ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

May 17, 2022, 4:43 PM
ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވުމަށް، ރެޑްވޭވް މެގަ މޯލްގައި މިއަދު ކުރިއަށް ގެންދިޔަ ހަފުލާގެ ތެރެއިން. -- ފޮޓޯ: ރެޑްވޭވް

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވުމަށް، ރެޑްވޭވް މެގަ މޯލްގައި މިއަދު ކުރިއަށް ގެންދިޔަ ހަފުލާގެ ތެރެއިން. -- ފޮޓޯ: ރެޑްވޭވް

ރާއްޖޭގެ އެންމެ ބޮޑު ސުޕަމާކެޓް ޗެއިން، ރެޑްވޭވްގެ ރޯދަ ސޭލްގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ޖެނުއަރީ މަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެ ޕްރޮމޯޝަންގެ 11 ނަސީބު ވެރިޔަކަށް 200،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭއިރު، އެހެން ނަސީބުވެރިންނަށް އަގު ބޮޑެތި އިނާމުތައް ހުށަހަޅާފައިވެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުށަހެޅި 200،000 އަށް ވުރެ ގިނަ ކޫޕަން ކޮޅުގެ ތެރެއިން، 100،000ރ. ގެ ލިބިފައިވަނީ އިސްމާއިލް މުހައްމަދު (ކޫޕަން ނަންބަރު: 0188697) އަށެވެ. މީގެ އިތުރުން 10،000ރ. ލިބޭ 10 ނަސީބުވެރިން ހޮވި އެވެ.

Advertisement

އަގު ހުރި އިނާމު ލިބޭ ފަސް ނަސީބުވެރިޔަކު ވެސް ހޮވި އެވެ.

ޕްރޮމޯޝަންގައި ކޫޕަން ދޫކުރީ 500ރ އިން މަތީގެ ވިޔަފާރިއަށެވެ.

ރޯދަ ސޭލްގައި ވިޔަފާރިކޮށްގެން އިނާމު ލިބުނު ފަރާތްތަކުގެ އިތުރުން، ރޯދަ ސޭލްގެ މުއްދަތުގައި ރެޑްވޭވްގެ ފޭސްބުކްގައި ކުރިއަށް ގެންދިޔަ ލައިކް އަދި ޝެއާ ޕްރޮމޯޝަންގެ ޓޮޕް ފޭނުންނަށް ވެސް އިނާމު ދެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 200،000 އަށް ވުރެ ގިނަ ކޫޕަން ހުށަހަޅާފައިވޭ. -- ފޮޓޯ: ރެޑްވޭވް
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 200،000 އަށް ވުރެ ގިނަ ކޫޕަން ހުށަހަޅާފައިވޭ. -- ފޮޓޯ: ރެޑްވޭވް

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 200،000 އަށް ވުރެ ގިނަ ކޫޕަން ހުށަހަޅާފައިވޭ. -- ފޮޓޯ: ރެޑްވޭވް

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox