އިންގްލެންޑަށް އެއް ވަނަ، އިރާން ބަލިކޮށް އެމެރިކާ ދެ ވަނަ ބުރަށް

Nov 29, 2022, 9:42 PM
އިންގްލެންޑަށް އެއް ވަނަ، އިރާން ބަލިކޮށް އެމެރިކާ ދެ ވަނަ ބުރަށް

ދޯހާ، ގަތަރު (ނޮވެމްބަރު 30) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއް ވަނަ ހޯދައި އިންގްލެންޑުން ދެ ވަނަ ބުރުގެ ޖާގަ އެއް ހޯދިއިރު، އިރާން ކަޓުވާލައި، އެމެރިކާ އިން ވެސް ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑުން 3-0 އިން ވޭލްސް ބަލިކޮށް ހަތް ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު، އެމެރިކާ އިން ވަނީ ފަހު މެޗުގައި އިރާން އަތުން 1-0 އިން މޮޅުވެ ފަސް ޕޮއިންޓާ އެކު ދެ ވަނަ ހޯދައިފަ އެވެ. ތިން ވަނަ އަށް ދިޔަ، އިރާން އަށް ލިބުނީ ތިން ޕޮއިންޓެވެ. ފުލަށް ދިޔައީ އެންމެ ޕޮއިންޓެއް ލިބުނު ވޭލްސް އެވެ.

މި ނަތީޖާތަކާ އެކު ދެ ވަނަ ބުރުގައި އެމެރިކާ ނުކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ހޯދި ނެދަލެންޑްސްއާ ދެކޮޅަށެވެ. އިންގްލެންޑު ދެ ވަނަ ބުރުގައި ނުކުންނާނީ ގްރޫޕް އޭ އިން ދެ ވަނަ ހޯދި ސެނެގާލްއާ ދެކޮޅަށެވެ. ދެ މެޗު ވެސް އޮތީ ހޮނިހިރު ދުވަހުގަ އެވެ.

ވޭލްސް އަތުން އިންގްލެންޑުން ކުރި ހޯދި މެޗުގައި އިނގިރޭސިން ވަނީ ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން ޖޯޑަން ހެންޑަސަން، ފިލް ފޮޑެން، މާކްސް ރަޝްފޯޑް އަދި ކައިލް ވޯކާ އަށް މިމެޗުން ކޯޗު ސައުތްގޭޓް ފުރުސަތު ދިނެވެ. އަނެއްކޮޅުން، މި މެޗަށް ވޭލްސް ނުކުތީ އެންމެ ފަހު މެޗުގައި ކީޕަރު ވޭން ހެނެސީ އަށް ދެއްކި ރަތްކާޑުގެ ސަބަބުން އޭނާ ނުލަ އެވެ.

އިންގްލެންޑުން މޮޅަށް ކުޅުނު މި މެޗުގައި ފެނުނު ތިން ގޯލަކީވެސް ދެވަނަ ހާފުގައި އިންގްލެންޑުން ޖެހި ގޯލްތަކެކެވެ. އެޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ޖެހި ފުރަތަމަ ގޯލަކީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ޖެހި ގޯލެކެވެ. މި ގޯލަކީ މިފަހަރުގެ ވޯލްޑްކަޕްގައި ހިލޭ ޖެހުމަކުން ވައްދާލި ދެ ވަނަ ގޯލެވެ.

އިންގެލެންޑުން ފުރަތަމަ ގޯލު ޖެހިތާ މިނެޓެއް ނުވަނީސް އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިދިނީ ފިލް ފޮޑެން އެވެ. ވޭލްސްގެ ފަހަތުން ބެން ޑޭވިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހެރީ ކޭން ނަގައިދިން ހުރަސް ފޮޑެން ގޯލަށް ވައްދާލީ ވޭލްސްގެ ކީޕަރު ޑެނީ ވޯޑަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

އިންގްލެންޑުގެ ފަހު ގޯލު މެޗުގެ 68 ވަނަ މިނެޓުގައި ރަޝްފޯޑު ޖަހައިދިނީ މެދުތެރެއިން ކެލްވިން ފިލިޕްސް ކުރިއަށް ދިން ބޯޅައެއް ހޯދައިގެން ގޮހެވެ. ބޯޅަ ހިފައިންގޮސް އޭރިއާ ތެރެއަށް ވަދެ ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާފައި ރަޝްފޯޑު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ވޯޑްގެ ފައިގައި ޖެހިފަ އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެމެރިކާ އިން އީރާންގެ މައްޗަށް 1-0 ގެ ހަނި ތަފާތަކުން ކުރި ހޯދިއިރު، އެމެރިކާގެ ހަމައެކަނި ގޯލު ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ ބުރުން އީރާން އަށް މި މެޗުގައި ފުރުސަތު އޮތް ނަމަވެސް އެމެރިކާ އިން ވަނީ ފުރަތަމަ ހާފުގައި ދެއްކި މޮޅު ކުޅުމާ އެކު ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފަ އެވެ. އެ ގޮތުން އަރިމަތިން ސާޖީނިއޯ ޑެސްޓް ނަގައިދިން ހުރަހަކުން ޕުލިސިޗް ގޯލު ޖެހީ ޑިފެންޑަރުންގެ ފަހަތުން ގޮސް އެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމެރިކާގެ ޓިމޮތީ ވެއާ އިތުރު ގޯލެއްވެސް އެޓީމަށް ޖަހައިދިނެވެ. މެޗުތެރެއިން ޔޫނުސް މޫސާ ކުރިއަށް ދިން ބޯޅައަކަށް އަރާ ކީޕަރަށް ފުރުސަތެއް ނުދީ ވެއާ ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ގޯލެއްކަމަށެވެ.

މެޗުގެ ފަހު ހާފުގައި ގިނަ ބަދަލުތަކަކާ އެކު އިރާނުން ކުރިއަށް ޖެހިލައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. އެ ގޮތުން ސަމަން ގުއްދޫސް ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު ސައީދު އެޒަތޮލާހީ ފޮނުވާލި ބޯޅައެއް އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އެވެ.

އެޓީމަށް ގޯލެއް ޖަހަން ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ މެޗުގެ އިތުރު ވަގުތުގައި މޮރްތަޒާ ޕޯރަލިގަންޖީ އަށެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ހުރަސްވި ބޯޅަ ބޮލުން އޭނާ ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިއީ އެމެރިކާ އިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި ފަސް ވަނަ ފަހަރެވެ. މި ފަސް ފަހަރުގެ ތެރެއިން އެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ 2002 ވަނަ އަހަރު ކޮރެއާ/ޖަޕާން ވޯލްޑް ކަޕްގަ އެވެ.

މުބާރާތުގައި މާދަމާ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މާދާމާ ރޭ އަށެއް ޖަހާއިރު ކުޅޭނީ ގްރޫޕް ސީގެ ފަހު ދެ މެޗެވެ. މިގޮތުން ގަދަ 16 އިން ޖާގަ ޔަގީންކޮށްފައިވާ ފްރާންސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. މި ގްރޫޕުން ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދަން ޑެންމާކް ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

މާދަމާ ރޭ ދަންވަރު ބާރަ ޖަހާއިރު ކުޅޭނީ ގްރޫޕް ޑީގެ ފަހު ދެ މެޗެވެ. މެސީގެ އާޖެންޓީނާ އިން ޕޮލަންޑާއި ދެކޮޅަށް ނުކުންނައިރު މެކްސިކޯ އިން ނުކުންނާނީ ސައުދީ އަރަބިއްޔާ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox