ރޮނާލްޑޯގެ މައްސަލަ ބަލާނަން: ޓެން ހާގް

Oct 20, 2022, 7:43 AM
ރޮނާލްޑޯގެ މައްސަލަ ބަލާނަން: ޓެން ހާގް

މެންޗެސްޓާ (20 އޮކްޓޫބަރު) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗު ނިމުމުގެ ކުރިން، ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ބެންޗު ދޫކޮށް ޗޭންޖިން ރޫމަށް ދިޔަ މައްސަލަ ބަލާނެ ކަމަށް ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓަޑްގެ ދަނޑުގައި ރޭ ޓޮޓެންހަމް އަތުން 2-0 އިން މޮޅުވި މެޗުގައި ޔުނައިޓަޑްގެ ފަހު ދެ ބަދަލުގެ ގޮތުގައި ކްރިސްޓިއަން އެރިކްސަން އާއި އެންތޮނީ އެލަންގާ ކުޅެން އެރުވީތާ މާގިނައިރުތަކެއް ނުވެ، ރޮނާލްޑޯ ވަނީ މެޗުގެ 89 ވަނަ މިނިޓުގައި ބެންޗު ދޫކޮށް ޗޭންޖިން ރޫމާ ދިމާލަށް ގޮސްފަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވަނީ މާ ގިނައިރުތަކެއް ނުވެ ދަނޑުން ވެސް ގޮސްފަ އެވެ.

ރޮނާލްޑޯ ޗޭންޖިން ރޫމަށްދިޔައިރު، ޔުނައިޓަޑުން ކޮށްފައިވަނީ ތިން ބަދަލެވެ. ބާކީ ދެ ބަދަލު އެ ޓީމަށް ކުރެވެން އޮތެވެ.

މެޗު ނުނިމެނީސް ރޮނާލްޑޯ ޗޭންޖިން ރޫމަށް ދިޔަކަން ފާހަގަކޮށް، ރޭގެ މެޗަށް ފަހު ޓެން ހާގާ މީޑިއާ އިން ސުވާލުކުރުމުން އޭނާ ބުނީ ފަހުން އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި މި ވަގުތު އެކަމާ ގުޅޭ އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

"ތިކަން އަހަރެން ބަލާނީ މާދަމާ. މިއަދަކު ނޫން. މިއީ މި މެޗުން ލިބުނު މޮޅުގެ އުފާފާޅުކުރަންވީ ވަގުތު. އަހަންނާ ރޮނާލްޑޯ ދިމާވި. އެކަމަކު، އަހަރެން އެއްވެސް ވާހަކައެއް ނުދައްކަން،" ޓެން ހާގް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފުތާގައި ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓަޑް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމުން ވެސް އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޕްރީ ސީޒަންގެ ތެރޭގައި ވެސް، ރޮނާލްޑޯ ވަނީ ޔުނައިޓަޑުން ކުޅުނު މެޗެއް ނިމުމުގެ ކުރިން ސްޓޭޑިއަމް ދޫކޮށް ގޮސްފަ އެވެ. އެ ފަހަރު، އެހެން ކުޅުންތެރިންތަކެއް ވެސް އެގޮތަށް އަމަލުކުރި އެވެ. އެކަމާ ގުޅިގެން، ޓެން ހާގް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox