ބަޔާން އާއި ޑޯޓްމަންޑަށް ވެސް ހިތްހަމަޖެހޭ ނަތީޖާއެއް

Oct 22, 2022, 7:09 PM
ސްޓުޓްގާޓް ކޮޅަށް ޑޯޓްމަންޑްގެ ދެ ގޯލު ޖެހި ބެލިންހަމް އުފާފާޅުކުރަނީ

ސްޓުޓްގާޓް ކޮޅަށް ޑޯޓްމަންޑްގެ ދެ ގޯލު ޖެހި ބެލިންހަމް އުފާފާޅުކުރަނީ

މިއުނިކް (އޮކްޓޫބަރު 22) - ޖަރުމަނު ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ހޮފެންހައިމް ދަނޑުގައި 2-0 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑުން ސްޓުޓްގާޓްގެ މައްޗަށް 5-0 އިން ކުރިހޯދައިފި އެެވެ.

އޮގަސްޓް މަހުގެ ފަހުން ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ބަޔާން ދެ ވަަނައިގައި އޮތީ އެއް ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އެއް ޕޮއިންޓް މަދުން ހޯދައިގެންނެވެ. ޔޫނިއަން ބާލިން އެއް ވަނައިގައި އޮތީ 10 މެޗުން 23 ޕޮއިންޓާ އެކު އެވެ، ދެ ވަނައިގައި އޮތް ބަޔާން އަށް ވަނީ 11 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ލީގުގެ ފުލުގައި އޮތް ބޮކުމް ބަލިކޮށް ޔޫނިއަން ބާލިން އަށް މާދަމާރޭ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.

ހޮފެންހައިމްގެ އޮޒާން ކަބަކް (ކ) ކައިރިން ބޯޅަ ހިފައިގެންދާން ބަޔާންގެ މުސިއާލާ މަސައްކަތް ކުރަނީ

ބަޔާނުން މިރޭގެ މެޗުގައި ލީޑުނެގީ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި މުސިއާލާ ގޯލު ޖެހީ ކޯނަރެއްގައި ބަޔާންގެ ލެއޯން ގޮރެޓްޒްކާ ތަނަަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ސާޖް ގްނަބްރީ ހުސްކޮށްލާފައި ދިން ބޯޅައަކުން އެރިކް މެކްސިމް ޗޮޕޫ-މޯޓިން އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑުން ވަނީ މިރޭ ފުރަތަމަ ހާފުގައި ސްޓުޓްގާޓް ކައިރިން ތިން ގޯލުގެ ލީޑެއް ނަަގައިފަ އެވެ. މި ލަނޑުތައް ޖެހީ ޖޫޑް ބެލިންހަމް، ނިކްލަސް ސޫލާ އަދި ޖިއޯ ރޭނާ އެވެ. ދެ ވަނަ ހާފްގައި ކުޅެން އަރައި، ބެލިންހަމް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ިމި ސީޒަނުގައި ބެލިންހަމް މިހާތަނަށް ވަނީ ހަތް ގޯލު ޖަހައިފަ އެވެ.

ޑޯޓްމަންޑްގެ އަނެއް ގޯލު ޖެހީ އަރަމުން އަންނަ ކުޅުންތެރިޔާ، ޔޫސެފާ މޫކޯކޯ އެވެ.

މިރޭގެ ތިން ޕޮއިންޓާ އެކު ޑޯޓްމަންޑް އޮތީ ޖަރުމަނު ލީގުގެ ފަސް ވަނައިގައި 11 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox