ްބްރެޒިލްގެ ގަބްރިއެލް ޖީސޫސް އާއި ޓެލެސް އަށް ވޯލްޑް ކަޕް ނިިމިއްޖެ

Dec 4, 2022, 1:20 AM
ްބްރެޒިލްގެ ގަބްރިއެލް ޖީސޫސް އާއި ޓެލެސް އަށް ވޯލްޑް ކަޕް ނިިމިއްޖެ

ދޯހާ، ގަތަރު (ޑިސެމްބަރު 4) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލް ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަލެކްސް ޓެލޭސް އާއި ގަބްރިއެލް ޖީސޫސް އަށް އަނިޔާގެ ސަބަބުން މުބާރާތް ނިމިފައިވާ ކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބްރެޒިލްގެ ފޯވާޑް ޖީސޫސް އާއި ވާތު ވެކް، ޓެލޭސް އަށް ވަނީ އަނިޔާވެގެން ފަރުވާދީފަ އެވެ. އެ ދެ ކުޅުންތެރިންގެ ކަކުލަށް ލިބުނު އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކަށް ފަހު އެނގުނީ މި މުބާރާތުގައި ދެން ކުޅެވޭ ވަރަށް އެ ދެ ކުޅުންތެރިން ވެސް ފިޓްވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ބްރެޒިލްގެ ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލަސްމާ އިސްކޮށް ހުރެ، ޖީސޫސް އާއި ޓެލޭސްގެ އިތުރު ޓެސްޓްތަކެއް ހެދިއިރު، ދެ ކުޅުންތެރިންގެ ކަކުލަށް ވެސް ލިބިފައިވަނީ މި މުބާރާތުގައި އެނބުރި އާދެވޭ ވަރަށް ވުރެން ސީރިއަސް އަނިޔާއެކެވެ. އެހެންވެ، މި މަހު 18 ވަނަ ދުވަހު ނިމޭ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އެ ދެ ކުޅުންތެރިންނަށް އެނބުރި ދަނޑަށް ނާދެވޭނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލަށް ކުޅޭ ޖީސޫސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ވަގުތު ސެވިއްޔާ އަށް ކުޅެމުން އަންނަ ޓެލޭސް، އަނިޔާ އަށް ފަހު، ވެސް ޓީމުގެ ކޭމްޕާ އެކު ގަތަރުގައި މަޑުކުރުމާ މެދު އަދި ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ. ފީފާ އިން ކްލަބްތަކާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭ ކުޅުންތެރިއަކު، ކްލަބްގެ މެޑިކަލް ޓީމުން ރުހޭނަމަ ގައުމީ ޓީމާ އެކު މަޑުކުރުމުގައި ހުރަހެއް ނެތެވެ.

ބްރެޒިލަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޓީމެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ހެދި ގްރޫޕްގެ ފަހު ދެ މެޗުގައި އޭނާ ނުކުޅެ އެވެ. އޭގެ އިތުރުން ވާތު ބެކް އަލެކްސް ސަންޑްރޯގެ އުނަގަނޑަށް އަނިޔާވެފައިވާއިރު، ކަނާތު ބެކް ޑަނީލޯގެ ވެސް ކުޑަހުޅަށް ވަނީ އަނިޔާވެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ބްރެޒިލް ކުޅޭ މެޗުގައި ހޯމަ ދުވަހު ކުޅޭނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox