ފުރުސަތުގެ ބޭނުންހިފައި ބޮޑު މޮޅަކާ އެކު ބަޔާން އެއް ވަނަ އަށް

Oct 30, 2022, 3:52 AM
ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މިއުނިކް (އޮކްޓޫބަރު 30) - ޖަރުމަނު ލީގުގައި ރޭ މައިންޒް އަތުން 6-2 އިން މޮޅުވެ، ބަޔާން މިއުނިކުން ފުރުސަތުގެ ބޭނުންހިފައި ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބަޔާން ލީގުގެ އެއް ވަނަ އަށް އެރީ ދެ ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބަޔާނަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ޔޫނިއަން ބާލިން އަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. މިރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން މޮޅުވެގެން، ޔޫނިއަން ބާލިން އަށް އަލުން އެއް ވަަނަ އަށް އެރޭނެ އެވެ.

ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ބަޔާނުން ލީޑުނެގީ އޭރިއާތެރެއިން ސަޑިއޯ މާނޭ ނެގި ހުރަހަކުން ސާޖް ގްނަބްރީ ޖެހި ގޯލުންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި ޖަމާލް މުސިއާލާ އޭރިއާބޭރުން ޖެހި ގޯލަކުން ބަޔާން ލީޑުފުޅާކުރި އެވެ. މެޗުގެ 43 ވަނަ މިނިޓްގައި މާނޭ ވަނީ ބަޔާންގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ޕެނަލްޓީ އަކުން މާނޭ ފޮނުވާލި ބޯޅަ މައިންޒް ކީޕަރު ރޮބިން ޒެންޓްނާ މަތަކުރި ނަމަވެސް މާނޭ ވަނީ ރީބައުންސް ގޯލަށް ވައްދާލައިފަ އެވެ.

ފުރަަތަމަ ހާފުގެ އިތުރު ވަގުުތުގައި މައިންޒްގެ ސިލްވަން ވިޑްމެއާ ވަނީ ލަނޑެއް ޖަހައި އުންމީދެއް ހޯދައިދީފަ އެވެ.

މެޗުގެ 57 ވަނަ މިނިޓްގައި މާނޭ ނެގި ހުރަހަކުން ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ލެއޯން ގޮރެޓްޒްކާ ބޮލުންނެވެ. މެޗުގެ 77 ވަނަ މިނިޓްގައި ބަޔާންގެ ޒުވާން ކުޅުންތެރިޔާ، މަތީސް ޓެލް، 17، އޭރިއާބޭރުން ޖެހި ބޯޅަ މައިންޒް ކުޅުންތެރިއަކު ފައިގައި ޖެހިފައި ވަނީ ގޯލަށެވެ. އޭގެ ފަސް މިނިޓް ފަހުން މައިންޒްގެ މާކަސް އިންގްވާޓްސަން ގޯލެއް ޖެހި އެވެ. ބަޔާންގެ ފަހު ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގައި އެރިކް މެކްސިމް ޗޮޕޫ-މޯޓިން އެވެ. މިއީ ކިންގްސްލީ ކޯމަން އާއި ޗޮޕޫ-މޯޓިންގެ ކޮމްބިނޭޝަނުން ޖެހި ލަނޑެކެވެ.

މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ޓީމުގެ ކުޅުން މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނައިރު، އެންމެ ބޮޑު އުފަލަކީ ބޭނުންވާ ފުޓްބޯޅަ ކުޅެގެން ސަޕޯޓަރުން ވެސް ހިތްހަމަޖައްސައިދެވޭތީ ކަމަށެެވެ.

ރޭ އައިންޓްރަކްޓް ފްރޭންކްފާޓް ދަނޑުގައި 2-1 އިން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެެވެ. ޑޯޓްމަންޑަށް ވަނީ 12 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ފްރޭންކްފާޓްގައި ރޭ ކުޅުނު މެޗުގެ 21 ވަަނަ މިނިޓްގައި ޑޮންޔެލް މާލެން ދިން ބޯޅައަކުން ހޫލިއަން ބްރަންޑްޓް ވަނީ ލަނޑެއް ޖަހައި، ޑޯޓްމަންޑަށް ލީޑުނަގައިދީފަ އެވެ. އެކަަމަކު، އޭގެ ހަތަރު މިނިޓް ފަހުން ޑައިޗީ ކަމާޑާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަަމަ ކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ޑޯޓްމަންޑް މޮޅުކޮށްދިން ލަނޑު ޖެހީ މި ވަގުތު ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ޖޫޑް ބެލިންހަމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox