16 އަހަރު ފަހުން ސުއަރޭޒް އެންމެ ފުރަތަަމަ ކުޅުނު ކްލަބަށް

Jul 27, 2022, 1:41 AM
16 އަހަރު ފަހުން ސުއަރޭޒް އެންމެ ފުރަތަަމަ ކުޅުނު ކްލަބަށް

މޮންޓެވީޑޯ، އުރުގުއޭ (ޖުލައި 27) - އުރުގުއޭ ގައުމީ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް، އޭނާގެ ސީނިއާ ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު ކްލަބު ނަސިއޮނާލް އަށް ބަދަލުވާން ނިންމައިފި އެވެ.

ސުއަރޭޒް، 35، މިދިޔަ ސީޒަނަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލައި، އާ ކްލަބެއް ހޯދުމުގެ މަސައްކަތް ފެށިއިރު، އޭޝިއާގެ ވަރުގަދަ ލީގުތަކާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި އިޓަލީގެ ބައެއް ކްލަބްތަކުގެ ރަނގަޅު ހުށަހެޅުން ލިބުނެވެ. އެކަމަކު، އެންމެ ފަހުން ސުއަރޭޒް ނިންމާފައި މި ވަނީ މީގެ 16 އަހަރު ކުރިން އޭނާ އެންމެ ފުރަތަމަ ކުޅުނު ޓީމު ނަސިއޮނާލްއާ ގުޅުމަށެވެ.

ގަތަރު ވޯލްޑް ކަޕް ފަށަން ތިން މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް ސުއަރޭޒް، ނަސިއޮނާލަށް ބަދަލުވާން އެއްބަސްވީ އޭނާގެ ކެރިއަރުގައި ކުޅޭ ހަތަރު ވަނަ ފީފާ ވޯލްޑް ކަޕްގެ ކުރިން އަމިއްލަ ގައުމުގައި ކުޅެލަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާށެވެ.

ސުއަރޭޒް، ސީނިއާ ކެރިއަރުގެ ފުރަތަމަ މެޗު ނަސިއޮނާލަށް ކުޅެދިނީ 2005 ވަނަ އަހަރުގެ މެއި މަހު އޭނާގެ އުމުރުން 18 އަހަރުގަ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ: ސުއަރޭޒް ވަނީ އެތުލެޓިކޯ އަށް 83 މެޗުން 34 ގޯލު ޖަހައިދީފައި.

އެއް ސީޒަން ނަސިއޮނާލަށް ކުޅެދީފައި ސުއަރޭޒް ދެން ބަދަލުވީ 2007 ވަނަ އަހަރު ނެދަލެންޑްސްގެ ގްރޮނިންގެން އަށެވެ.

ސުއަރޭޒް އަލުން ނަސިއޮނާލާ ގުޅެން ނިންމިއިރު، އަދި ރަސްމީކޮށް ހުރިހާ ކަމެއް އެއްކޮށް ނުނިމެ އެވެ. އެކަމަކު، ސުއަރޭޒް ބުނީ ނަސިއޮނާލަށް އަލުން އެނބުރި އަންނަން ލިބުނު ފުރުސަތަކީ "ދޫކޮށްނުލެވޭނެ ވަރުގެ" ފުރުސަތެއް ކަމަށެވެ.

ނަސިއޮނާލް ދޫކޮށް، 2007 ވަނަ އަހަރު ސުއަރޭޒް އަޔަކްސް އަށް ބަދަލުވެ، އެ ޓީމުގައި ވިދާލުމުން، 2011 ވަނަ އަހަރު ލިވަޕޫލުން އޭނާގެ ސޮއި ހޯދި އެެވެ. އެ ޓީމާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކައި، ދުނިޔޭގެ ސަމާލުކަން ހޯދި ސުއަރޭޒް، 2014 ވަަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި އެވެ. އެ ޓީމަށް ކުޅެމުން ކެރިއަރު އެއް ހަރުފަތް މައްޗަށް ޖައްސާލި ސުއަރޭޒް ވަނީ އެ ކްލަބަށް 2020 ވަނަ އަހަރާ ހަމައަށް ކުޅެދީ ކާމިޔާބު ވެސް ހޯދައިފަ އެވެ.

ބާސެލޯނާ އަށް ފަހުން ދެން މިދިޔަ ދެ އަަހަރު ސުއަރޭޒް ފެނުނީ އެތުލެޓިކޯ ޓީމުންނެވެ. އެތުލެޓިކޯގައި ވެސް ސުއަރޭޒް ވަނީ ފުރަތަމަ ސީޒަނުގައި މޮޅަށް ކުޅެފަ އެވެ. ފަހު އަހަރު އަނިޔާއާ ހެދި ފޯމަށް އަސަރުކުރީ އެވެ.

ސުއަރޭޒް ވަނީ އުރުގުއޭ ގައުމީ ޓީމަށް 132 މެޗުން 68 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ އުރުގުއޭ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox