މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ދުނިޔޭގެ ސަމާލުކަން ހޯދައިދިނުމުގެ ވިސްނުމެއް

Mar 4, 2022, 4:03 AM
މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ދުނިޔޭގެ ސަމާލުކަން ހޯދައިދިނުމުގެ ވިސްނުމެއް

ރާއްޖޭގެ ކުޅިވަރު ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފެންވަރު ރަނގަޅު އިވެންޓަކަށް ހަދައި އަހަރަކު އެއް ފަހަރު ބޭއްވުމަކީ އެންމެ ބޮޑު ބޭނުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މި މަހު 17 ވަަނަ ދުވަހު ބާއްވާ ސްޕޯޓްސް އެވޯޑަކީ ޔޫތު މިނިސްޓްރީގެ ފަރާތުން މިހާތަނަށް އެންމެ ފުޅާކޮށް ބާއްވާނެ އެއް އިވެންޓެވެ. މި އިވެންޓަށް ދުނިޔޭގެ ލެވަލްގެ މަގުބޫލް ކުޅިވަރު ލެޖެންޑުންނާއި ރާއްޖެއާ ގާތްގުޅުމެއް ބާއްވައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމުތަކުގެ ކުޅިވަރު ވުޒާރާތަކުގެ ވެރިން ހިމެނޭ ގޮތަށް ޖުމްލަ 15 މެހެމާނެއް ޒިޔާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސްޕޯޓްސް އެވޯޑްގެ މެހެމާނުންގެ ހޮސްޕިޓާލިޓީ ކަންކަން ކްރޮސްރޯޑްސް އިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރުމަށް ބޭއްވި އިވެންޓަށް ފަހު މިނިސްޓަރު މަހުލޫފު ވިދާޅުވީ ބޭނުމަކީ "ވީ އެންމެ ފުރިހަމަކޮށް" މި އެވޯޑް ގެންދިއުން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑު އަތުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިނާމް ދިނުމަށް ވުރެ މުޅި ދުނިޔޭގެ އެންމެ މަތީ ހަރުފަތުގައި ވޯލްޑް ކަޕަށް ދަންދެން ތަށި ހިއްލާލާފައި ތިބޭ ކުޅުންތެރިއެއްގެ އަތުން ހިފައިގެން ދިޔައީމަ ވެލިއު (އަގު) އެބަ އިތުރުވޭ. އެކަން ފުރިހަމަ ވެގެން އެބަދޭ.،" ލެޖެންޑުން ގެނެސްގެން ސްޕޯޓްސް އެވޯޑް ދިނުމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

މަޝްހޫރު މީހުން ގެނެސްގެން މި ގޮތަށް ބޮޑު އިވެންޓެއް ބޭއްވުމުގެ އެތައް ފައިދާއެއް ރާއްޖެ އަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި އެވޯޑް މި ގޮތަށް ބޭއްވުމުން ރާއްޖެ އަށް ލިބޭ ސަމާލުކަން އިތުރުވާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ދުނިޔޭގެ ގިނަ އެތުލީޓުން ދެން އަންނަ ފަހަރެއްގައި އެ މީހުން ބައިވެރިވެލަން ބޭޭނުންވާ ކަހަލަ އިވެންޓަކަށް އަޅުގަނޑުމެން ބޭނުން. މީގެ ދެ މަގުސަދު އެބަ ހާސިލްކުރަން. ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުން ވެސް އެބަ ހިމެނޭ. އެތައް މިލިއަން ފޮލޯވަރުންތަކެއް ތިބޭ ލެޖެންޑުންތަކެއް އަޅުގަނޑުމެންނާ އެކު ބައިވެރިވެފައި އެނބުރި ދާއިރުގައި ވަރަށް ބޮޑު ފައިދާއެއް ކުރާނެ،"

ރާއްޖޭގައި މީގެ ކުރިން އެކިއެކި ފަރާތްތަކުން ކުޅިވަރު އެވޯޑުތައް ވެސް ބާއްވާފައި އެބަހުރިކަމަށާއި ޔޫތު މިނިސްޓްރީން ގައުމީ ލެވަލްގައި ކަމެއް ކުރާއިރު، "ތަފާތުވާން ޖެހޭނެ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރު އެވޯޑެއްގެ އަނެއް މަގުސަދަކީ ރަނގަޅު ވާދަވެރި ރޫހެއް އެކިއެކި ކުޅިވަރުތަކުގެ ތެރެއިން އަށަގެންނެވުމެވެ. މި އަހަރު އެވޯޑް ނުލިބޭ ކުއްޖެއް މި އަންނަ އަހަރު އެ ބޭނުންވެގެން އެ އަށް މަސައްކަތް ކުރާ ވަރުގެ އެއްޗަކަށް ހެދުމަކީ މި އެވޯޑްގެ އަސްލު އެންމެ ބޮޑު އެއް ބޭނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ކުޅިވަރު އެތުލީޓެއް ކާމިޔާބު ހޯދަނީ އެތައް ކަމަކާ ކުރިމަތިލުމަށް ފަހު ކަމަށާއި ގައުމަށް ކޮށްދޭ ބޮޑެތި ހިދުމަތްތަކުގެ އަގުވަޒަންކުރާ ގޮތަށް ކުޅިވަރުން ވެސް އެކަން ކުރަން ޖެހޭނެ ކަމަށެވެ.

"އެތުލީޓަކަށް ވުމަށް ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރޭ. އަޅުގަނޑުމެން އައިސް އިނާމް ފައިސާ ބޮޑުކޮށްލީ، ޓީޓީ ކުޅެގެން ރަން މެޑަލް ލިބުނީމަ ވަރަށް ގިނަ ފައިސާ މި ދެނީ. ދިނީމަ ދޭން ޖެހޭހޭ ސުވާލުކުރާ މީހުން އެބަތިބި. ހާއްސަކޮށް ސޯޝަލް މީޑިއާގައި. އަސްލު އެ ކުއްޖެއް އެ ހިސާބަށް ދާން އެ ކުރާ މަސައްކަތް. ދުވާލަކު ކިތައް ގަޑިއިރު މަސައްކަތް ކުރޭތޯ އެ ކުއްޖާގެ ބެލެނިވެރިން އެވާ ގުރުބާނީ. އޭގެ އަގުވަޒަން ކުރުމަކީ ކުރަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މަޝްހޫރު އެކި އެވޯޑް ހަފްލާތަކަށް ނަޒަރު ހިންގާލާއިރު، އެކި ކުޅިވަރު ސަހުސިއްޔަތުން ގެނެސްގެން އިވެންޓް ބޭއްވުމަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ކުރާ ކަމެކެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިނަލްއަގުވާމީ ކުޅިވަރުތަރިން ބައިވެރިވާއިރު، މުސްތަގުބަލުގައި މި އެވޯޑް ފުޅާވެގެންދާއިރު، ދިވެހި ކުޅިވަރަށް ހިދުމަތްކޮށްދޭ އެކިއެކި ފަރާތްތަކުގެ ހިދުމަތް ފާހަގަކުރާނެ އެވެ. އަދި މުޅި ދުނިޔޭގެ ނިސްބަތުންބަލާއިރު، މީހުންގެ ދިރިއުޅުމަށް ތަފާތެއް ގެނެސްދީފައިވާ ލެޖެންޑުންގެ އަގުވަޒަންކުރުން ވެސް މި އެވޯޑްގައި ހިމެނުމަކީ މިނިސްޓްރީގެ އެއް ވިސްނުމެކެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "އަދަދު" އޮންލައިން އެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެ ޓީވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox