އަނިޔާއާ ހެދި ވާނާ އަށް ވެސް ވޯލްޑް ކަޕް ގެއްލިއްޖެ

Nov 4, 2022, 1:28 AM
ޖަރުމަނުގެ މެޗެއްގެ ތެރެއިން ވާނާ: މި ފަހަރުގެ ވޯލްޑް ކަޕްގައި އަނިޔާއާ ހެދި ވާނާ އަށް ނުކުޅެވޭނެ.

ޖަރުމަނުގެ މެޗެއްގެ ތެރެއިން ވާނާ: މި ފަހަރުގެ ވޯލްޑް ކަޕްގައި އަނިޔާއާ ހެދި ވާނާ އަށް ނުކުޅެވޭނެ.

މިއުނިކް (ނޮވެމްބަރު 4) - ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ފޯވާޑް ޓިމޯ ވާނާ އަށް ވެސް މި މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ލައިޕްޒިގުން 4-0 އިން ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް އަތުން މޮޅުވި މެޗުގައި އަނިޔާއާ ހެދި ވާނާ ބަދަލުކުރި އެވެ. އަނިޔާގެ ތަފްސީލް ދެނެގަން ހެދި ޓެސްޓްތަކުން އެނގުނީ ވާތު ފައިގެ ކުޑަހުޅަށް ލިބިފައިވާ، އަނިޔާ ސީރިއަސް ކަމެވެ.

ލައިޕްޒިގުން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ނިޔަލަށް ވާނާ އަށް އެނބުރި ދަނޑަށް ނާދެވޭނެ ކަމަށެެވެ. މާނަ އަކީ މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން ވާނާ އަށް ބައިވެރިނުވެވޭނެކަމެވެ.

ވާނާ، 26، ވަނީ ޖަރުމަނު ގައުމީ ޓީމަށް މިހާތަނަށް ކުުޅުނު 55 މެޗުން 24 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ފަސް ގޯލު ޖެހީ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ.

ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުނީ ވާނާ އަށް އަނިޔާވުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕަށް ޖަރުމަނު ޓީމު އެކުލަވާލުމުގެ މަޝްވަރާތަކުގެ ތެރެއިން، ވާނާ ބޭނުންކުރަން ވަރަށް ބޮޑަށް ރޭވި ކަމަށެވެ. އެކަމަކު، މިހާރު ވާނާ ނުލައި ކުޅެން ޖެހުމުން އެހެން ގޮތެއް ހޯދާނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

"އަހަރެން ފުރަތަމަ ކަމަކަށް އެދެނީ ޓިމޯ (ވާނޭ) ފިޓްވެގެން އެނބުރި ދަނޑަށް އަންނަން،" ފްލިކް ބުންޏެވެ.

މި ސީޒަނުގައި ޗެލްސީ ދޫކޮށް އަލުން ލައިޕްޒިގަށް ވާނާ ބަދަލުވީ 55 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ވާނާ ވަނީ ލައިޕްޒިގަށް ޖުމްލަ ނުވަ ގޯލު ޖަހައިދީފަ އެވެ.

ވާނާގެ ބަދަލުގައި ޖަރުމަނު ޓީމަށް ނަގާނެ ކަމަށް ބެލެވެނީ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް، ކަރިމް އަޑޭމީ ނޫނީ ވާޑާ ބްރެމެންގައި މި ވަގުތު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް، ނިކްލަސް ފެއުލްކްރޫގް އެވެ.

ވޯލްޑް ކަޕަށް ޖަރުމަނުގެ ސްކޮޑު ފައިނަލްކުރާނެ ސީދާ ތާރީހެއް އަދި ބުނެފައިނުވާއިރު، މުހިންމު ބައެއް ކުޅުންތެރިންގެ ފިޓްނަސް އަކީ ކޯޗު ފްލިކަށް އޮތް ބޮލުގެ ރިހުމެކެވެ. އެ ގޮތުން، ލެރޯއި ސާނޭ އަންނަނީ ކަކުލަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދަމުންނެވެ. އަދި ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވެސް މިދިޔަ މަހު އަށް ވަނަ ދުވަހުން ފެށިގެން ކުޅުމާ ދުރުގައި ހުރީ ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox