ހެންޑަަސަން ތިން ހަފްތާ އަށް ކުޅުމާ ދުރަށް

Sep 6, 2022, 3:13 AM
ހެންޑަަސަން ތިން ހަފްތާ އަށް ކުޅުމާ ދުރަށް

ލިވަޕޫލް (ސެޕްޓެމްބަރު 6) - ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ތިން ހަފްތާއެއްހާ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

މިިދިޔަ ބުދަ ދުވަހުގެރޭ ލިވަޕޫލުން ފަހު ވަގުތު ނިއުކާސަލް ޔުނައިޓެޑް ބަލިކުރި މެޗުގެ ދެ ވަނަ ހާފުގައި ހެންޑަސަން ފަޔަށް އަނިޔާވެގެން ބަދަލުކުރި އެވެ. އަނިޔާގެ ތަފްސީލް ދެނެގަންނަން ޓެސްޓްތަކެއް ހެދިއިރު، އެ މުއްދަތުގައި އޭނާ އަށް ވަނީ މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލުން ލަނޑެއް ނުޖެހި އެވަޓަންއާ އެއްވަރުވި މެޗު ގެއްލިފަ އެވެ.

ހެންޑަސަން، 32، ގެ އަނިޔާއާ ބެހޭ ތަފްސީލް ރިޕޯޓް ލިބިފައިވާއިރު، އޭގައިވާ ގޮތުން އޭނާ ތިން ހަފްތާއެއްހާ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. މާނަ އަކީ ލިވަޕޫލުން ދެން އެންމެ އަވަހަށް ކުޅޭ ހަތަރު މެޗު ހެންޑަސަން އަށް ގެއްލުމުގެ ފުރުސަތު އޮތުމެވެ.

ލިވަޕޫލަށް ދެން އޮތް މެޗުތަކަކީ މާދަމާރޭ ޗެމްޕިއަންސް ލީގުގައި ރަށުންބޭރު ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗާއި އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް، ޗެމްޕިއަންސް ލީގުގައި އަޔަކްސް، އަދި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ރަށުންބޭރުގައި ކުޅެން ޖެހޭ މެޗެވެ. އެކަމަކު، ލިވަޕޫލުން ހެންޑަސަން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަނީ މި މަހު 18 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ސީޒަންގެ ކުރީކޮޅުގައި ލިވަޕޫލަށް އަނިޔާގެ މައްސަލަތައް ބޮޑަށް ދިމާވެފައިވަނީ މިޑްފީލްޑަރުންނަށެވެ. އެ ގޮތުން ލީގުގެ ފުރަތަމަ މެޗުގައި ތިއާގޯ އަލްކަންޓާރާ އަށް އަނިޔާވިއިރު، އޭނާ މިހާރު ވަނީ އަނިޔާއިން ރިކަވާވެގެން ޓީމުގެ ފަރިތަކުރުންތަކާ ގުޅިފަ އެވެ.

ފިޓްކޮށް މެޗު ކުޅެވޭ ހާލަތުގައި ތިބި މިޑްފީލްޑަރުން މަދުވުމުން، ލިވަޕޫލުން ވަނީ ޓްރާންސްފާގެ ފަހު ދުވަހުގައި ލޯން އެއްބަސްވުމެއްގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯ ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox