ވޯލްޑް ކަޕްގައި ވިދާލި ގަކްޕޯ ލިވަޕޫލަށް

Dec 26, 2022, 10:40 PM
ވޯލްޑް ކަޕްގައި ވިދާލި ގަކްޕޯ ލިވަޕޫލަށް

ލިވަޕޫލް (ޑިސެމްބަރު 27) - ގަތަރުގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ޓީމުން ވިދާލި ޒުވާން ފޯވާޑް، ކޯޑީ ގަކްޕޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވިއްކާލަން އޭނާ ކުޅެމުން އަންނަ ކްލަބް، ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ގަކްޕޯ، 23، ގަންނަން ލިވަޕޫލުން ޖުމްލަ އެކު، ކުރާ ހަރަދު 50 މިލިއަން ޑޮލަރަށް އަރާނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ. ޕީއެސްވީން ބުނީ ގަކްޕޯ ވިއްކާލާ ސީދާ އަގެއް މީޑިއާގައި މި ވަގުތު ހާމަކުރެވެން ނެތް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިވަޕޫލާ އެކު އެއްބަސްވެވުނު ގޮތަށް ޑީލް ހިނގާނެ ކަމަށެވެ.

ޕީއެސްވީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ގަކްޕޯ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް ޓީމަށް ތިން ގޯލު ޖަހައިދީ އެ ޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގަކްޕޯ، އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބެމުން އަންނަ ކަމަށް ޕީއެސްވީގެ ކޯޗު، ވެން ނިސްޓަލްރޫއީ ވެސް ވަނީ ބުނެފަ އެވެ.

ގަކްޕޯ އަށް އެންމެ ބޮޑަށް ފާރަލަމުން އައި ކްލަބަކީ ނިސްޓަލްރޫއީގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް އެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގަކްޕޯގެ ޑީލާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ވެސް ދީފަ އެވެ. ގަކްޕޯގެ ޓްރާންސްފާއާ ގުޅޭ ގޮތުން ޓެން ހާގާ ސުވާލުތައް އަމާޒުވާން ފެށީ މި ސީޒަން ފެއްޓުމުގެ ކުރިން ޔުނައިޓެޑުން ގަކްޕޯ ގަންނަން ޕީއެސްވީއާ މަޝްވަރާ ކޮށްފައިވާތީ އެވެ. ޔުނައިޓެޑުން އޭރު މަޝްވަރާ ކުރީ 30 މިލިއަން ޑޮލަރުގެ ޑީލެއްގައި ގަކްޕޯގެ ސޮއި ހޯދުމަށެވެ.

ލިވަޕޫލުން ގަކްޕޯގެ ޑީލް އަވަހަށް ނިންމަން ޖެހުނީ އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި އެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި، ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް، ލުއިޒް ޑިއާޒާއި މަސްގަނޑަށް އަނިޔާވެގެން މި ވަގުތު ފަރުވާ ހޯދަމުން އަންނަ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އަށް ކުޅުމަށް އާދެވޭނީ މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު ކަމަށްވާތީ އެވެ.

މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ލިވަޕޫލްގެ ބްރެޒިލް ފޯވާޑް، ރޮބާޓޯ ފިރްމީނޯ ވެސް މި ވަގުތު ހުރީ އަނިޔާއެއްގަ އެވެެ. ލިވަޕޫލުން ގަކްޕޯގެ ޑީލް ނިންމުމާ އެކު ފިރްމީނޯގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ފެންނަނީ ކުޑަކޮށެވެ.

ނެދަލެންޑްސްގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅުނު ގަކްޕޯ، ސީނިއާ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. މި ސީޒަނުގައި މިހާތަނަށް ގަކްޕޯ ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ ވޯލްޑް ކަޕާއި ކްލަބް މެޗުތައް ހިމެނޭ ގޮތަށް މި ސީޒަނުގައި 34 މެޗުން 18 ލަނޑު ޖަހައި، 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox