އާމިން، ޖޫނިއާ ރޭންކިންގައި ދުނިޔޭގެ ތިން ވަނައިގައި

Sep 21, 2022, 8:33 AM
އާމިން، ޖޫނިއާ ރޭންކިންގައި ދުނިޔޭގެ ތިން ވަނައިގައި

ރާއްޖޭގެ ހުނަރުވެރި ޒުވާން ބޮޑީބޯޑަރު، އާމިން އުމަރު މޫސާ، އެންމެ ފަހުން ނެރުނު ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މިއީ ރާއްޖޭގެ ބޮޑީބޯޑަރަކު ދުނިޔޭގެ ރޭންކިންގައި މިހާ ކުރިއަށް ޖެހިލި ފުރަތަމަ ފަަހަރެވެ. މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް ހާއްސަ ކާމިޔާބެކެވެ.

ކްލަބް ވެލެންސިއާގެ ފުޓްބޯޅަ ޓީމަށް ވެސް ކުޅޭ އާމިން އަށް ބޮޑީބޯޑިންގެ ޖޫނިއާ ވޯލްޑް ރޭންކިންގައި މި ވަރުގެ ބޮޑު ކުރިއެރުމެއް ލިބިފައިމިވަނީ މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ފައިނަލުގައި ވާދަކޮށްފައިވާތީ އެވެ.

މޯލްޑިވްސް ޕްރޯގެ އެ ކާމިޔާބީއާ އެކު އާމިން ވެފައިވަނީ ދުނިޔޭގެ ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ ފައިނަލެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި އެތުލީޓަށެވެ. އެއީ، ދުނިޔޭގެ ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގައި ދިވެހި ޒުވާން އެތުލީޓުންނަށް ވާދަކުރެވޭނެ ކަން ހާމަކޮށްދީ އުއްމީދު ހޯދައިދިން އެތުލީޓެވެ.

އިއްޔެ އާންމުކުރި ރޭންކިންގައި ޖޫނިއާ ލެވެލްގައި ދުނިޔޭގެ އެއް ވަނައިގައި 2000 ޕޮއިންޓާ އެކު ފަސް ބޮޑީބޯޑަރަކު އޮތެވެ. އެއީ ޕޯޗުގަލްގެ ޖޮއެލް ރޮޑްރިގޭސް، ސްޕެއިންގެ ގަބްރިއެލް މޮލީނާ އާއި ޖޯޖް ހެނާންޑޭޒް، ޕެރޫގެ މައިކޯލް ޔަންސޭ އަދި ބްރެޒިލްގެ ޕައޮލޯ ގަލާޓީ އެވެ. މޮލީނާ އަކީ މޯލްޑިވްސް ޕްރޯގައި އާމިންއާ ފައިނަލުގައި ވާދަކުރި ބޮޑީބޯޑަރެވެ.

ރޭންކިންގައި ދެން އޮތީ ތިން ވަނަ އަށް ރޭންކް ކޮށްފައިވާ ފަސް ބޮޑީބޯޑަރުންނެވެ. އާމިން ހިމެނޭ ގޮތަށް އެ ބޮޑީބޯޑަރުން ސްކޯކޮށްފައިވަނީ 1720 ޕޮއިންޓެވެ. ދެން ހިމެނޭ ބޮޑީބޯޑަރުންނަކީ ޕެރޫގެ ނިކޮލަސް އެސްޕިނޯޒާ އާއި ފަބިއޯ ސާވެދްރާ، ބްރެޒިލްގެ ގިލެރްމޭ މޮންޓަނެގްރޯ އަދި ހޯސޭ އޮގަސްޓޯ އެވެ.

ޖޫނިއާ ރޭންކިން މި އަހަރަށް ފައިނަލް ވާނީ އަންނަ މަހު ބާއްވާ އައިބީސީ އިވެންޓަށް ފަހު އެވެ. އެއީ އޮކްޓޫބަރު 15-30 އަށް ކެނަރީ އައިލެންޑްގެ ފްރޮންޓޮން ކިންގްގަ އެވެ.

ފްރޮންޓޮން ކިންގައި މި އަަހަރުގެ ދުނިޔޭގެ ޖޫނިޔާ ވޯލްޑް ޗެމްޕިއަން ކަނޑައަޅާނެ އެވެ. އެ މުބާރާތުގެ ޖޫނިއާ ބައިގައި ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދައިފިނަމަ އާމިން އަށް ދުނިޔޭގެ ރޭންކިންގައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އާމިން އަށް ފްރޮންޓޮން ކިންގް މުބާރާތުގައި ވާދަކުރެވޭތޯ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox