ޖޮޓާ އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްޖެ

Oct 19, 2022, 2:34 AM
ޕޯޗުގަލްގެ މެޗެއްގެ ތެރެއިން ޖޮޓާ.-- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލްގެ މެޗެއްގެ ތެރެއިން ޖޮޓާ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޮކްޓޫބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި ކުޑަކަޅުވާ އަށް ލިބުނު އަނިޔާގެ ސަބަބުން ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޖޮޓާ އަށް އަންނަ މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އަތުން 1-0 އިން ލިވަޕޫލް މޮޅުވި މެޗުގެ ފަހު ވަގުތު ޖޮޓާ ފަޔަށް އަނިޔާވެގެން ދަނޑުން ބޭލީ ސްޓްރެޗަރުގަ އެވެ. މެޗަށް ފަހު ދިން އިންޓަވިއުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޖޮޓާގެ އަނިޔާއާ ބެހޭގޮތުން ދެވެން އޮތީ "ހިތްހަމަޖެހޭ ހަބަރެއް" ނޫން ކަމަށެވެ.

ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ ޖޮޓާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އޮޕަރޭޝަނެއް ކުރަން ނުޖެހުނު ކަމުގައި ވިޔަސް ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށެވެ.

ޖޮޓާ އަށް އަނިޔާވުމަކީ ކުރިއަށް ހުރި މެޗުތަކާ ކުރިމަތިލާއިރު، ލިވަޕޫލަށާއި ވޯލްޑް ކަޕްގައި ޕޯޗުގަލް އަށް ވެސް ލިބޭނެ ދެރައެއް ކަމަށް ކްލޮޕްގެ ވާހަކައިގައި ފާހަގަކުރި އެވެ.

ޖޮޓާ، 25، އެނބުރި އަންނާނެ ސީދާ ތާރީހެއް ލިވަޕޫލުން ހާމަނުކުރި ނަމަވެސް މި އަހަރު އޭނާ އަލުން ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ލިވަޕޫލްގެ ކޮލަމްބިއާ ވިންގް، ލުއިސް ޑިއާޒް، ވޯލްޑް ކަޕަށް ފަހު އަލުން ލީގު ފަށާއިރު، ފިޓްވާނެ އެވެ.

ޕްރީ ސީޒަނުގެ ތެރެއިން އޭޝިއާ ޓުއާގައި ޖޮޓާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ވެސް އޭނާ އަށް ނުކުޅެވުނެވެ. އެކަމަކު، މިދިޔަ މަސް ތެރޭ އަނިޔާއިން ރަނގަޅުވެގެން އައިސް ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި މޮޅު ކުޅުމެއް ދައްކަން ފެށިތާ މާގިނަ ދުވަހެއް ނުވެ، އަނެއްކާ ވެސް މި ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގުގެ މެޗުތަކުގައި ވެސް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ޖޮޓާ ބޭނުންކޮށްފަ އެވެ. ޖޮޓާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 29 މެޗުން 10 ގޯލު ޖަހައި، އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox