ރާއްޖެއާ މެދު ނުރުހުން ފާޅުކޮށް ލަންކާގައި މުޒާހަރާ ކުރަނީ

ރާއްޖެއާމެދު މުޒާހަރާގެ ބައިވެރިން ނުރުހުމުގެ ބަސްތައް އަމާޒުކުރަމުންދާއިރު ގޮތަބަޔާ ރާއްޖެ އެތެރެވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އޭއެފްޕީ

ރާއްޖެއާމެދު މުޒާހަރާގެ ބައިވެރިން ނުރުހުމުގެ ބަސްތައް އަމާޒުކުރަމުންދާއިރު ގޮތަބަޔާ ރާއްޖެ އެތެރެވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގެ ރައީސް ގޮތަބަަޔާ ރާޖަޕަކްސަ ރޭ ދަންވަރުގެ ވަގުތެއްގައި އެ ގައުމުން ފިއްލަވައި، ދިވެހިރާއްޖެއަށް ވަޑައިގެންފައިވާތީ, އެ ގައުމުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ތިން ދުވަސް ކުރިން އެމަނިކުފާނު އިއުލާން ކުރައްވާފައި އޮއްވަ އެވެ. ނަމަވެސް, އޭނާ މިއަދު އިސްތިއުފާ ދެއްވާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ލަންކާގެ ރިޔާސީ ގަނޑުވަރު ކައިރީގައި މުޒާހަރާ ފަށާފައިވާއިރު, މުޒާހަރާގެ ބައިވެރިން ގެންދަނީ ގޮތަބަޔާ ރާއްޖޭން ހިމާޔަތް ދިނުމުން އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި, ގޮތަބަޔާ ވީއެންމެ އަވަހަކަށް ރާއްޖެ އަނބުރާ ފޮނުވާލުމަށް ވެސް މުޒާހަރާގައި ދަނީ ގޮވަމުންނެވެ.

Advertisement

ރާއްޖެއާމެދު މުޒާހަރާގެ ބައިވެރިން ނުރުހުމުގެ ބަސްތައް އަމާޒުކުރަމުންދާއިރު ގޮތަބަޔާ ރާއްޖެ އެތެރެވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެނގިފައިވާ ގޮތުގައި, ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ, ލަންކާގެ ބޮޑުވަޒީރު ރަނިލް މެދުވެރިކޮށް ރާއްޖެ އެތެރެވެވޭނެކަން ނަޝީދުގެ ފަރާތުން ޔަގީންކުރެއްވުމަށްފަހު އެވެ.

ގޮތަބަޔާއަށް މަރުހަބާ ދެންނެވުމަށް ނަޝީދު އެއާޕޯޓަށް ވެސް ވަޑައިގެންނެވި އެވެ. މިކަމުގައި އެމަނިކުފާނަށް އެތައް ފާޑުކިޔުމެއް އަމާޒުވެފައިވާއިރު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް, މަޖިލީހުން ބުނީ އެކަމަކީ އެ އިދާރާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި, ގޮތަބަޔާ މިހާރު ހުންނެވީ ހުޅުލެ އައިލެންޑް ހޮޓެލްގަ އެވެ. މިއަދުގެ ވަގުތެއްގައި ދުބާއީ ނުވަތަ ސިންގަޕޫރަށް ގޮތަބަޔާ ވަޑައިގަންނަވަން ތައްޔާރުވަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ގޮތަބަޔާއަށް ރާއްޖެ ވަޑައިގެންނެވުނީ އިމިގްރޭޝަންގެ އޮފިޝަލުން އެކަމާ ދެކޮޅު ހެދުމުން، ފުރަން މަސައްކަތް ކުރާތާ 24 ގަޑިއިރު ވެއެތުވި ފަހުން ކަމަށް އޭއެފްޕީން ބުނެ އެވެ. ގޮތަބަޔާއާއެކު އޭނާގެ އަނބިމީހާ އާއި ބޮޑީގާޑާއެކު ޖުމްލަ ހަތަރު މީހަކު ވަޑައިގެންނެވި ކަމަށްވެ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން ފުރަތަމަ އުޅުއްވީ އަވައްޓެރި އިންޑިއާއަށް ވަޑައިގަންނަވަން ކަމަށް އޭއެފްޕީން ބުނެ އެވެ. ރާއްޖެ ވަޑައިގެންނެވީ މިލިޓަރީ ބޯޓެއް އިންޑިއާގައި ޖެއްސުމުގެ ހުއްދަ ވަގުތުން ނުލިބުމުން ކަމަށްވެ އެވެ.

ގޮތަބަޔާ އެންމެ ފުރަތަމަ ވަޑައިގަންނަވަން ބޭނުންވެވަޑައިގެންނެވީ ޑުބާއީއަށް ކަމަށްވެ އެވެ. ނަމަވެސް ވީއައިޕީން ފުރަން ހުއްދަ ނުދީ، އާންމުންނާއެކު ވަޑައިގަންނަވަންޖެހޭނެކަން އެނގިވަޑައިގަތުމުން މަޑުކުރެއްވީ ކަމަށްވެ އެވެ. އެގޮތަށް މަޑުކުރެއްވުމުގެ ސަބަބުން ޑުބާއީއަށް ފުރި ހަތަރު ފްލައިޓު އެމަނިކުފާނަށް ނޭރުނު ކަމަށްވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްރީ ލަންކާގެ އާންމުންގެ ވަރަށް ގިނަ ބަޔަކު އެއްވެ ގޮތަބަޔާގެ ގެކޮޅަށް ހިސޯރު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ ވަނީ އާއިލާއާއެކު ފިއްލަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox