ވެލެންސިއާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް

Mar 13, 2022, 6:10 PM
އީގަލްސްގެ ފަވޭރޯ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ހިސާމްއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސްގެ ފަވޭރޯ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ހިސާމްއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ 1-0 އިން ބަލިކޮށް، ކްލަބް އީގަލްސް އިން ދެ ވަނަ އަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު ލީގުގެ ފުރަތަމަ ބުރު ނިމޭއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ އެއް ވަނަ ކަށަވަރުވެފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ތިން ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ.

ވެލެންސިއާ އިން މި މެޗުގައި ފުރަތަމަ އެގާރަ އަށް ގެނައި އެންމެ ބޮޑު ބަދަލަކީ ޓީމުގެ ގޯލްކީޕަރަކަށް ކުޅެމުން އައި މުހައްމަދު ފައިސަލްގެ ބަދަލުގައި ތޮލާލް ހަސަން (ޓޮޕްލަކް) ހިމެނުމެވެ. ފައިސަލް ނުކުޅެނީ އަމިއްލަ ސަބަބަކާ ހެދި އެވެ. އަނެއްކޮޅުން ޖަލުހުކުމެއް ތަންފީޒްކުރުމަށް ފަހު ދާދި ފަހުން ޓީމާ ގުޅުނު ވެލެންސިއާގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

އީގަލްސް އިން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ކުޅެ، ލީޑުނެގި އެވެ. މެޗުގެ 12 ވަނަ މިނިޓްގައި އީގަލްސް އިން ވެލެންސިއާ ގޯލު ހުޅުވީ އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ ޖެހި މޮޅު ގޯލުންނެވެ. އިމްރާން ނަޝީދު (އިންމަ) ދިން ބޯޅަ ފަވޭރޯ އޭރިއާބޭރުން ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ޓެކްނިކަލީ ޖެހުމަށް ބަލާއިރު، މޮޅު ގޯލެކެވެ.

މެޗުގައި އީގަލްސް އިން ލީޑުނެގުމާ އެކު ވެލެންސިއާ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ވެލެންސިއާގެ އެޓޭކަރުން ހުއްޓުވުމުގައި އީގަލްސްގެ ޑިފެންޑަރުން ފައުލުކުރާތީ ވެލެންސިއާ ބެންޗުން ދިޔައީ ނުރުހުންފާޅުކުރަމުންނެވެ.

ވެލެންސިއާގެ ސިއްޕޭ (ވ) ކައިރިން އީގަލްސްގެ ރިޒޭ ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މެޗުގެ 23 ވަނަ މިނިޓްގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހަކުން އަހުމަދު ރިޒްވާން (ރިޒޭ) ހުސްކޮށް ޖަހަން އެރި ނަމަވެސް ލިބޭގޮތެއްނުވި އެވެ. މެޗުގެ 36 ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުފުޅާކޮށްދޭން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު ޓޮޕްލަކް އަތުން ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ކައުންޓަ އެޓޭކުގައި ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދޭން ރަނުގެ ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ހުސްކޮށްލާފައި އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިން އަށް ދިނުމުން ފޮނުވާލި ބޯޅަ އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތާހާ ވަނީ ފައިން މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ދެ ވަނަ ހާފަށް ނުކުތީ ދެ ބަަދަލެއް ގެނެސްގެންނެވެ. އާދަމް އިސާމް (ސަން) އާއި ހުސެއިން ފައިސަލް (ފައިޓޯ)ގެ ބަދަލުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އަބްދުﷲ ޔާމީން (ޔާނު) ކުޅެން އަރުވައިގެންނެވެ. ބިޗަޑާއި ޔާނު ހުރީ އެއްކޮށް ފިޓްކޮށެއް ނޫނެވެ. ދެ ވަނަ ހާފް ފެށިގެން އަށް މިނިޓް ތެރޭ އީގަލްސްގެ އޭރިއާތެރެއިން ވެލެންސިއާގެ ހަލީލް ޖެހި ބޯޅަ އީގަލްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

އީގަލްސް އަށް ދެ ވަނަ ހާފުގައި ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ މިޑްފީލްޑަރު އަހުމަދު ހަސަން (އައްމަޑޭ) އޭރިއާތެރެއިން ޖެހި ބާރު ބޯޅަ ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު ވިއްސަކަށް މިނިޓްގެ ތެރޭގައި ރެފްރީ މުހައްމަދު ސާތިރުގެ ނިންމުންތަކާ މެދު ދެ ޓީމުގެ ކުޅުންތެރިންނާއި ބެންޗުން ދިޔައީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ވެލެންސިއާ އިން ވަނީ މެޗުގެ 75 ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ވެލެންސިއާގެ ހުސެއިން ހަނާން (ޖޯ) ގޯލު ކުރިމައްޗަށް ހުރަސްކުރަން ބޮލުން ޖައްސާލި ބޯޅައެއް އަޑުބަރޭ ވެއްޓިގެންފައި ފޮނުވާލުމުން ކީޕަރު ތާހާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އީގަލްސްގެ އަބްދުﷲ ޒިޔާން (ޖަންކީ) އެ ޓީމަށް ލަނޑެއް ޖަހައިދިނުމާ ގާތަށް ޖެހިލި އެވެ. ރިޒޭ ހުސްކޮށްލާފައި އަރިމަތިން ހަންނަ އަށް ދިނުމުން އޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޒިޔާން ފޮނުވާލި ނަމަވެސް ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ވެލެންސިއާ އަށް ލިބުނު ކޯނަރެއްގައި އަމްދާން އަލީ (އެންޑީ) ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އީގަލްސްގެ އިބްރާހިމް މައިސާން އާއި ވެލެންސިއާގެ ހަލީލްގެ ދެމެެދުގައި ހަމަނުޖެހުމެއް ހިނގިއިރު، އެ ވަގުތު ދެ ޓީމުގެ ކުޅުންތެރިން ބޮޑިވެގެން އުޅުނުއިރު، ވެލެންސިއާގެ ބޯހާސް އާއި އީގަލްސްގެ ފަވޭރޯގެ ދެމެދުގައި ވެސް އަރާރުމެއް ހިނގުމުން ރެފްރީ ސާތިރު ވަނީ އެ ދެ ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

ވެލެންސިއާ އިން މި މެޗުގައި ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ހުއްޓުވުމުގައި ކާމިޔާބު ހޯދަން ކީޕަރު ތާހާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭނާ އެވެ.

ލީގުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭއިރު، މާދަމާރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox