ބްރައިޓަން ބަލިކޮށް ލިވަޕޫލުން ސިޓީއާ ފަރަގުކުޑަކޮށްފި

Mar 12, 2022, 2:44 PM
ބްރައިޓަން ބަލިކޮށް ލިވަޕޫލުން ސިޓީއާ ފަރަގުކުޑަކޮށްފި

ބްރައިޓަން (މާޗް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން ދަނޑުގައި 2-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ތިން ޕޮއިންޓަށް ފަރަގުކުޑަކޮށްފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން ލިވަޕޫލުން ހޯދި މޮޅާ އެކު އެ ޓީމު ވަނީ 28 މެޗުން 66 ޕޮއިންޓް ހޯދައިފަ އެވެ. ލިވަޕޫލާއި ސިޓީ ހުރިހާ މެޗަކުން މޮޅުވަމުންދާނަމަ ލީގު ލިބޭ ޓީމެއް ކަނޑައެޅުމުގައި އެންމެ މުހިންމު ރޯލެއް ކުޅޭނީ މީގެ ހަތަރު ހަފްތާއެއްހާ ދުވަސް ފަހުން ސިޓީ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. މާދަމާރޭ ސިޓީން ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭނެ އެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ލީޑުނެގީ 19 ވަނަ މިނިޓްގައި ލުއިސް ޑިއާޒް ޖެހި ގޯލަކުންނެވެ. މިދިޔަ މަހު ޕްރިމިއާ ލީގުން ހޮވި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކެމަރޫންގެ ޑިފެންޑަރު ޖޮއެލް މަޓިޕް ދިން ބޯޅައަކުން ޑިއާޒް މި ގޯލު ޖެހީ ބޮލުންނެވެ. ޑިއާޒް ބޮލުން ގޯލަށް ބޯޅަ ފޮނުވާލި ފަހުން ބްރައިޓަންގެ ކީޕަރު ރޮބަޓް ސަންޗޭޒް ފައިން ޑިއާޒް ގައިގައި ޖެހުމުން ވަނީ އެއީ ރަތް ކާޑު ދައްކަން ޖެހޭ ފައުލެއްތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައިފަ އެވެ. ވީއޭއާރް ބަލާފައި ރެފްރީ މައިކް ޑީން ނިންމީ ކާޑެއް ދައްކަން ނުޖެހޭ ކަމަށެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން މުހައްމަދު ސަލާހަށް ލިބުނު ރަނގަޅު ދެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގައި ސަލާހު ޖެހި ބޯޅަ ކީޕަރު ސަންޗޭޒް މަތަކުރިއިރު، ކައުންޓަ އެޓޭކުގައި ދެ ވަނަ ހާފުގައި ޑިއާޒް ދިން ބޯޅައަކުން ސަލާހު ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. އެކަމަކު، ލިވަޕޫލަށް ދެ ވަނަ ގޯލު ޖަހައިދިނީ ޕެނަލްޓީ އަކުން ސަލާހު އެވެ. މިއީ ލިވަޕޫލްގެ ނަބީ ކެއިޓާ ފޮނުވާލި ބޯޅަ ބްރައިޓަންގެ ޔީވް ބިސޫމާ އަތުގައި ޖެހުމުން ރެފްރީ ނިންމީ ޕެނަލްޓީއެއް ކަމަށެވެ.

މި ގޯލާ އެކު ސަލާހު ވަނީ މި ފަހަރުގެ ލީގުގައި 20 ގޯލު ހަމަކޮށްފަ އެވެ. އޭނާ އަކީ ލިވަޕޫލްގެ ތާރީހުގައި ހަތަރު ސީޒަނަށް ވުރެ ގިނައިން ލީގުގައި 20 ގޯލު ހަމަކުރި ލިވަޕޫލްގެ ހަ ވަނަ ކުޅުންތެރިޔާ އެވެ. މިރޭގެ ގޯލުތަކާ އެކު ލިވަޕޫލުން ވަނީ ޕްރިމިއާ ލީގުގައި 2000 ގޯލު ހަމަކުރި ދެ ވަނަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ.

ލިވަޕޫލުން މި މެޗު ނިންމާލަން ޖެހުނީ ކަންބޮޑުވުމަކާ އެކު އެވެ. ސަލާހުގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ސަލާހުގެ ބަދަލުގައި އެރި ޑިއޯގޯ ޖޮޓާ އާއި ޑިއާޒަށް އިތުރު ގޯލެއް ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ބްރައިޓަން އިން ގޯލެއް ޖަހަން ކުރި މަސައްކަތުގައި ޑެނީ ވެލްބެކް ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މި މެޗުން ބްރައިޓަން ބަލިވިއިރު، މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ފަސް ވަނަ މެޗެެވެ. ލީގު ސީޒަނެއްގައި ބްރައިޓަން އެންމެ ފަހުން ޖެހިޖެހިގެން ފަސް މެޗުން ބަލިވީ 2007 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox