މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ސަލްގާޑޯ އާއި ސާރާ ރާއްޖެ އަށް

Mar 5, 2022, 7:48 PM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ސަލްގާޑޯ އާއި ސާރާ ރާއްޖެ އަށް

މި މަހު 17 ވަނަ ދުވަހު މާލޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ އާއި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަލްގާޑޯ އާއި ސާރާ ރާއްޖެ އަންނަން ހަމަޖެހިފައިވާކަން އިއުލާނުކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ. މިނިސްޓަރު މަހުލޫފްގެ ދައުވަތު ގަބޫލުކޮށް ސާރާ ބުނެފައިވަނީ އޭނާގެ ލޯބިވެރިޔާ ޔޮހާންއާ އެކު ރާއްޖެ އަންނަން ކެތްމަދުވެފައިވާ ކަމަށާއި ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ.

އުމުރުން 28 އަހަރުގެ ސާރާ ވަނީ އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން 14 ރަން މެޑަލް ވޯލްޑް ޗެމްޕިއަންޝިޕްގައި ހޯދިއިރު، ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި 26 ރަން މެޑަލް ހޯދި އެވެ. މީގެ އިތުރުން ސާރާ އަކީ ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް ހޯލްޑަރެވެ.

ސާރާ އަތުގައި އޮތް ރެކޯޑްތަކަށް ބަލާއިރު، ލޯންގް ކޯސްގެ 50 މީޓަރާއި 100 މީޓަރުގެ ފްރީސްޓައިލާއި ބަޓަފްލައި އިވެންޓްތައް ހިމެނެ އެވެ. އޭގެ އިތުރުން 4 ގުނަ 50 މީޓަރުގެ ޝޯޓް ކޯސް މެޑްލީ ރިލޭ އިވެންޓްގައި ވެސް ރެކޯޑް އޮތީ ސާރާ އަތުގަ އެވެ.

ގިނަ ފަހަރުތަކެއް މަތިން ރާއްޖެ އައިސްފައިވާ ސަލްގާޑޯ އަކީ ހަ އަހަރުގެ ކޮންޓްރެކްޓެއްގައި އެފްއޭއެމްގެ ފުޓްބޯޅަ ސްކޫލް ޕްރޮޖެކްޓާ ހަވާލުވެފައިވާ ފަރާތެވެ. ރެއާލް މެޑްރިޑާއި ސްޕެއިނުގެ ފުޓްބޯޅައިގައި މަގުބޫލު ސަލްގާޑޯ އަކީ ފީފާގެ އެމްބަސަޑަރެކެވެ. އަދި އޭނާ ވަނީ ރެއާލް މެޑްރިޑާ އެކު ކްލަބް ފުޓްބޯޅައިގައި އެއް ކްލަބެއްގައި ހުރެގެން ހޯދޭނެ ބޮޑެތި ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ. އެ ގޮތުން ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކުރި އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ބާއްވާ ގައުމީ ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ރާއްޖޭން ބޭރުން ދުނިޔޭގެ މަޝްހޫރު ކުޅިވަރު ގިނަ ލެޖެންޑުންތަކެއް އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މި އެވޯޑްގެ ހައިބަތު ބޮޑުކޮށް ދުނިޔޭގެ ސަމާލުކަން ލިބޭ އިވެންޓަކަށް ހެދުމާއި ދިވެހި ކުޅިވަރުގެ އަގުވަޒަންކުރުން އެންމެ ފުރިހަމަ އަށް ގެންދިއުމަށް ޔޫތު މިނިސްޓްރީ ރާވާ އިިވެންޓެކެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނަ މަޝްހޫރު ފަރާތްތައް ރާއްޖޭގައި ތިބޭނީ އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރު، ކްރޮސްރޯޑްސްގަ އެވެ. މި އެވޯޑްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox