ސަރުކާރުން ހުޅުމާލޭގައި އަޅާ ބައެއް ފުލެޓުތައް އަންނަ މެއި މަހަށް ނިމޭނެ

ހައުސިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް : ވިދާޅުވީ މިހާރު ކުރިއަށްދާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އަންނަ އަހަރު ބައެއް ފްލެޓްތަކަށް މީހުން ވަދެވޭ ވަރު ވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހައުސިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް : ވިދާޅުވީ މިހާރު ކުރިއަށްދާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އަންނަ އަހަރު ބައެއް ފްލެޓްތަކަށް މީހުން ވަދެވޭ ވަރު ވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭގައި މިހާރު އަޅަމުންދާ ބައެއް ފްލެޓްތަކަށް އަންނަ މެއި މަހުގެ ތެރޭގައި މީހުން ވެއްދޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތަފުސީލު ދިނުމަށް ހައުސިން މިނިސްޓްރީ، އެފްޑީސީ އަދި އެޗްޑީސީ ގުޅިގެން ބޭއްވި އިވެންޓެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަރީފް ވިދާޅުވީ އެމަޝްރޫއު ކުރިއަށްދަނީ އެކި ސްޓޭޖްތަކަށް ބަހާލައިގެން ކަމަށާއި އަންނަ އަހަރުގެ މެއި މަހަށް ބައެއް ޓަވަރުތައް ނިމޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދޭ ކަމަށެވެ.

"މީގެ ކުރީ ސަރުކާރުތަކުގައި ވެރިކަމުގެ ފަހު އަހަރާއި ހަމައަށް ދިޔައިމަ ނޫނީ [ބޯހިޔާ ވަހިކަމުގެ މަޝްރޫއުތަކުގެ] ބިންގާ އެޅުނުތަނެއް ވެސް ފެނިފައެއް ނުވޭ، ނަމަވެސް އަޅުގަނޑުމެން 2020 ވަނަ އަހަރުން ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން،" އަރީފް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އަޅަމުންދާ ފުލެޓް ޓަވަރެއްގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޮ: މުހައްމަދު ޝާބިން / އަދަދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އަޅަމުންދާ ފުލެޓް ޓަވަރެއްގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޮ: މުހައްމަދު ޝާބިން / އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އަޅަމުންދާ ފުލެޓް ޓަވަރެއްގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޮ: މުހައްމަދު ޝާބިން / އަދަދު

ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން މިހާރު ހުޅުމާލޭގައި ދަނީ ޖުމްލަ 4000 ފުލެޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަޝްރޫއު ވަކި ދެ ޕްރޮޖެކްޓަކަށް ބަހާލައި 4000 ފުލެޓު ޖުމްލަ 32 ޓަވަރަކަށް ވަނީ ބަހާލައިފަ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ މި ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އަދި އެންބީސީސީ އިންނެވެ.

އެ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކަކީ 17 އަދި 18 ފަންގިފިލާގެ ޓަވަރުތަކެކެވެ. ކޮންމެ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާ ޕާކިންއަށް އަދި ދެ ވަނަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރެވޭއިރު ދެން ހުރި ކޮންމެ ފަންގިފިލާއެއްގައި ދޭއް ނުވަތަ ތިން ކޮޓަރީގެ އަށް ހައުސިން ޔުނިޓް ހުންނާނެ އެވެ. ކޮންމެ ޓަވަރަކަށް އަންދާޒާކުރެވޭ އާބާދީ 750 ގައި ހުރިއިރު ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެ އެވެ.

ޖޭއެމްސީ ހައުސިން ޕްރޮޖެކްޓް

ޖޭއެމްސީ ޕްރޮޖެކްޓުގެ ދަށުުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާ 16 ޓަވަރުގައި ޖުމްލަ 2000 ފުލެޓު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ޕްރޮޖެކްޓުގެ ޖުމްލަ މަސައްކަތުގެ 16 ޕަސެންޓު ނިމިފައިވާ ކަމަށް އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ މިއަދު ވިދާޅުވި އެވެ. އެ ހުރިހާ ޓަވަރެއްގެ މަސައްކަތްވެސް މިހާރު ކުރަމުންދާއިރު އެންމެ ބޮޑަށް މަސައްކަތް ގޮސްފައިވާ ޓަވަރުގެ 25 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ.

އިންޑިއާގެ އެކްޒިމް ބޭންކުގެ އެހީގައި އަޅާ މި ފްލެޓުތަށް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ މާޗް 8، 2021 ގަ އެވެ. އަމަލީ މަސައްކަތް ޑިސެމްބަރު 8، 2021 ގައި ފެށިއިރު އެ ޕްރޮޖެކްޓަށް ޖުމްލަ 137 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ އެވެ.

އެންބީސީސީ ހައުސިން ޕްރޮޖެކްޓް

އެންބީސީސީ ޕްރޮޖެކްޓުގެ ދަށުންވެސް އެޅިގެންދާނީ ޖުމްލަ 16 ޓަވަރެއްގައި އެޅޭ 2000 ފުލެޓެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާ އެއޓަވަރުތަކުގެ 13.5 އިންސައްތަ ނިމިފައިވާކަމަށް ޝަމޫލް މިއަދު ވިދާޅުވި އެވެ. އެންބީސީސީ ގެ 16 ޓަވަރުގެ ތެރެއިން ތިން ޓަވަރެއް ފިޔަވާ އެހެން ހުރިހާ ޓަވަރެއްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އެންމެ ބޮޑަށް ކުރިއަށް ގޮސްފައިވާ ޓަވަރުގެ މަސައްކަތުގެ 15.3 އިންސައްތަ ވަނީ ނިމިފަ އެވެ.

މި ޕްރޮޖެކްޓަކީވެސް އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ހިންގޭ ޕްރޮޖެކްޓެކެވެ. ޖުމްލަ 130 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާ މި މަޝްރޫއުގެ މަސައްކަތް ފެށީ މި އަހަރުގެ ޖަނަވަރީ މަހުގެ 18 ގަ އެވެ.

އެފްޑީސީއިން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ޖުމްލަ މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox