ޕާކްވޮލީ: މޯލްޑިވްސް ވޮލީބޯލް ވެޓެރަންސާއި އާއި އަށް ދެ ވަނަ މޮޅު

Apr 14, 2022, 6:50 AM
ވޮލީބޯލް ވެޓެރަންސް އިން ރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވޮލީބޯލް ވެޓެރަންސް އިން ރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލެ ސިޓީ ކައުންސިލުން ބާއްވާ ފޯރިގަދަ ޕާކް ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޯލްޑިވްސް ވޮލީބޯލް ވެޓެރަންސްގެ ދެ ޓީމާއި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް (އާއި) އިން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރާ ވޮލީބޯލް ވެޓެރަންސް ޓީމުން ވަނީ އެ ޓީމު ވާދަކުރާ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން އަލްމާ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ރޭ ވޮލީބޯލް ވެޓެރަންސް އިން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސްގެ މައްޗަށް ކުރިހޯދީ 21-11، 21-09 އިންނެވެ. ވޮލީބޯލް ވެޓެރަންސްގެ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އަރީޝާ، ހައްވާ ސަހާ، އައިޝަތު މާޖިދާ، ފާތިމަތު މަޒިއްޔާ އަދި އައިޝަތު ހަސްނާ އެވެ.

ވޮލީބޯލް ވެޓެރަންސްގެ ފިރިހެން ޓީމުން ވަނީ ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ރޭ ވޮލީބޯލް ވެޓެރަންސް އިން ވަނީ ސްޕޯޓްސް ކްލަބް ސިޓީ ސީދާ ދެ ސެޓުން، 21-10، 21-11 އިން ބަލިކޮށްފަ އެވެ. ވޮލީބޯލް ވެޓަރަންސް ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު އަލީ (ޑެންޒޯ)، އަލީ ޝިމާލް، އިބްރާހިމް އާދިލް، މުމްތާޒް އަލީ (މުންތޭ) އަދި ހުސެއިން ހަމީދު އެވެ.

ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށް ރޭ ވޮލީބޯލް ވެޓެރަންސް ފިރިހެން ޓީމުން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން ޑިވިޝަނުގެ ގްރޫޕް ސީގެ މެޗުން އާއި މޮޅުވީ ޑީވީވީއޭ ސްޓާސް އަތުން ސީދާ ދެ ސެޓުންނެވެ. ސެޓުތައް ދިޔައީ 21-16، 21-19 އިންނެވެ. އާއި ޓީމުގައި ހިމެނެނީ ސޮފާ، ޒީނިޔާ، މުއީނާ، ރަފްހާ އަދި ޒަހާނާ އެވެ. އާއި ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 ސެޓުން ޕޮލިސް ކްލަބް ބީ ބަލިކޮށްފަ އެވެ.

އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ ގްރޫޕް ޑީގެ މެޗުން ކްލަބް ޔޫތު ސިޓީ ވަނީ 2-1 ސެޓުން ޕޮލިސް ކްލަބް ސީ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 21-18، 17-21 އަދި 15-09 އިންނެވެ. ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުން ޑީވީވީއޭ ބުލްސް 21-11، 21-13 އިން ޑީވީވީއޭ ސުޕަ ސްޓާސް ބަލިކޮށްފަ އެވެ. ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީގައި ޕޮލިސް ކްލަބް އޭ އިން ވަނީ 21-19، 21-09 އިން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް ޖޫނިއާ ބަލިކޮށްފަ އެވެ. އަދި ފިރިހެން ޑިވިޝަނުގެ ގްރޫޕް ސީގައި ވަނީ ގުޑީސް ސްޕޯޓްސް ކްލަބުން ވަނީ 21-16، 21-15 އިން ޑީވީވީއޭ ޝޫޓާސް ބަލިކޮށްފަ އެވެ. މިއީ ގުޑީސް ހޯދި ދެ ވަނަ މޮޅެވެ.

އަންހެން ޑިވިޝަނުގެ ގްރޫޕް ބީގައި ރޭ އެލްކިއު ސްޕޯޓްސް ކްލަބް އަތުން ދެ ސެޓު އެއް ސެޓުން މޮޅުވީ ޑީވީވީއޭ ނިއު ސްޓާސް އެވެ. ސެޓުތައް ދިޔައީ 21-10، 13-21 އަދި 21-15 އިންނެވެ. އަންހެން ޑިވިޝަނުގެ ގްރޫޕް ޑީގައި ޕޮލިސް ކްލަބް ސީ އިން ވަނީ 21-16، 21-15 އިން ވޮލީބޯލް އެކެޑަމީ ބަލިކޮށްފަ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ފިރިހެން ޑިވިޝަނުގެ ގްރޫޕް ޑީގެ މެޗެކެވެ. ކްލަބް ޔޫތު ސިޓީ ބައްދަލުކުރާނީ ޑީވީވީއޭ ސްކައިސްއާ އެެވެ. މިރޭ އެ ގްރޫޕްގައި ޑީވީވީއޭ ސުޕަސްޓާސް އާއި ޕޮލިސް ކްލަބް ސީ ބައްދަކުކުރާނެ އެވެ. ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގައި މިރޭ ކުޅޭނީ ކްލަބް ޓީނޭޖާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އެވެ. ގްރޫޕް ބީގައި އޮތީ ޕޮލިސް ކްލަބް އޭ އާއި ކްލަބް ވޮލީބޯލްގެ މެޗެވެ. އަދި ގްރޫޕް ސީގައި މިރޭ ކުޅޭނީ ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް އާއި ޑީވީވީއޭ ޝޫޓާސް އެެވެ.

އަންހެން ޑިވިޝަނުގައި ވެސް މިރޭ ހަތަރު މެޗެއް އޮންނާނެ އެވެ. ގްރޫޕް އޭގައި ކުޅޭނީ ސްޕޯޓްސް ކްލަބް ޖައިޝާ އާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އެވެ. ގްރޫޕް ބީގައި ޑީވީވީއޭ ކުއީންސް އެލްކިއު ސްޕޯޓްސް ކްލަބާ ކުޅޭނެ އެވެ. ގްރޫޕް ސީގައި ޕޮލިސް ކްލަބް ބީ އިން ނުކުންނާނީ ޑީވީވީއޭ ސްޓާސްއާ ދެކޮޅަށެވެ. އަދި ގްރޫޕް ޑީގައި ކްލަބް ވޮލީބޯލް އިން ޕޮލިސް ކްލަބް ސީއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox