އެޗްޑީސީގެ މުވައްޒަފުން އީދު ހޭދަކުރީ ކުޑަގިރީގައި!

Jul 13, 2022, 1:31 PM
ޕިކްނިކް އައިލެންޑް ނިންމުމަށް އެޗްޑީސީގެ މުވައްޒަފުން އަންނަނީ އެ ރަށުގައި އީދު ހޭދަކުރަމުން  ފޮޓޯ/ އެޗްޑީސީ

ޕިކްނިކް އައިލެންޑް ނިންމުމަށް އެޗްޑީސީގެ މުވައްޒަފުން އަންނަނީ އެ ރަށުގައި އީދު ހޭދަކުރަމުން ފޮޓޯ/ އެޗްޑީސީ

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ހިތްގައިމު ޕިކްނިކް އައިލެންޑެއް ވީހާ އަވަހަކަށް ހޯދައިދިނުމުގެ ބޭނުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނާއި އިސް ބޭފުޅުން މި އީދު ހޭދަކުރަމުން އަންނަނީ ކުޑަގިރި ޕިކްނިކް އައިލެންޑުގަ އެވެ.

އެޗްޑީސީ އިން މާސްޓާ ޕްލޭން ތައްޔާރުކޮށް، ކުޑަގިރީގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ގޮތަށް ޖުލައި 26 އަށް ނިންމާ ދަތުރު ދެވެން ފަށާނެ ކަމަށް މީގެ ކުރިން އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި އީދު ބަންދުގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ އެތަނުގައި ވަސީލަތް ގާއިމްކުރުމާއި ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އަމާޒަކީ ވީހާވެސް އަވަހަށް އެތަން އެކަށޭނަ، ހިތްގައިމު ތަނެއްގެ ގޮތުގައި ނިންމައިދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement

މީގެ ކުރިން ވެސް އެޗްޑީސީން އިސްނަގައިގެން ކުޑަގިރި ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ހަރަކާތުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި މަހުގެ ތެރޭގައި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރުވަމުން އަންނައިރު، ޕިކްނިކް އައިލެންޑަކުން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް އެ ރަށުން ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.

ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox