ލަންކާ މެޗަކީ ރާއްޖެ އަށް ބޮޑު ޗެލެންޖް

Sep 28, 2022, 5:53 AM
ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ރިޝްމާ ފްރީ ތުރޯ އެއް އެއްލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ރިޝްމާ ފްރީ ތުރޯ އެއް އެއްލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖޭން އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަކީ މި ފަހަރުގެ މުބާރާތުގައި ރާއްޖެ އަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖް ކަމަށް ރާއްޖޭގެ ކޯޗު ސުޕުން ވިމާލް ވެސް ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވިިއިރު، އެ މެޗަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ސުޕުން ބުނީ މުބާރާތުގެ ކުރިން ފުރަތަމަ ހުރިހާ ތައްޔާރީއެއްވީ ނޭޕާލާ ދެކޮޅަށް ކުޅެން ކަމަށެވެ. އެހެންވެ، ސިކުނޑީގައި ބެހެއްޓީ ހަމައެކަނި ނޭޕާލް ބަލިކުރަން ކުރަން ޖެހޭ މަސައްކަތްތަކުގެ ކަންކަން ކަމަށް ވެސް ސުޕުން ފާހަގަކުރި އެވެ.

އެކަމަކު، ނޭޕާލް މެޗު ނިމުމާ އެކު ދެން ސަމާލުކަން ހުއްޓޭނީ މުބާރާތުގައ ރާއްޖެ އަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަށް ކަމަށް ސުޕުން ބުންޏެވެ.

"އަހަރެމެން މި މެޗަށް (ނޭޕާލް މެޗަށް) ވުރެ ރަނގަޅަށް ކުޅެން ޖެހޭނެ ލަންކާ މެޗު، އެ ވާނެ ވަރަށް ތަފާތު މެޗަކަށް. އެއީ ޗެލެންޖިން މެޗަކަށްވާނެ،" ސުޕުން ބުންޏެވެ.

ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ ކޯޗު ސުޕުން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސުޕުން ވަނީ ރާއްޖޭގެ ފިރިހެން ގައުމީ ޓީމާއި އަންހެން ގައުމީ ޓީމުގައި ހުރެ ވެސް އޭނާގެ އުފަން ގައުމު ލަންކާ ބަލިކޮށްފަ އެވެ. އެ ގޮތުން 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސާބާ މުބާރާތުގައި ގައުމީ ފިރިހެން ޓީމުން ލަންކާ ބަލިކުރި އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު ސުޕުން ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ހުރެ، ސައުތު އޭޝިއަން ގޭމްސްގައި ވަނީ ލަންކާ ކަޓުވާލައިފަ އެވެ.

މި ފަހަރު ސުޕުން އަށް އޮތް ޗެލެންޖަކީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލަންކާ ބަލިކުރުމެވެ. ސުޕުން ދެކޭ ގޮތުގައި ނޭޕާލް ޓީމަށް ވުރެ ލަންކާ ތަފާތީ ތަޖުރިބާގެ ބޭނުންކޮށްގެން އެ މީހުން ކުޅޭ "ފިޒިކަލް ސްޓައިލު"ގެ ކުޅުމެވެ.

އެކަމަކު، ރާއްޖޭން މިހާރު ކުރިއަށްދާ ސާބާ ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވެފައި އޮތް ގޮތަށް ބަލާއިރު، ޓީމާ މެދު އިތުބާރު އެބައޮތް ކަމަށް ސުޕުން ވަނީ ބުނެފަ އެވެ. އެ ގޮތުން، މުބާރާތުގެ ކުރިން އިންޑިއާ އާއި ތައިލެންޑްގައި ޓްރެއިނިން ކޭމްޕް ޖެހިއިރު، ޓީމުގެ ފަރާތުން ފެނުނު ކަންކަމަކީ މުބާރާތުގައި ކާމިޔާބެއް ހޯދަން އޮތް އެންމެ ބޮޑު ހިތްވަރުގެ ގޮތުގައި ސުޕުން ފާހަގަކުރި އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ފަހު ވަގުތު ތަފާތު ދައްކައި، ނޭޕާލް އަތުން 51-47 އިން މޮޅުވެފައިވުމަކީ ޓީމާ މެދު ސަޕޯޓަރުންގެ އިތުބާރު ވެސް ބޮޑުވެފައިވާ އެންމެ ބޮޑު ސަަބަބެވެ.

ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ލަންކާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖެ އާއި ލަންކާ ޓީމު ފެންނަނީ ހަމަހަމަކޮށް: ކޯޗު

ލަންކާ އިން ވަނީ 2016 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސާބާ ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އެ ފަހަރު ރާއްޖޭގެ މައްޗަށް ލަންކާ ކުރިހޯދީ 105-39 އިންނެވެ. ރާއްޖޭން ވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ލަންކާ އަތުން 64-69 އިން މޮޅުވެފަ އެވެ.

މި ފަހަރުގެ ސާބާ މުބާރާތުގައި ލަންކާ އިން ފުރަތަމަ މެޗު ވަނީ 98-33 އިން މޮޅުވެފަ އެވެ. އެކަމަކު، ލަންކާ ރޭ ކުޅުނު މެޗުން ވަނީ ނޭޕާލް އަތުން 55-49 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު ލަންކާގެ ކޯޗު ލިޔާނަގޭ ޕްރަސަންނަ ބުނީ ނޭޕާލް އަތުން ބަލިވި ސަބަބަކީ މެޗުގެ ފެށުން ގޯސްކޮށް ދިއުން ކަމަށެވެ.

"ލަންކާ ޓީމުގައި އެބަތިބި ހަ ވަރަކަށް އާ ކުޅުންތެރިން. މެޗުގެ ފުރަތަމަ ކުއާޓަރުގައި ރަނގަޅަށް ތުރީ ޕޮއިންޓް ސްކޯކޮށް ނޭޕާލުން އަށް ވަރަކަށް ޕޮއިންޓުގެ ލީޑެއް ނެގީމަ ދެން ކުޅުންތެރިންނަށް ޕްރެޝަރު ނަގައިގެން ފަހަތުން އަރައި މޮޅުވެވޭ ވަރަށް މަސައްކަތް ނުކުރެވުނީ،" ޕްރަސަންނާ ބުންޏެވެ.

ލަންކާ އިން ޖެހިޖެހިގެން ތިން ދުވަހު މެޗު ކުޅެން ޖެހުމަކީ ޑިސެޑްވާންޓޭޖެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށާއި އެކަމަކު، ނޭޕާލާ ދެކޮޅަށް ލަންކާ އަށް ދިމާވި ގޮތުން ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް އާ ހިތްވަރަކާ އެކު ލަންކާ ޓީމުން މަސައްކަތް ކުރާނެ ކަމަށް ޕްރަސަންނާ ގަބޫލުކުރެ އެވެ.

ރާއްޖޭގެ ކޯޗަކަށް ސްރީ ލަންކާގެ ސުޕުން ހުރުމާއި ރާއްޖޭން ކުޅޭ ސްޓައިލަށް ބަލާއިރު، ފެންނަނީ ލަންކާ ޓީމާ އެއް ކަހަލަ ގޮތްތަކެއް ކަމަށް ޕްރަސަންނާ ވަނީ ބުނެފަ އެވެ.

"ދެ ޓީމުގެ ސްޓައިލުގައި ވެސް މި ހުންނަނީ އެއް ކަހަލަ ކަންތައްތަކެއް، އަހަންނަށް މި ވަގުތުގެ ހާލަތަށް ބަލާއިރު ދެ ޓީމު ފެންނަނީ ވެސް ހަމަަަހަމަކޮށް. މިއީ ރަނގަޅު މެޗަކަށްވާނެ،" ޕްރަސަންނާ ބުންޏެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު 15:30 ގައި ނޭޕާލުން ކުޅޭނީ ބޫޓާނާ އެވެ. މިރޭ 20:30 ގައި ކުޅޭ މެޗުގައި ރާއްޖޭން ބައްދަލުކުރާނީ ސްރީ ލަންކާއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox