ސުޕުން ބޭނުންވީ ރަން މެޑައްޔަކާ އެކު ރާއްޖެ އަށް އަލްވަދާއު ކިޔަން

Sep 29, 2022, 4:06 AM
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ކޯޗު ސުޕުން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ކޯޗު ސުޕުން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ބާސްކެޓްބޯޅައިގައި ކުރާ ފަހު މަސައްކަތް ރަން މެޑައްޔަކާ އެކު ނިންމާލަން ބޭނުންވި ކަމަށާއި އެކަމަކު، ސްރީ ލަންކާ އަތުން ބަލިވެ، އެ ފުރުސަތު ގެއްލުމުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށް ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނެފި އެވެ.

މިހާރު މާލޭގައި ކުރިއަށްދާ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ އަށް ރަން މެޑަލް ހޯދަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ރޭ ރާއްޖެ އަތުން 72-59 ގެ ބޮޑު ތަފާތަކުން މޮޅުވެ، ލަންކާ އިން ރަން މެޑަލް ހޯދިއިރު، ދެ ވަނަ ލިބުނީ ނޭޕާލް އަށެވެ. ފަހު މެޗުގައި ބޫޓާން އަތުން މޮޅުވެ، ލޯ މެޑަލް ހޯދުމުގެ ފުރުސަތު ރާއްޖެ އަށް އަދި އެބައޮތެވެ.

މިދިޔަ އާދިއްތަ ދުވަހު މާލޭގައި ފެށި މުބާރާތަކީ ރާއްޖެ އަށް ރަން މެޑަލް ހޯދަން ލިބުނު ރަނުގެ ފުރުސަތެކެވެ. އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ އިން ފުރަތަމަ މެޗުގައި ނޭޕާލް ބަލިކުރި އެވެ. ލަންކާއާ ދެކޮޅަށް ނުކުތްއިރު ފަހު ފުރުސަތެއް ވެސް އޮތެވެ. ނަމަވެސް މި މެޗުން ހީކުރި ގޮތާ ހިލާފަށް ރާއްޖެ ބަލިވީ އެވެ.

މެޗަށް ފަހު ގައުމީ ޓީމުގެ ކޯޗު ސުޕުން ބުނީ މި ކަހަލަ ބޮޑު ފުރުސަތެއް ލިބި ރަން މެޑަލް ނުލިބުމުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށާއި، ހުރިހާ ކަމެއްގެ ޒިންމާ ނަގާ ކަމަށެވެ. އޭނާ އުއްމީދު ކޮށްގެން ހުރީ ގައުމީ ޓީމަށް އިރުޝާދު ދޭ ފަހު މުބާރާތުގައި ރަން މެޑަލް ރާއްޖެ އަށް ހޯދައިދޭށެވެ. އެކަން ހާސިލް ނުކުރެވުނީތީ ހުރިހާ އެންމެންގެ ކިބައިން ސުޕުން ވަނީ މާފަށް އެދިފަ އެވެ.

"އަސްލު އަހަރެން ބޭނުންވީ ރާއްޖެ އަށް ރަން މެޑަލް އެއް ހޯދައިދީފައި ކޯޗިން ހުއްޓާލަން. އެކަމަކު، ބޭނުންވި ގޮތަކަށް ނުވި. ވަރަށް ދެރަވެއްޖެ. ކުޅުންތެރިންނެއް ނޫން މައްސަލައަކީ. އަހަރެން ހުރިހާ ޒިންމާއެއް ނަގަން." 2019ގެ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ބާސްކެޓް ޓީމަށް ލޯ މެޑަލް ހޯދައިދިން ކޯޗު ބުންޏެވެ.

ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފައިވާ ސުޕުން ބުނީ ލަންކާ މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެންމެ އާދައިގެ މިސްޓޭކްތައް ހެދުން ކަމަށެވެ. އަދި ޓީމު ކުރިއަށް ޖައްސަން ތިބި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެއް ކަން ސުޕުން ވަނީ ފާހަގަކޮށްފަ އެވެ.

"އެންމެ ބޭސިކް ޕާސް ނުދެވޭ، ބޭސިކް ޑިފެންސެއް ނުކުރެވޭ. އެވަރަށް ބަދަލުތައް ގެނެސް އެކުދިން ގޭމުގެ ތެރެއަށް ގެނެވޭތޯ ވެސް ބެލިން. އެކަމަކު، ހަމަ ނުވި އެ ކަމެއް. ބައެއް ކުދިން ތިބީ ހުން ވެސް އައިސްފައި. އެކަމަކު ވެސް މިއީ ބަހަނާ ދައްކަންވީ ވަގުތެއް ނޫން. ބައިވަރު ކަންކަން ގޯސްވެގެން މި ނަތީޖާ މިގޮތަށް އައީ. އަހަރެން ކޯޗެއްގެ ގޮތުގައި ހުރީމަ އަހަރެން ހުރިހާ ޒިންމާއެއް ނަގަން ހަމަ،" ސުޕުން ބުންޏެވެ.

ލަންކާއާ ދެކޮޅަށް ރޭ ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުބާރާތަށް ތައްޔާރުވުމަށް ޔޫތު މިނިސްޓްރީ އާއި އެސޯސިއޭޝަނުން ލިބުނު އެއްބާރުލުން ސުޕުން ފާހަގަކުރި އެވެ. ތަމްރީން ދަތުރުތަކާއި އެހެން ހުރިހާ ކަމެއްވެސް ޓީމުން އެދުނު ގޮތަކަށް އެސޯސިއޭޝަނުން ހަމަޖައްސައިދީފައިވާއިރު، ރަނގަޅު ތައްޔާރީތަކަކަށް ފަހު އެންމެ ކުޑަމިނުން ރިހި މެޑަލް ނުލިބުމަކީ ބޮޑު ނާކާމިޔާބީއެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވަރަށް ބޮޑަށް ފާހަގަކުރަން އެޑަމް (އެމްބީއޭގެ ރައީސް)ގެ މަސައްކަތް. ޓީމުން އެދިއްޖެކަމެއް ވަގުތުން ހަމަޖައްސާދިން. ހުރިހާ ކަމެއް ފުރިހަމަކޮށްދިން. ވަރަށް ދެރަވެއްޖެ މި ރަން މެޑަލް ހޯދައިނުދެވުނީމަ." ސުޕުން ބުންޏެވެ.

ގައުމީ ޓީމާ އެކު އެތައް ތަޖުރިބާތަކެއްކޮށް ވިއްސަކަށް އަހަރު ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ހިދުމަތްކުރުމަށް ފަހު ސުޕުން ބޭނުންވަނީ މިއަދު ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗާ އެކު ކޯޗިންއާ ދުރަށް ޖެހިލާށެވެ.

ސުޕުން ބުނީ ބޫޓާން މެޗަކީ ރާއްޖޭގެ ގައުމީ ޓީމަކަށް އޭނާ އިރުޝާދުދޭނެ ފަހު މެޗު ކަމަށެވެ. އާ ކޯޗުން ތަކަކާ އެކު ރާއްޖޭގެ ބާސްކެޓު ކުރިއަށްދާތަން ދެކެން ބޭނުންވާ ކަމަށް ސުޕުން ވަނީ ބުނެފަ އެވެ.

"އަހަރެން ދެން ދުރަށް ޖެހިލާނީ. ބާސްކެޓް ޑިވެލޮޕްމަންޓުގައި އަދިވެސް އަހަރެންގެ އެހީތެރިކަން ބޭނުންވަންޏާ އަމިއްލަ ގޮތުން އެހީވާނަން ކުޅުންތެރިންނަށް ވެސް ކުލަބުތަކަށް ވެސް. ހަމަ ޔަގީނުން ވެސް ގައުމީ ޓީމަކުން ދެން ނުފެންނާނެ." ސުޕުން ބުންޏެވެ.

އިންޓަވިއު ނިންމާލުމުގެ ކުރިން ސުޕުން ފާހަގަކުރީ ގައުމީ ޓީމުގެ މުސްތަގްބަލަށް އޭނާ ކުރާ އުއްމީދުގެ ވާހަކަ އެވެ. މިވަގުތު ގައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާ އެކު އަންހެން ބާސްކެޓްބޯޅައިން ރަނގަޅު ކާމިޔާބީތަކެއް ކުރިއަށް އޮތް ތާނގައި ހޯދޭނެ ކަމަށް ސުޕުން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox