ޔުނައިޓެޑް ވިއްކާލުމަށް ކޯޗު ޓެން ހާގް ތާއީދު ކުރޭ

Dec 15, 2022, 7:18 AM
ޔުނައިޓެޑް ވިއްކާލުމަށް ކޯޗު ޓެން ހާގް ތާއީދު ކުރޭ

މެންޗެސްޓާ، (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ވިއްކާލުމަކީ މި ވަގުތު ކުލަބަށް އެންމެ ރަނގަޅު ގޮތްކަމަށް އެ ކުލަބުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ވެރިންނަކީ އެމެރިކާގެ ބިލިއަނަރުން ކަމަށްވާ ގްލޭޒާ އާއިލާ އެވެ. ގްލޭޒާސް އިން 2005 ވަނަ އަހަރު ޔުނައިޓެޑް ގަތީ 1.34 ބިލިއަން ޑޮލަރަށެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ކުލަބުގެ މާލީ ހާލަތު ދަށްވެ އެކުލަބު ވިއްކާލުމުގެ ވިސްނުން ގެންގުޅެމުން އަންނަކަމަށް ގްލޭޒާ އާއިލާއިން ވަނީ މިދިޔަ މަހު ހާމަކޮށްފަ އެވެ.

ޔުނައިޓެޑް ވިއްކާލުމާ ގުޅޭގޮތުން ކޯޗު އެރިކް ޓެން ހާގަށް އަމާޒުވި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނީ ކުލަބަށް މި ވަގުތު އެ ކަހަލަ ބަދަލެއް މުހިންމު ކަަމަށް ދެކޭ ކަމަށެވެ.

އޭނާ ބުނީ އާ ބަޔަކު ހަވާލުވުމުން ކުލަބުގެ ކުރިއެރުމަށް އިތުރު ފައިސާ ލިބޭނެ ކަމަށާއި، އެއީ ޓްރާންސްފާ މާކެޓުގައި ބޭނުންވާ ކުޅުންތެރިން ހޯދަން ލިބޭނެ ބާރެއްގެ ގޮތުގައި ދެކޭ ކަމަށެވެ. މި ސީޒަން ފެށުމުގެ ކުރިން އެކުލަބާ ގުޅުނު ކޯޗު ބުނީ މި ވަގުތު ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިންގެ އަގަށް އަންނަ ބަދަލަށް ބަލާއިރު ރަނގަޅު ކުޅުންތެރިންތަކެއް ހޯދެން އޮތީ ރަނގަޅު އަދަދެއްގެ ބަޖެޓެއް ލިބިގެން ކަމަށެވެ.

"އަހަރެން ބުނާނީ މިއީ ރަނގަޅު ބަދަލެކޭ. އަހަރުމެންނަށް ޓްރާންސްފާގައި ކުޅުންތެރިން ހޯދަން ހިތްހަމަޖެހޭ ވަރުގެ ބަޖެޓެއް އޭރުން ލިބޭނެ." ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ މިކަންކަމާ ގުޅޭގޮތުން ކުލަބުގެ ޗީފް އެގްޒެކެޓިވްސް ރިޗާޑް އާނޯލްޑާ އެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، ކޮންމެ ކަހަލަ ބަދަލެއް ކުލަބުގެ އިސް މަގާމުތަކަށް އައިކަމުގައި ވިޔަސް ކުލަބުގެ އަމާޒާއި ސަގާފަތް ބަދަލުނުވާނެ ކަމަށެވެ.

ކުލަބު ވިއްކާލުމާ ގުޅޭގޮތުން ވާހަކަދައްކަން މިހާރުގެ ވެރިންކަމަށްވާ ގްލޭޒާސްއާ ބައްދަލުވުމުގެ ފުރުސަތު އަދި ނުލިބުނު ނަމަވެސް، މި ސީޒަން ނިމުމުގެ ކުރިން އެކަހަލަ ނިންމުމެއް ނުވަތަ ބަދަލެއް ނާންނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ބުންޏެވެ.

ޓެންހާގް ބުނީ ޓްރާންސްފާ މާކެޓުގައި ހޭދަކުރެވޭނެ ފެންވަރުގެ ބަޖެޓެއް ލިބުން މިހާރު މުހިންމު ކަމަށާއި، ޕްރިމިއާ ލީގުގައި މި ވަގުތު ހިމެނޭ ގިނަ ކުލަބުތަކުގައި އެ ފެންވަރު އެބަހުރި ކަމަށެވެ. މި ގޮތުން މިހާރު އަށް ވަރަކަށް ކުލަބަކީ ބޭނުންވާ އަގެއް ދީފައި ކުޅުންތެރިން ގަނެވޭނެ ފެންވަރު ހުރި ޓީމުތަކެއް ކަމަށެވެ.

މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުލަބަށް މާލީ ގޮތުން ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެންމެ ފަހުން ކުލަބަށް ގެނައި ކުޅުންތެރިންގެ ޓްރާންސްފާ ފީތަކުން 300 މިލިއަން ޕައުންޑް (380 މިލިއަން ޑޮލަރު) އަދި އޮތީ ނުދައްކާ ކަމަށް ވެސް ރިޕޯޓްތަކުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox