ގޯލްޑަން ފުޓްސަލް ޗެލެންޖް: މާމިގިލި، ހިންނަވަރު އަދި މުލަކަށް އަތޮޅު ޗެމްޕިއަންކަން

Mar 10, 2022, 3:38 AM
ޗެމްޕިއަންކަން ހޯދި ހިންވަރު ޓީމު ފޮޓޯ އަކަށް ހުއްޓިގެން.

ޗެމްޕިއަންކަން ހޯދި ހިންވަރު ޓީމު ފޮޓޯ އަކަށް ހުއްޓިގެން.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މ. މުލަކާއި ޅ. ހިންނަވަރު އަދި އދ. މާމިގިލިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

އދ. އަތޮޅު ފައިނަލުގައި މާމިގިލިން އޮމަދޫ ބަލިކުރީ 4-2 އިންނެވެ. މ. އަތޮޅު ފައިނަލުގައި ދިއްގަރުގެ މައްޗަށް މުލައް ކުރިހޯދީ 2-0 އިންނެވެ. އަދި ހިންނަވަރުން ޅ އަތޮޅުގެ ތަށި އުފުލާލީ ކުރެންދޫ އަތުން 3-1 އިން މޮޅުވެގެންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި މާމިގިލި ޓީމުން އޮމަދޫ ކޮޅަށް މޮޅު ކުޅުމެއް ދެއްކި އެވެ. މުޅި މެޗަށް ބަލާއިރު ވެސް ކޮންޓްރޯލް ނަގައިގެން މާމިގިލިން ކުޅެން މަސައްކަތް ކުރީ އޮމަދޫ އަށް ޖާގައެއްނުދީ އެވެ. މާމިގިލީގެ ގޯލުތައް ޖެހީ މުހައްމަދު އަތީފް، މޫސާ ހަސަން ފުޅު، ހައިޝަމް އަރީފް އަދި ޕެނަލްޓީ އަކުން އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އޮމަދޫން ޖެހި ފުރަތަމަ ގޯލަކީ މާމިގިލީގެ އިސްމާއިލް ސައިފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ އޮމަދޫގެ އަލީ އަޒުމީ އެވެ.

އދ އަތޮޅުގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މާމިގިލި ޓީމުގެ ހައިޝަމް އެވެ.

ޅ. އަތޮޅުން ބައިވެރިވެފައިވަނީ ދެ ރަށް ކަމަށްވާތީ ދެ ރަށުގެ ދެ މެދުގައި ކުޅެން ނިންމީ ދެ މެޗެވެ. ފުރަތަމަ މެޗުގައި ހިންނަވަރާއި ކުރެންދޫ ލަނޑެއް ނުޖެހިވީ އެއްވަރެވެ. އެހެންވެ، ރޭގެ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ. ހިންނަވަރުގެ ގޯލުތައް ޖެހީ ހުސެއިން މުހައްމަދު، އަލީ އަކްރަމް އަދި ހުސެއިން އައްފާޝް އެވެ. ކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ރަފްހާން އަބްދުލް ގަނީ އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެއް ކުޅުންތެރިއަކަށް ވުރެ ގިނަ ކުޅުންތެރިން ގޯލުގެ ގޮތުން އެއްވަރުވެއްޖެނަަމަ އެ މަގާމު ލިބޭނީ ގިނަ މެޗުގައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކުޅުންތެރިއަކަށެވެ. މި ގޮތަށް ބަލާއިރު، އެއް ކުޅުންތެރިއަކަށް ވުރެ ގިނަ ކުޅުންތެރިންނަށް ލިބޭނަމަ ހުރިހާ ކުޅުންތެރިންނަށް ޓްރޮފީ ދޭނެ އެވެ. އެހެންވެ، ރޭ ހިންނަވަރާއި ކުރެންދޫ ކުޅުނު މެޗުގައި ގޯލު ޖެހި ކޮންމެ ކުޅުންތެރިއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ލިބުނެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ހިންނަވަރުގެ ކީޕަރު ފިރްދައުސް އިބްރާހިމް ދީދީ އެވެ.

ދިއްގަރު އަތުން މުލައް މޮޅުވިއިރު، ގޯލުތައް ޖެހީ ޔަސްފާދު ހަބީބު (މުލަކޭ) އާއި ސުޖުއާން ހުސެއިން އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކީ މުލަކޭ އެވެ. އެންމެ ގިނަ ގޯލު ޖެހީ ދިއްގަރުގެ އަދުހަމް ހަލީލް އެވެ.

ރޭ ދެން ކުޅުނީ ގދ. އަތޮޅުގެ ލީގު ބުރުގެ ފަހު ދެ މެޗެވެ. ގދ. އަތޮޅުގެ ތަށި ވަނީ ފުރަތަމަ ކުޅުނު ހަތަރު މެޗުން މޮޅުވެގެން ވާދޫ އިން ހޯދައިފަ އެވެ. ރޭ ކުޅުނު ދެ މެޗަށް ބަލާއިރު، ގައްދޫ އަތުން ހޯޑެއްދޫ ވަނީ 5-2 އިން މޮޅުވެފަ އެވެ. އަދި ތިނަދޫ އިން ވަނީ މަޑަވެލި އަތުން 8-4 އިން މޮޅުވެފަ އެވެ.

ހޯޑެއްދޫގެ މެޗުގައި އެ ޓީމުގެ ކެޕްޓަން އާދަމް ލަރީފް (ރޮނާ) ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފަ އެވެ. އަނެއް ގޯލުތައް ޖެހީ މުހައްމަދު ފާރިހު ފާއިޒް، ސައިން އަސްލަމް އަދި އަހުމަދު ޝާނިއު އަބްދުލް ގަނީ އެވެ. ގައްދޫގެ ގޯލުތައް ޖެހީ އާލިމް އަބްދުލް އަޒީޒް އާއި އަންނު އަބްދުﷲ އެވެ. ތިނަދޫގެ ހުސެއިން އަލީ ވަނީ މަޑަވެލި ކޮޅަށް ހެޓްރިކެއް ހަދައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. ތިނަދޫގެ އަނެއް ގޯލުތައް ޖެހީ އިބްރާހިމް ސަނޫން، އިބްރާހިމް ހުސެއިން، މުހައްމަދު ޝިމާދު އަދި އަހުމަދު އަބްދުލް އަޒީޒް އެވެ. މަޑަވެލީގެ ގޯލުތައް ޖެހީ ނާއިފް ޝަފީގް، ސަމާހު އަންވަރު، އަބްދުﷲ ހަސަން އަދި މުހައްމަދު ސާއިފް އެވެ.

ގދ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ރޮނާ އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫ ޓީމުގެ މުހައްމަދު މުސައްނިފު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox