ދަ ގްރާންޑޭ ބަލިކޮށް ޓީސީ ހަތަރު ވަނަ އަށް

Mar 14, 2022, 1:07 PM
ދަ ގްރާންޑޭ ބަލިކޮށް ޓީސީ ހަތަރު ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޖެހިޖެހިގެން ލީގުގައި ހޯދި ދެ ވަަނަ މޮޅާ އެކު ޓީސީ ހަތަރު ވަނަ އަށް އެރީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މިރޭ ކުޅޭ މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވެއްޖެނަމަ އެ ޓީމު އަލުން ހަތަރަކަށް އަރާނެ އެވެ. ޔުނައިޓެޑް ވިކްޓްރީ، މި ވަގުތު ފަސް ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ޓީސީން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، އެ ޓީމުން ވަނީ 12 ވަަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ދަ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމް ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި ޓީސީން ޖެހި ގޯލެކެވެ. ކީޕަރު ޝިހާމް އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދޭން އެއްލި ބޯޅަ ޓީސީގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ލިބުމުން އޭނާ ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އަށް އެއްވަރުކޮށްދޭން އެ ޓީމަށް ކުޅޭ ސްރީ ލަންކާ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޗަމޯދު ދިލްޝާން އާއި މުހައްމަދު އާކިބް ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އޭރިއާބޭރުން ޗަމޯދު ތިރިތިރިން ޖެހި ބޯޅަ ޓީސީ ގޯލުގައި ހުރި ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ހިލޭޖެހުމަކުން އާކިބް ޖެހި ބޯޅަ ވެސް ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެެވެ.

ޓީސީން ލީޑުފުޅާކުރި ގޯލު ޖެހީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު މުސްލިހު (މުއްޓި) އެވެ. ހިލޭޖެހުމަކުން މުއްޓި ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝިހާމް އަތުގައި ޖެހިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ދަ ގްރާންޑޭ އަށް ގޯލެއް ޖަހައިދޭން އެ ޓީމުގެ ޖަޕާން މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

ދަ ގްރާންޑޭ އިން ފުރުސަތު ނަގާލިތާ މާގިނައިރެއްނުވެ، ޓީސީން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު ވެސް ޖެހީ މުއްޓި އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު މުއްޓި ޖެހި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. އޭގެ ފަސް މިނިޓް ފަހުން ޓީސީގެ ހަތަރު ވަަނަ ގޯލު ޖެހީ މުހައްމަދު އަޖުފާން އެވެ. މުއްޓި ކޮންޓްރޯލް ކޮށްލި ބޯޅަ އަޖުފާން ވަނީ ތިރިިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފަހު މިނިޓްގައި ވެސް ދަ ގްރާންޑޭގެ ޔޫގޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ޔޫގޯ ޖެހި ބޯޅަ ބާރެއްނެތްއިރު، ކީޕަރު ސުޖަން ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ހެޓްރިކެއް ހަދަން މުއްޓި އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ސަސް ކުޅޭ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox