ކްލަބްތަކުގެ ދަރަންޏާ މިނިސްޓްރީ އަށް ހަވާލެއް ނުވެވޭނެ: މަހްލޫފް

Feb 28, 2022, 8:09 AM
ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ކްލަބްތަކުގެ ދަރަންޏާ ޔޫތު މިނިސްޓްރީން ހަވާލުވާން ވެއްޖެނަމަ އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެެވެ.

މިނިސްޓަރު މި ގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ސުވާލު ކުރެއްވީ ރާއްޖޭގެ އެންމެ ދުވަސްވީ ދެ ކްލަބް، ނިއު ރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޑްކޮށްފައި އޮތުމުން އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ އެވެ

މަހުލޫފް ވިދާޅުވީ ނިއު އާއި ވިކްޓަރީގެ އޮތް ދަރަނި ހަލާސްކުރަން ސަރުކާރުން ފައިސާ ދިން ކަމުގައި ވިޔަސް އެކަން އެ ގޮތަށް ދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެއީ މީގެ ކުރިން ކަންކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު، ފެންނަ މަންޒަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވިކްޓަރީ އަށް ވެސް އަދި ނިއު ރޭޑިއަންޓަށް ވެސް ދިމާވެގެން މި އުޅެނީ ދަރަނީގެ މައްސަލައޭ. މިސާލަކަށް ނިއު ރޭޑިއަންޓްގެ ދަރަނި އެބައުޅޭ ހަތް މިލިއަން ރުފިޔާގައި. ހަތް މިލިއަން ރުފިޔާ އެ ކްލަބާ ހަވާލުކުރީމަ އަޅުގަނޑުމެންނަށް ނޭނގޭނެ ދެން ވެސް އެ ފައިސާއިން ކުރާނެ ކަމެއް. މިއަދު އެކަން ކުރީމަ ޖެހިގެން އޮންނަ ރަށުގެ ކްލަބްގެ ދަރަނި ފިލުވައިދޭން ޖެހޭނީ މިނިސްޓްރީން ނޫންތޯ. އެއީ އަސްލު ވެގެން މިއުޅޭ ގޮތަކީ،" މަހުލޫފް ވިދާޅުވި އެވެ.

ވިކްޓްރީ އަށް އެހީވާން ބޭނުންވާތީ ހަމަހަމަ އުސޫލަކުން ހުރިހާ ކްލަބަކަށް ކަންކަން ކުރަންޖެހޭނެތީ ހުރިހާ ޓީމަކަށް ވެސް ފައިސާ ދޭން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރު ޖެނުއަރީ ގަ އެވެ. އެންމެ ފުރަތަމަ އެ ގޮތަށް ނިންމީ އެކްސްކޯ އިންނެވެ. އެ ނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފަ އެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގަ އެވެ.

ތަކުރާރުކޮށް އެކި ފުރުސަތު ދީގެން ވެސް ވިކްޓްރީގެ ކަންކަން ރަނގަޅު ނުކުރުމުން ސަސްޕެންޑް ކުރީ 2019 ޑިސެމްބަރު ގަ އެވެ. ވިކްޓްރީގެ ސަސްޕެންޝަން ވަނީ މިދިޔަ މުއްދަތުގައި ކްލަބްތަކުން ކޮންގްރެސްގައި ދަމަހައްޓައިފަ އެވެ.

ދާދި ފަހުން ފީފާ ފަންޑް މެދުވެރިކޮށް ނިއު އާއި ވިކްޓްރީގެ ދަރަނި ދައްކަން ފުރުސަތެއް އޮތެވެ. އެކަމަކު، އެކަން ކުރަން އެ ލިބުނު ފުރުސަތުގެ ބޭނުން ހިފިކަން އެނގިފައެއްނުވެ އެވެ.

ކޮންމެ 4000 މީހަކަށް ދަނޑެއް އޮންނާނެ: މަހުލޫފް

މައިގަނޑު ގޮތެއްގައި މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފަށް އަމާޒުވި ސުވާލަކީ ބަޖެޓްގައި ހިމަނާފައިވާ ޓާފް ދަނޑާއި ފުޓްސަލް ދަނޑާއި އިޖުތިމާއި މަރުކަޒާއި ކުޅިވަރުގެ އެހެނިހެން އިންފްރާސްޓްރަކްޗާތައް ލަސްވާ މައްސަލައިގަ އެވެ.

ޔޫތު މިނިސްޓްރީގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒް، ވޭމަންޑޫ އިޖުތިމާއި މަރުކަޒުގެ ނިމޭނެ ތާރީހެއް އޮޅުންފިލުވަން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތް ލަސްވާ ސަބަބަކީ ޔޫތު މިނިސްޓްރީ އަށް ކަމެއް ނުކުރެވުން ނޫން ކަމަށެވެ.

ފުޓްބޯޅަ ދަނޑުތައް ސަރުކާރުން އަޅަމުން އަންނައިރު، އެ މަސައްކަތް ނިމުމަކާ ހަމައަށްދާއިރު، ކޮންމެ 4000 މީހަަކަށް ދަނޑެއް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ލޯންޗްކުރަން ބޭއްވި އިވެންޓްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ޒަމާނުއް ސުރެ މާލެ އަށް ކުޅިވަރު ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކުރުން ކަމަށެވެ. އޭގެ ތެރެއިން ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާފް ދަނޑުތައް އެޅުމެވެ. ސަރުކާރުގެ ވިސްނުމަކީ ފަސް އަހަރު ތެރޭ 100 ޓާފް ދަނޑު އެޅުމެވެ.

"މިތާ ހުރެ މި ވާހަކަ ދައްކާއިރު 30 އަށް ވުރެ ބޮޑު ފުޓްބޯޅަ ދަނޑު އަޅުގަނޑުމެން ނިންމައި، ގާތްގަނޑަކަށް 60 އާ ގާތްކުރާ ވަރަށް ބޮޑު ދަނޑުތަކުގެ މަސައްކަތް ކުރިއަށް އެބަދޭ. މި ލީގު ފެށެން ދާއިރު، ރާއްޖޭގެ ކަންކޮޅުތަކަށް ހުޅުވާލެވިގެންދާއިރު، އިރާދަކުރެއްވިއްޔާ ގިނަ ދަނޑުތަކެއް ހުންނާނެ ރަނގަޅު ފެންވަރުގެ މެޗުތަކެއް ކުޅެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ޓާފް ދަނޑުތައް އެޅީމަ ކުޅެން ދާހިތްވާ ކުޅުންތެރިން އިތުރުވޭ، މިއިން ވެސް ދޭހަކޮށްދޭ މުސްތަގުބަލެއް އެބައޮތްކަން،"

މިނިސްޓަރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އިނގިރޭސިވިލާތުގައި ފުޓްބޯޅަ ކުޅެން ރަސްމީކޮށް އަޅާފައި ވަނީ 600 އެއްހާ ދަނޑު ކަމަށާއި އެއީ ނިސްބަތުން ބަލާއިރު ކޮންމެ 111،000 މީހަކަށް އެއް ދަނޑު ކަމަށެވެ. އެކަމަކު، މިދިޔަ ތިން އަހަރު ރާއްޖޭގައި ކުރަން ފަށާފައިވާ މަސައްކަތްްތަކަށް ބަލާއިރު، ކޮންމެ 4000 މީހަކަށް ފުޓްބޯޅަ ދަނޑެއް އޮންނާނެ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox