ޕެނަލްޓީ ޝޫޓްއައުޓަކަށް ވެސް އިންގްލެންޑް އޮތީ ތައްޔާރަށް: ސައުތުގޭޓް

Dec 4, 2022, 7:12 AM
ޕެނަލްޓީ ޝޫޓްއައުޓަކަށް ވެސް އިންގްލެންޑް އޮތީ ތައްޔާރަށް: ސައުތުގޭޓް

ދޯހާ (4 ޑިސެމްބަރު) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ ސެނެގާލްއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، އިންގްލެންޑް އޮތީ ޕެނަލްޓީ ޝޫޓްއައުޓަކަށް ވެސް "ނަފްސާނީ އަދި ޖިސްމާނީ" ގޮތުން ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ގެރެތު ސައުުތުގޭޓް ބުނެފިއެވެ.

އިންގްލެންޑްގެ ކޯޗުކަމާ 2016 ވަނަ އަހަރު ސައުތުގޭޓް ހަވާލުވި ފަހުން އިންގްލްނެޑް ވަނީ ބައިނަލްއަގުވާމީ ތިން މުބާރާތުގައި ޕެނަލްޓީ ޝޫޓްއައުޓެއްގައި ވާދަކޮށްފަ އެެވެ. ޕެނަލްޓީ ޖަހައިގެން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ކޮލަމްބިއާ އަތުން އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. އަދި 2019 ވަނަ އަހަރު ނޭޝަންސް ލީގުގައި ސްވިޓްޒަލޭންޑް އަތުން ވެސް ޕެނަލްޓީ ޖަހައިގެން އިންގްލެންޑް މޮޅުވިއެވެ.

އެކަމަކު، އެންމެ ފަހުން ޕެނަލްޓީ ޝޫޓްއައުޓެއްގައި އިންގްލެންޑް ވާދަކުރި ފަހަރު ކުރިމަތިވީ ނާކާމިޔާބާއެވެ. ޔޫރޯ 2020ގެ ފައިނަލްގައި އިންގްލެންޑް ވަނީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެފައެވެ.

ސެނެގާލްއާ ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ސައުުތުގޭޓް ބުނީ މިރޭގެ މެޗު ޕެނަލްޓީ ޝޫޓްއައުޓަކާ ހަމައަށް ދިޔަޔަސް، އިންގްލެންޑްގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.

"އަހަރަމެން މިިތިބީ ތައްޔާރަށް. އަހަރަމެންގެ އަމާޒަކީ 90 މިނިޓުގެ ތެރޭގައި މެޗުން މޮޅުވުން. އެކަމަކު އެކަން ނުވެއްޖެނަމަ ދެން އޮތް މަރުހަލާ (އެކްސްޓްރާ ޓައިމް އަދި ޕެނަލްޓީ) އަށް ވެސް ކުޅުންތެރިން ތިބީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ތައްޔާރަށް،" ސައުތުގޭޓް ބުންޏެވެ.

ސެނެގާލް އިތުބާރާއި ހިތްވަރާއެކު

މި އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އެފްރިކާގެ ޓީމުގެ ތެރެއިން، ސެނެގާލް އަކީ ފީފާ ރޭންކިންގައި އެންމެ މަތީގައި އޮތް ޓީމެވެ. އަދި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.

ސެނެގާާލް އަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕްގައި މުޅި ދުނިޔެ ސިއްސުވާލާފައިވާ ނަތީޖާތަކެއް ނެރިފައިވާ ގައުމެކެވެ. އެންމެ ފާހަގަކޮށްލެވެނީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ފްރާންސް އަތުން ހޯދި މޮޅެވެ. އެއީ ސެނެގާލް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. މިހާރު ސެނެގާލްްގެ ކޯޗަކަށްހުރި އަލިއޫ ސީސޭ އަކީ 2002 ވަނަ އަަހަރުގެ ޓީމުގެ ކެޕްޓަނެވެ.

މި މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެނެގާލްގެ ކޯޗު ސީސޭ ބައިވެރިއެއްނުވެއެވެ. ސީސޭ ބަލިވެ އުޅޭތީ އިއްޔެ އޮތް ސެނެގާލްގެ މެޗު ވޯމަޕްގައި ވެސް އޭނާ ބައިވެރިނުވެއެވެ. އެކަމަކު އެ ޓީމުގެ އެސިސްޓަންޓް ކޯޗު ރެޖިސް ބޮގައޭ ބުނީ މިރޭގެ މެޗުގައި ސީސޭ ބެންޗުން ފެންނާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ސީސޭގެ ބަދަލުގައި މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ބޮގައޭ ބުނީ މެޗުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ސެނެގާލްގެ ކުޅުންތެރިންނާ ވާހަކަދައްކައި، އިންގްލެންޑްގެ ކުޅުންތެރިންގެ މައުލޫމާތުތައް ހޯދާފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި ކުރިމަތިލާންޖެހޭ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަމުގެ އިތުބާރު ސެނެގާލް އަށް އެބައޮތްކަމަށެވެ.

"ސެނެގާލް ދަނީ ކުރިއެރުންތައް ހޯދަމުން. ސެނެގާލް އަކީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭ ފެންވަރުގެ ޓީމެއް. އެއީ އަހަރަމެން ގަބޫލްކުރަންޖެހޭ ގޮތަކީ،" ބޮގައޭ ބުންޏެވެ.

ސެނެގާލް އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00:00ގަ އެވެ.

މެޗު ފެކްޓްސް

  • ވޯލްޑް ކަޕްގައި އިންގްލެންޑް އެފްރިކާގެ ގައުމުތަކާ ދެކޮޅަށް ޖުމްލަ ހަތް މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން ބައްޔެއްނުވޭ. ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި އެންމެ ފަހުން އެފްރިކާގެ ޓީމަކާ ދެކޮޅަށް އިންގްލެންޑް ކުޅުނީ 1990 ވަނަ އަހަރު ކެމަރޫނާ ދެކޮޅަށް. އެކްސްޓްރާ ޓައިމް އަށް ފަހު އެ މެޗު އިންގްލެންޑް އިން ކާމިޔާބުކުރީ 3-2 އިން.
  • އެފްރިކާގެ ޓީމެއް އަތުން އިންގްލެންޑް އަދި ބައްޔެއްނުވޭ.
  • ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އެފްރިކާގެ ޓީމުތައް އެންމެ ފަހުން ކުޅެފައިވާ ނުވަ މެޗުގެ ތެރެއިން އަށް މެޗުން އެފްރިކާގެ ޓީމުތައް ވަނީ ބަލިވެފަ. ޔޫރަޕްގެ ޓީމެއް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަކުން ބަލިކުރި ޓީމަކީ ސެނެގާލް. އެއީ 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ސްވިޑަން އަތުން ސެނެގާލް މޮޅުވި މެޗު.
  • މިއީ ވޯލްޑް ގަދަ16ގައި ސެނެގާލް ވާދަކުރާ ދެވަނަ ފަހަރު

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox