ހުޅުމާލޭގެ އިމާރާތްކުރުމުގެ ގަވާއިދު ގެޒެޓު ކުރުވަން ފާހެއް ނުވި

ހުޅުމާލެ: ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ހަފުތާއެއް ދިނުމަ މަޖިލީހުން ވަނީ ފާސްކޮށްފައި---

ހުޅުމާލެ: ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ހަފުތާއެއް ދިނުމަ މަޖިލީހުން ވަނީ ފާސްކޮށްފައި---

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ހަފުތާއެއް ދިނުމަށް ކޮމިޓީން ނިންމި ނިންމުން ފާހެއް ނުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ރިޕޯޓު ފާސްކުރަން ނެގި ވޯޓުގައި 40 މެންބަރުން ވަނީ ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ. މުހުލަތު ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ.

އާ ގާނޫނުއަސާސީއަށް އަމަަލުކުރަން ފެށި އިރު ވަކި ގާނޫނަކަށް ނުފެތޭ ގޮތަށް ހުރި ގަވާއިދުތަކުގެ ބެލެނިވެރިކަން ދިނީ އާއްމު ގަވައިދުތަކުގެ ގާނޫނަށެވެ. އެ ގާނޫނުގައިވާ ގަވައިދުތައް ފާސްކުރުމާއި ބަދަލުތައް ގެނައުމުގެ ޒިންމާ އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށެވެ.

ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު ކޮމިޓީން އެކުލަވައިލައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ އެހެންވެ އެވެ. އެ ގަވައިދު އެކުލަވާލައި، ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ 2018 ވަނަ އަހަރު އެވެ. އެ ގަވައިދު ގެޒެޓްނުކުރާކަން ކޮމިޓީއަށް އެނގިގެން އެ މައްސަލަ ބަލަން ފެށީ 2020 ވަނަ އަހަރު އެވެ.

ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ ވެބްސައިޓުގައި މިދިޔަ ބުދަ ދުވަހު ޝާއިއުކުރި ރިޕޯޓުގައިވާ ގޮތުން، އެ މައްސަލާގައި ކޮމިޓީން ނިންމީ، ގަވާއިދު ގެޒެޓު ނުކޮށް ހިފަހައްޓާފައި އޮތް އޮތުމަކީ ދުސްތޫރީ އަދި ގާނޫނީ ގޮތުން މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އެ އަމަަލަކީ ގާނޫނު އަސާސީއާއި ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހަށް އޮންނަ އިހުތިޔާރުތަކާއި ބާރުތަކަށް އިހުތިރާމް ނުކުރުން ކަަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.

އެހެންވެ، ކޮމިޓީގެ ނިންމުމަކީ އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވައިދު ގެޒެޓު ކުރަން ފޮނުވަން ޕްލޭނިން މިނިސްޓްރީއަށް އެންގުމަށެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ މި ކަމުގައި އަމަލު ކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށާއި އެގޮތަށް އަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށެވެ.

"އެގޮތަށް އަމަލު ނުކުރާކަމީ ގާނޫނާ ހިލާފުވުން، އެހެންވީމާ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް، ނުވަތަ ވަޒީރާ ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމުމަށް ވެސް،" އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން ނުސީދާ ކޮށް ލަފާ ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox