ކްލޮޕްގެ މައްސަލަ އަލުން ބަލަން އެފްއޭ އިން އެޕީލްކޮށްފި

Nov 5, 2022, 3:32 AM
ލިވަޕޫލްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ކްލޮޕް.

ލިވަޕޫލްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ކްލޮޕް.

ލިވަޕޫލް (ނޮވެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް އަށް ދެއްކި ރަތް ކާާޑާ އެކު އޭނާގެ މައްސަލަ ބަަލައި، 38000 ޑޮލަރުން ޖޫރިމަނާކުރަން ތިން މެމްބަރުންގެ ޕެނަލުން ނިންމި ނިންމުމާ ދެކޮޅަށް އިނގިރޭސި އެފްއޭ އިން އެޕީލްކޮށްފި އެވެ.

ސިޓީ އަތުން މިދިޔަ މަހު 16 ވަނަ ދުވަހުގެރޭ ލިވަޕޫލް 1-0 އިން މޮޅުވި މެޗުގެ ފަހު ވަގުތު ލިވަޕޫލްގެ މުހައްމަދު ސަލާހަށް ސިޓީގެ ބެނާޑޯ ސިލްވާ ފައުލުކުރި ނަމަވެސް ރެފްރީ އެ ފައުލެއްގެ ގޮތުގައި ނުދައްކާތީ ކްލޮޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެކަމާ މެޗުގެ ރެފްރީ އެންތަނީ ޓޭލާއާ ބޭއަދަބީކޮށް މުހާތަބުކުރުމުން ކްލޮޕަށް ރަތް ކާޑު ދެއްކި އެވެ.

އިނގިރޭސި އެފްއޭގެ ޕެނަލުން އެ މައްސަލަ ބަލަން ފަށައި، ޖަވާބުދާރީވާން ދިން ފުރުސަތުގައި ކްލޮޕް ވަނީ އެޕީލްކުރަން ދެކޮޅު ހަދައި، އޭނާ އަށް ދެއްކި ރަތް ކާޑަކީ ވެސް ރަނގަޅު ނިންމުމެއް ކަމަށް ބުނެ، ކަންކަން ދިޔަ ގޮތަށް މައާފަށް އެދިފަ އެވެ. އެހެންވެ، މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭގެ ޕެނަލުން ނިންމީ ކްލޮޕަށް ސަސްޕެންޝަނެއް ދިނުމުގެ ބަދަލުގައި 38000 ޑޮލަރުން ޖޫރިމަނާ ކުރާށެވެ.

ތިން މެމްބަރުންގެ ޕެނަލުން މައްސަލަ ނިންމި ގޮތާ ދެކޮޅަށް އެޕީލްކުރަން އެފްއޭ އިން ނިންމީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ.

އެފްއޭ އިން އެޕީލްކުރާނެކަން އިއުލާނުކޮށް ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ކްލޮޕްގެ މައްސަލައިގައި ބަލަންޖެހޭ ހުރިހާ ކަމަކަށް ރިއާޔަތްކުރުމެއް ނެތި ޕެނަލުން ގޮތް ނިންމާފައިވާތީ، އެކަންކަން އަލުން ބަލަން ހުށަހަޅަން އެފްއޭ އިން ނިންމީ ކަމަށެވެ.

ޕެނަލުން ދެން މައްސަލައިގައި ގޮތެއް ނިންމާއިރު، ކްލޮޕަށް ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އެއީ ރެފްރީސް އެސޯސިއޭޝަނުން ވެސް ކްލޮޕަށް ދިން އަދަބާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާތީ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް އިނގިރޭސި އެފްއޭ އިން ވަނީ ކްލޮޕް 51000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެ ފަހަރު ކްލޮޕް ޖޫރިމަނާކުރީ ލިވަޕޫލާއި ވެސްޓް ހޭމް 1-1 އިން އެއްވަރުވި މެޗުގައި އެ މެޗުގެ ރެފްރީ ކެވިން ފްރެންޑްގެ ނިންމުންތައް ހުރީ އެއް ފަރާތަކަށް ޖެހިފައި ކަމަށް ބުނެ، ރެފްރީއާ މެދު ފާޑުކިޔާފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox