އީސްޓާ ހަމަލާގެ ތަހުގީގަށް ކުރީގެ ރައީސް ގޮޓާބަޔާ ފުރުން މަނާކޮށްފި

Jun 3, 2026, 2:11 PM
ލަންކާގެ ކުރީގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ.

ލަންކާގެ ކުރީގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ.

ނަސާރާ ދީނުގެ މީހުން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގާ ގުޅިގެން، ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ އާއި އަސްކަރީ ދެ އޮފިސަރަކު ގައުމުން ފުރުން މަނާކޮށްފި އެވެ. 

މިއަދު އެ އަމުރު ނެރުނީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ކޯޓުގެ މެޖިސްޓްރޭޓް ޕަސަން އަމަރަސޭނާ ވަނީ، ފުރުން މަނާކުރުމުގެ އަމުރު ވަގުތުން ތަންފީޒު ކުރުމަށްޓަކައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ފޮނުވުމަށް ކޯޓުގެ ރެޖިސްޓްރާ އަށް އަންގަވާފަ އެވެ.

އީސްޓާ ބޮމުގެ ހަމަލާގެ ތަހުގީގުގެ ފަސް މަންޒަރު

އެންތަނީސް ޗާޗު ގޮއްވާލުމުން ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 115 މީހަކު މަރުވި. އަދި އެ ހަމަލާއަށްފަހު، ވިދިވިދިގެން ނެގަމްބޯ އާއި ބަޓިކުއޯލާ ގެ ދެ ފައްޅިއެއް އަދި ކޮޅުނބުގެ ތިން ހޮޓަލެއް ގޮއްވާލައި 259 މީހުން މަރާލައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި.

މި އަމުރުތައް ނެރެފައިވަނީ ދައުލަތުގެ ޖާސޫސީ އިދާރާ، ސްޓޭޓް އިންޓެލިޖެންސް ސާވިސްގެ ކުރީގެ ޑިރެކްޓަރު، ރިޓަޔާޑް މޭޖާ ޖެނެރަލް ސުރޭޝް ސައްލޭގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށެވެ. 

Advertisement

ސުރޭޝް ސައްލޭގެ މައްސަލަ ބަލަން ފެށީ ހަމަލާ ރާވަމުންދާކަމުގެ މައުލޫމާތު ޖާސޫސީ އިދާރާއަށް ލިބުނު ނަމަވެސް، އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހު މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރު ކުރި އެވެ. 

ޖާސޫސީ ވެރިޔާއަށް ތުހުމަތު ކުރެވޭތީ ލަންކާ އީސްޓާ ހަމަލާގެ އާ ތަހުގީގެއް

ލަންކާގެ ރައީސް އޮފީހުން ބުނީ ހުރިހާ ތުހުމަތުތަކެއް ބަލައި، ތަހުގީގުގެ ހޯދުންތައް މަޖިލީހަށް ހުށަހެޅުމަށް ފަހު އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށެވެ.

ސްރީލަންކާގެ ތިން ޑިސްޓްރިކްޓެއްގެ ޗާޗުތަކާއި ހޮޓާތަކަށް އަމާޒުކޮށް 2019 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކުގައި 269 މީހުން މަރުވި އެވެ. އެ ހަމަލާދިން އިރު، ލަންކާގެ ރައީސްއަކީ މައިތްރިޕާލާ ސިރިސޭނާ އެވެ. ގޮޓާބަޔާ ވެރިކަމަށް ވަޑައިގެންނެވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ. 

ގޮޓާބަޔާގެ ވެރިކަމުގައި ލަންކާގެ އިގުތިސާދު ވަރަށް ބޮޑަށް ގޯސްވެފައި އޮތް ދަނޑިވަޅެއްގައި މުޒާހަރާތައް ހޫނުވެ، 2022 ވަނަ އަހަރު ގައުމުން ފިއްލެވި އެވެ. ނަމަވެސް ވެރިކަން ވެއްޓުނު ފަހުން ހަމަ އެ އަހަރު ގައުމަށް އެނބުރި ވަޑައިގެންނެވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox