ޖައުސާގެ ބިދޭސީ މުވައްޒަފުން ހާލުގައި ޖެހުމުން އިންޑިއާއިން ދިވެހި ސަރުކާރުގެ އެހީއަށް އެދެފި

ހާލުގައި ޖެހުނު ޖައުސާގެ މުވައްޒަފުން: އާއިލާއަށް ފައިސާ ނުފޮނުވޭތީ ބައެއް މީހުންގެ ދަރިން ވެސް ތިބީ ހާލުގައި ޖެހިފައި -- ފޮޓޯ: އަދަދު

ހާލުގައި ޖެހުނު ޖައުސާގެ މުވައްޒަފުން: އާއިލާއަށް ފައިސާ ނުފޮނުވޭތީ ބައެއް މީހުންގެ ދަރިން ވެސް ތިބީ ހާލުގައި ޖެހިފައި -- ފޮޓޯ: އަދަދު

ޖާ އިންވެސްޓްމެންޓްސް އާއި އެ ކުންފުނީގެ ދަށުން ހިންގާ ޖައުސާ ކޮންސްޓްރަކްޝަންގެ ބިދޭސީ 44 މުވައްޒަަފަކަށް މުސާރަ ނުދޭތާ ގިނަ ދުވަސްވެ، އެމީހުން ހާލުގައި ޖެހުމުން މައްސަލަ ހައްލުކޮށްދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ސަރުކާރުގައި އެދެފި އެވެ.

ހާލުގައި ޖެހިގެން އުޅޭ އިންޑިއާއަށް ނިސްބަތްވާ 44 މީހުންގެ ތެރެއިން "އަދަދު" ގެ ނޫސްވެރިންނާ ވާހަކަ ދެއްކި މުވައްޒަފުން ބުނީ އެމީހުންނަށް މުސާރަ ނުދޭތާ ހަތަރު މަސް ދުވަސް ފާއިތުވެއްޖެ ކަމަށެވެ. އޭގެ ސަބަބުން، އަމިއްލަ ގައުމުގައި ތިބި އާއިލާގެ މީހުން ވެސް ހާލުގައި ޖެހިފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބިދޭސީން ބުންޏެވެ.

"އަހަރުމެން އާއިލާގެ މީހުން ވެސް ކާނެ އެއްޗެއް ނެތް. ކުޑަ ކުއްޖަކު އަހަރެންގެ އެބަހުރި. މިހާރު މުސާރަ ނުދޭތާ ހަތަރު މަސް ވީ،" ޖައުސާގެ މުވައްޒަފަކު ބުންޏެވެ.

Advertisement

އިންޑިއާ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީ އާއި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި މޯލްޑިވްސް އިމިގްރޭޝަނަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައި އޮތީ، އެ 44 މުވައްޒަފުންގެ ޕާސްޕޯޓު ވެސް ގާނޫނާ ހިލާފަށް ކުންފުނިން އަތުލާފައިވާ ކަމަށާއި މުސާރަ ނުލިބުމުގެ ސަބަބުން އެމީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ.

"ކުންފުނިން މުވައްޒަފުންނަށް ސިއްހީ ފަރުވާ އާއި ރަނގަޅު ކާނާ ވެސް ފޯރުނުކޮށްދޭ. މީގެ ކުރިން ވެސް މި ކުންފުނީގެ 19 މުވައްޒަފަކަށް މުސާރަ ނުދީގެން އެ މައްސަލަ ޖައްސާފައިވޭ. އެމީހުން އެދެނީ ނުލިބި ހުރި މުސާރަ ހޯދުމާއި އެމީހުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ޖާ އިންވެސްޓްމެންޓްސްގެ ފަރާތުން މި ނޫހާ ހިއްސާ ކުރި ކުރު ބަޔާނެއްގައި ބުނީ، ބައެއް މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވެފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ މި ޑިސެމްބަރު މަހުގެ ތެރޭގައި ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މުސާރަ ދިނުން ލަސްވެފައިވާތީ ބައެއް މުވައްޒަފުން އެކަމާމެދު ހިތްހަމަނުޖެހޭކަން މި ކުންފުންޏަށް ވަނީ އެނގިފަ. އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެ މުވައްޒަފުން ވަނީ މަސައްކަތަށް ނިކުތުން ހުއްޓާލާފައި. މި ކުންފުނިން މިހާރު ވެސް މަސައްކަތް ކުރަމުންދަނީ އެ މައްސަލަތައް މި ޑިސެމްބަރު މަހުގެ ތެރޭގައި ހައްލު ކުރެވޭނެ ޕްލޭނެއް ހެދުމުގައި،" ޖާ އިންވެސްޓްމެންޓްސް އިން ބުންޏެވެ. "މައްސަލަ ހައްލު ކުރެވެންދެން އެމީހުންނަށް ކާބޯތަކެއްޗާއި އެކޮމަޑޭޝަން ދަނީ ދެމުން."

އެ މައްސަލައިގައި ފޮރިން މިނިސްޓްރީއާ މި ނޫހުން ސުވާލު ކުރުމުން ބުނީ ދިވެހިރާއްޖޭގައި ހުންނަ ބޭރުގެ މިޝަންތަކުން ފޮނުވާ މައްސަަލަތައް އެކަމާ ގުޅޭ އިދާރާއަކަށް ފޮނުވައި، އެ އިދާރާއަކާ މިނިސްޓްރީން ކޯޑިނޭޓު ކުރަމުންދާ ކަމަށެވެ. ނަމަވެސް ޖައުސާ މުވައްޒަފުންގެ މައްސަލައިގައި ސީދާ އެއްޗެއް ނުބުނެ އެވެ.

އެކަމާ ގުޅިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނީ އެ އިދާރާއަށް ހުށަހަޅާ މައްސަލަތަކާއި ބަލަމުންދާ މައްސަލަތަކުގެ އެއްވެސް ތަފްސީލެއް އާންމު ނުކުރާ ކަމަށެވެ.

ދިވެހިރާއްޖޭގައި ގާތްގަނޑަކަށް 230،000 ބިދޭސީން ދިރިއުޅޭ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން 60،000 އަށް ވުރެ ގިނަ މީހުންނަކީ އަންޑޮކިއުމެންޓެޑް މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެންމެ ގިނަ މީހުން ގެންނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރުމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބޮޑު ބަޔަކީ އިންސާނީވަގުފާރިއަށް ހުށަހެޅިފައިވާ ބައެއް ކަމަށް އދ. އިން ބުނެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކީ ލާއިންސާނީ އަދަބުތަކާއި ހާލަތްތަކަށް ހުށަހެޅިފައިވާ ބައެއް ކަމަށް ވެސް އދ. އިން ބުނެ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ހާލަތު އިތުރަށް ދަށްވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox