ބިލިއާޑް: 8 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޝާޒް ހޯދައިފި

Mar 3, 2022, 11:02 AM
ބިލިއާޑް: 8 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޝާޒް ހޯދައިފި

ބިލިއާޑްގެ 8 ބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި އިސްމާއިލް ޖީހާން (މައިލޯ) 6-9 ފްރޭމުން ބަލިކޮށް ހަސަން ޝާޒް މުހައްމަދު ޗެމްޕިއަންކަން ހޯދައިފި އެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ ޝާޒް ހޯދީ ފޯރިގަދަ ފައިނަލް މެޗަކަށް ފަހުގަ އެވެ. ފައިނަލް މެޗުގެ ކުރީކޮޅު ކުރީގައި އޮތީ މައިލޯ އެވެ. ނަމަވެސް ޝާޒް ވަނީ ފަހަތުން އަރާ މެޗު ކާމިޔާބުކޮށްފަ އެވެ.

ބިލިއާޑްގެ 8 ބޯލް އެސޯސިއޭޝަން ކަޕުގައި މި އަހަރު 76 ކުޅުންތެރިން ވާދަކުރި އެވެ. މުބާރާތުގައި ފުރަތަމަ ކުޅުނީ ހުރިހާ ކުޅުންތެރިން 16 ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ފަހުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ކުޅުންތެރިން ނޮކްއައުޓް ބުރަށް ދަތުރުކޮށް ނޮކްއައުޓް ބުރުގެ މެޗުތައް ކުރިއަށް ގެންދިޔައީ އެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 175 މެޗުވަނީ ކުޅެފައެވެ.

ރޭ ކުރިއަށްދިޔަ 8 ބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޖޯޒީ ހަވާލުކޮށްފަ އެވެ.

ގައުމީ ބިލިއާޑް ފިރިހެން ޓީމްގައި ހިމެނޭ 8 ކުޅުންތެރިން
ގައުމީ ބިލިއާޑް ފިރިހެން ޓީމްގައި ހިމެނޭ 8 ކުޅުންތެރިން

ގައުމީ ބިލިއާޑް ފިރިހެން ޓީމްގައި ހިމެނޭ 8 ކުޅުންތެރިން

ފިރިހެން ގައުމީ ޓީމްގައި ހިމެނޭ 8 ކުޅުންތެރިންނަކީ ޝާޒް، ހުސައިން ފަޔާޒް، މުހައްމަދު ޝަރީފް، ހަސަން ޝަފްރާޒް، އިސްމާއިލް ސުވެއިދު، މުހައްމަދު ސާހިލް، އަލީ ފަޔާޒް އަދި އިސްމާއިލް ޖީހާން އެވެ. ފިރިހެން ޓީމްގެ ދެ އޮފިޝަލުންނަކީ ހުސައިން ސަނީފު އާއި ޝާޒީޏް ސަމަދު އެވެ.

އަންހެން ގައުމީ ޓީމްގައި ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ. އެއީ އާމިނަތު ފާތީ، ދީނާ އަހުމަދު، އައިމިނަތު އަޒްރާ އަދި ފަސްނާ މޫސާ އެވެ. މި ޓީމްގެ ދެ އޮފިޝަލުންނަކީ މުހައްމަދު އަކްސަމް ވަހީދު އާއި އަހުމަދު ޒިޔާން އެވެ.

ގައުމީ ބިލިއާޑް ޓީމްގައި ހިމެނޭ އަންހެން 4 ކުޅުންތެރިން
ގައުމީ ބިލިއާޑް ޓީމްގައި ހިމެނޭ އަންހެން 4 ކުޅުންތެރިން

ގައުމީ ބިލިއާޑް ޓީމްގައި ހިމެނޭ އަންހެން 4 ކުޅުންތެރިން

އެމްޕީބީއޭ އިން މި އަހަރަށް ރާވާފައިހުރި ހަރަކާތްތަކަށް ބަލާއިރު 10 މުބާރާތެއް ވަނީ ތާވަލްކޮށްފަ އެވެ. އެ ގޮތުން މި މަހު ކުރިއަށްދާ 8 ބޯލް އެސޯސިއޭޝަން ކަޕަށް ފަހު އަންނަ މަހު އޮންނާނީ 8 ބޯލް ޗެމްޕިއަންޝިޕެވެ.

އޭގެ ފަހުން މެއި މަހު އިންޓަ އޮފީސް ބިލިއާޑް މުބާރާތް އޮންނާނެ އެވެ. ޖޫން މަހު މޯލްޑިވްސް އޯޕަންގެ ނަމުގައި ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ތާވަލްކޮށްފައިވާއިރު، އޮގަސްޓް މަހު އޮންނާނީ 10 ބޯލް އެސޯސިއޭޝަން ކަޕެވެ. އޭގެ ފަހުން 10 ބޯލް ޗެމްޕިއަންޝިޕް އޮންނާނެ އެވެ.

އަހަރުގެ އެންމެ ފަހު ހަތަރު މުބާރާތްތަކަކީ ސެޕްޓެމްބަރު މަހު އޮންނަ 9 ބޯލް އެސޯސިއޭޝަން ކަޕާއި، 9 ބޯލް ޗެމްޕިއަންޝިޕްގެ އިތުރުން އޮކްޓޯބަރު މަހު އޮންނަ ގައުމީ ބިލިއާޑް މުބާރާތާއި ނޮވެމްބަރު މަހު އޮންނަ އިންޓަ އެޓޯލް ބިލިއާޑް މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox