެޗުގައި ރޮނާލްޑޯ ނުފެންނާނެއެވެ.

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރާ ގުޅުނު ރޮނާލްޑޯ، 37، ދެ މެޗުގެ ސަސްޕެންޝަނެއް އައީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ އޭޕްރީލްް މަހު އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓަޑް ބަލިވި މެޗުގައި ހިނގި އަހުލާގީ މައްސަލައަކާ ގުޅިގެންނެވެ.

އޭރު، ޔުނައިޓަޑްގައި ހުރި ރޮނާލްޑޯ އެ މެޗަށް ފަހު ޗޭންޖިން ރޫމަށް ވަންނަން ދަމުން، އަތުން ޖަހައި ކުޑަކުޖެއްގެ ފޯނު ހަލާކުކޮށްލި މައްސަލައިގަ އެވެ. މި މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭ އިން ވަނީ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑްކޮށް، 50،000 ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ. އެފްއޭ އިން ރޮނާލްޑޯ އަށް އަދަބު ދިންއިރު، ރޮނާލްޑޯ ވަނީ ޔުނައިޓެޑާ އެކު އޭނާ ހަދާފައިވާ ކޮންޓުރެކްޓް ބާތިލްކޮށްފައެވެ.

އެހެންކަމުން، ދެ މެޗުގެ ސަސްޕެންޝަން އޮތީ ތަންފީޒު ނުކުރެވިއެވެ. އެކަމަކު، އެހެން ގައުމެއްގެ ލީގެއްގައި ރޮނާލްޑޯ ކުޅުނަސް، އެ އަދަބު އޭނާ އަށް ހިނގާނެއެވެ.

އެހެންކަމުން މިރޭ އަލް ތާއީއާ ދެކޮޅަށް ކުޅޭ މެޗާއި މި މަހުގެ 14 ވަނަ ދުވަހު އަލް ޝަބާބްއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ އަކަށް ނުކުޅެވޭނެއެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަ ރޮނާލްޑޯ ދައްކަންޖެހޭ: އެމްނެސްޓީ

އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ އަންގާރަ ދުވަހުގެ ރޭ ތައާރަފްކުރިއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ސްޓޭޑިއަމް އަށް ވަނެވެ. އަދި، ރޮނާލްޑޯ އެ ކްލަބާ ގުޅުމާ އެކު، ސައުދީ ލީގަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފަ އެވެ.

ބޮޑު އަގެއްގައި އަލް ނަސްރަަށް ބަދަލުވި ރޮނާލްޑޯ ވަނީ ސައުދީ އަރަބިއްޔާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

އެކަމަކު، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ސައުދީ އަރަބިއްޔާ އަށް ހަމައެކަނި ތައުރީފް ނުކޮށް، ސައުދީ އަރަބިއްޔާގައި ބޮޑު މައްސަލައަކަށް ވެފައިވާ އިންސާނީ ހައްގުތަކުގެ ވާހަކަތައް ވެސް ދެއްކުމަށް ރޮނާލްޑޯ އަށް ގޮވާލައިފަ އެވެ.

"ސައުދީ އަރަބިއްޔާ އަށް ސަނާ ކިއުމާ އެކު، އެ ގައުމުގައި އޮތް އިންސާނީ ހައްގުތަކުގެ ވާހަކަތައް ވެސް ރޮނާލްޑޯ ދައްކަންވާނެ،" އެމްނެސްޓީ މިޑިލް އީސްޓްގެ ރިސާޗަރު ޑާނާ އަހުމަދު ބުންޏެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓެއް މެދުވެރިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ނިއުކާސަލް ޔުނައިޓެޑް ގަތްއިރު ވެސް އެމްނެސްޓީ އިންޓަނޭޝަަނަލުން ވަނީ އެ ޑީލް ހުއްޓުވަން ގިނަ ގޮތްގޮތުން ޕްރެޝަރުކޮށްފަ އެވެ.

ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރައްވައި، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ނިއުކާސަލް ގަތުމުގެ ޑީލް، ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ފުރިހަމަކުރީ 2021 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ޑީލް ނިމުމާ އެކު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ މިއީ ނިއުކާސަލް، ނިވައި ފަތްގަނޑަކަށް ހަދައިގެން ސައުދީ އަރަބިއްޔާ އިން އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގާ ކަންކަން ފޮރުވަން ކުޅިވަރުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox