ކްރިކެޓް ކާނިވަލް: މީރާ އާއި ޕޮލިސް އަށް މޮޅެއް

Apr 17, 2022, 12:31 AM
ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު އޮފީސްތަކުގެ މުބާރާތުގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް

ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު އޮފީސްތަކުގެ މުބާރާތުގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ޕޮލިސް ކްލަބް މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ ފުރަތަމަ މެޗުގައި އެމްއެމްއޭއާ ބައްދަލުކޮށް ހަ ވިކެޓުން ކާމިޔާބުކުރީ މިރާގެ ޓީމެވެ. ދެ ވަނަ މެޗުގައި ރައީސް އޮފީސްގެ ޓީމާއި ވާދަކޮށް ޕޮލިސް ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.

ފުރަތަމަ މެޗް އެމްއެމްއޭ އަށް ޓޮސް ދިމާވުމުން ނިންމީ ބެޓްކުރާށެވެ. އެ ޓީމަށް އަށް އޯވަރުތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. އެމްއެމްއޭގެ އަބްދުﷲ ރަޝީދު އަބްދުﷲ ވަނީ ނުވަ ލަނޑުއެއްކޮށްފަ އެވެ. މީރާގެ ހުސެއިން އުސައިދު އާއި އަލީ މުއާޒް ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ. ޖަވާބުގައި މީރާ އިން ކުޅެންއަރައި ހަ ވަނަ އޯވަރުގައި 85 އެއްކޮށް މެޗު ކާމިޔާބުކުރި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 32 ލަނޑު ހެދި މުހަންމަދު ޖިނާހް އާއި 10 ބޯޅައިން 27 ލަނޑު ހެދި ކަމުރުލް އިސްލާމް އެވެ.

އިއްޔެގެ ދެ ވަނަ މެޗުގައި ޓޮސް ދިމާވުމުން ޕޮލިހުން ނިންމީ ފީލްޑް ކުރުމަށެވެ. ރައީސް އޮފީސް އިން ކުޅެން އަރައި އެއް ކުޅުންތެރިއަކު ނުބައިވެގެން 114 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 33 ލަނޑު ހެދި މުންސެދު މުހަންމަދު އާއި 20 ބޯޅައިން 31 ލަނޑު އެއްކުރި، ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ޖަވާބުގައި ކުޅެން އަރައި، ޕޮލިހުން ވަނީ 7 ވަނަ އޯވަރުގައި 115 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. ޕޮލިހުގެ މޫސާ ވަސީމް 13 ބޯޅައިން 31 ލަނޑު ހެދިއިރު، އެ ޓީމުގެ ފަރުޝާން މޫސާ ވަނީ 16 ބޯޅައިން 32 ލަނޑު އެއްކޮށްފަ އެވެ.

ސަރުކާރު އޮފީސްތަކުގެ މެދުގައި ކުޅެވޭ މުބާރާތް މި އަހަރު ރޭވިފައި އޮތީ ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ގޮތަށެވެ. އެއީ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ޓީމެއް ހޮވުމަށް ފަހު ފައިނަލް ކުޅޭ ގޮތަށެވެ. މި ޑިވިޝަނުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން، މީރާ، ދިވެހި ސިފައިންގެ ކްލަބް، ރައީސް އޮފީސް، ޕޮލިސް ކްލަބް، އެމްއެމްއޭ، މުލިއާގޭ ރިކްރިއޭޝަން ކްލަބް، ހަޔާ އެޑިއުކޭޝަން އަދި ޔޫތު މިނިސްޓްރީ އެވެ.

މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ފުރަަތަމަ މެޗުގައި ކްލަބް އިމިގްރޭޝަން ބައްދަލުކުރާނީ ހަޔަ އެޑިއުކޭޝަންއާ އެވެ. ދެ ވަނަ މެޗުގައި އެމްއާރްސީ ބައްދަލުކުރާނީ ޔޫތު މިނިސްޓްރީއާ އެވެ. މެޗުތައް ފަށާނީ 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox