މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކްރޮސްރޯޑްސް

Mar 3, 2022, 12:14 PM
ކްރޮސްރޯޑްސް އާއި ޔޫތު. މިނިސްޓްރީ މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްރޮސްރޯޑްސް އާއި ޔޫތު. މިނިސްޓްރީ މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖައްސައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގަ 17 ވަނަ ދުވަހު މާލޭ ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގަ އެވެ. މި އެވޯޑުގެ ހޮސްޕިޓާލިޓީ ޕާޓްނަރު ކްރޮސް ރޯޑްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރި މިއަދު އެކަމަށްޓަކައި ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި އޮތް އިވެންޓެއްގަ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. ކްރޮސް ރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާން އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ކްރޮސްރޯޑްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ (ކ) އާއި މިނިސްޓަރު މަހުލޫފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިނިސްޓަރު މަހުލޫފް ވިދާޅުވީ ކްރޮސްރޯޑްސްއާ އެކު މި އިވެންޓް އިތުރަށް ފުރިހަމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ، މިނިސްޓްރީން ކުރާ މަސައްކަތްތަކުގައ ކްރޮސްރޯޑްސް އިން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މި އިވެންޓް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ދުނިޔޭގެ ކުޅިވަރުގެ ދާއިރާގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރު ސަހުސިއްޔަތުން ރާއްޖެ އައުމަށްވަނީ ހަމަޖެހިފައިވުމެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިއަދު ގާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން މި އެވޯޑަށް ވަޑަައިގަންނަވާ ފާރާތްތަކުގެ ތިބުމުގެ އިންތިޒާމްތަކާއި އެހެނިހެން ކަންކަން ހަމަޖެހިގެންދާނީ ކްރޮސްރޯޑްސް އިން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކްރޮސްރޯޑްސްގައި މި އެވޯޑަށް އަންނަ ތަރިން ތިބުމަކީ ރާއްޖޭގެ ކުޅިވަރާއި ޓުއަރިޒަމް އަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ލަފާ މިކުރަނީ 15 ވަރަކަށް ކުޅިވަރާއި ގުޅުން ހުރި ފަރާތެއް މި އެވޯޑަށް އަންނާނެ ކަމަށް. މި ހުރިހާ ބޭފުޅުންގެ ހުރިހާ ކަމެއް ހަމަޖައްސާނީ ކްރޮސްރޯޑްސް އިން" މިނިސްޓަރު ވިދާޅުވި އެވެ.

ދާދި ފަހުން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެން ހުންނެވީ ކްރޮސްރޯޑްސްގަ އެވެ. ރާއްޖޭގައި ބީޗްވޮލީބޯޅަ ފުޅާކުރަން ކުރާ މަސައްކަތުގައި ކްރޮސްރޯޑްސް އަކީ އިސް ބައިވެރިއެކެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން ޓޮލްގާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްރޮސްރޯޑްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ ވިދާޅުވީ ރާއްޖެ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅިވަރު އިވެންޓްތައް ބޭއްވޭނެ ތަނެއް ކަމަށެވެ. އެކަން ސާބިތުކޮށްދޭން ކްރޮސް ރޯޑްސް އަށް ލިބިފައިމިވާ ފުރުސަތުގެ ބޭނުންހިފަން ޓޮލްގާ ހުންނެވީ ތައްޔާރަށެވެ، މިނިސްޓަރު މަހުލޫފުގެ ތަސައްވުރަށް ބަލާއިރު ރާއްޖޭގައި ކުޅިވަރުގެ ބޮޑެތި އިވެންޓްތައް ބޭއްވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ކްރޮސްރޯޑްސްއަކީ ކުޅިވަރުގެ ސަގާފަތް ކުރިއެރުމަށް އަބަދުވެސް އެއްބާރުލުން ދޭނެ ތަނެއްކަމަށާއި، މި ތާރިޙީ އިވެންޓްގައި ބައިވެރިވެވޭތީ އުފާކުރާކަމަށެވެ.

އެވޯޑުގައި އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން)، ކޮންމެ ކުޅިވަރެއް ވަކިވަކިން އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެ އެވެ.

އޭގެ އިތުރުން ސްޕެޝަލް އެބިލިޓީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކޯޗު (އަންހެން/ފިރިހެން)، އަހަރުގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް (އަންހެން/ފިރިހެން)، އެންމެ މޮޅު ސިއްހީ އެހީތެރިޔާ (އަންހެން/ފިރިހެން)، އެންމެ އުންމީދީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރު، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާ އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީނުމަށްވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑްތަކަށް ނަން ހުށަހެޅުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، ނަންތައް ނޮމިނޭޓްކުރާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނެވެ. އެސޯސީއޭޝަންތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "އަދަދު" އޮންލައިން އެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެ ޓީވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox