ސަސް ބަލިކޮށް އީގަލްސް އިން މުހިންމު ތިން ޕޮއިންޓް ހޯދައިފި

Feb 27, 2022, 1:18 PM
އީގަލްސްގެ އައްމަޑޭ (ކ) ސަސްގެ އައްޒާމް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

އީގަލްސްގެ އައްމަޑޭ (ކ) ސަސްގެ އައްޒާމް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-1 އިން ބަލިކޮށް ކްލަބް އީގަލްސް އިން މުހިންމު ތިން ޕޮއިންޓް ހޯދައިފި އެވެ.

އެންމެ ފަހުން ކުޅުނު މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފައި އޮތުމުން އީގަލްސް އިން އަލުން ފޯމަކަށް އެޅެން މިއަދުގެ މެޗުގައި މި ލިބުނީ މުހިންމު މޮޅެެކެވެ. މި މޮޅާ އެކު އީގަލްސް އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައި ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަދި ތިން ވަނައިގައި އޮތް ކްލަބް ވެލެންސިއާއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. މީގެ ތެރެއިން މާޒިޔާ އެއް މެޗު މަދެވެ. އެ ޓީމުން މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ކުޅޭނެ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ ސަސްގެ ކުރިއަށް ކުޅެމުން ދިޔަ އަލީ ނަސޫހު ރަޝީދު (ޕިލާ) އަށެވެ. އީގަލްސް ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޕިލާ ޖެހި ޝޮޓް ދިޔައީ ގޯލު ކުރިމައްޗަށް ހުރަސްވެގެންނެވެ.

ފުރަތަމަ 10 މިނިޓަށް ފަހު ދެން ފެނުނީ ފުލުފުލުގައި އީގަލްސް އަށް ރަނގަޅު ފުރުސަތުތައް ލިބިގެން ދިޔަތަނެވެ. އެ ގޮތުން މެޗުގެ 12 ވަނަ މިނިޓްގައި އީގަލްސްގެ އިޓަލީ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ އޭރިއާބޭރުން ޝޮޓެއް ޖެހިއިރު، އެ ބޯޅަ ޖަހަން އަރައި ހުރި، އެ ޓީމުގެ އަހުމަދު ރިޒްވާން (ރިޒޭ) އަށް ދީގެން އެ ފުރުސަތުގެ ބޭނުން ހިފެން އޮތެެވެ.

މެޗުގެ 18 ވަނަ މިނިޓްގައި އީގަލްސްގެ ރިޒޭ އޭރިއާތެެރެއިން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭގެ ފަހުން ޖެހިގެން އައި ހަ ވަރަކަށް މިނިޓް ތެރޭ އޭރިއާތެރެއިން މުޅިން ހުސްކޮށް ހުރެފައި އީގަލްސްގެ އަހުމަދު ހަަސަން (އައްމަޑޭ) އާއި އަލީ އަޒުވާން އަބްދުލް އަޒީޒް ފޮނުވާލި ބޯޅަތައް ދިޔައީ ހުރަސްދަނޑިމަތިންނެވެ. މިއީ ގޯލެއް ޖަހަން ބަލާނަމަ ވަރަށް ހުސް ދެ ފުރުސަތެވެ.

މެޗުގެ ފުރަތަމަ 25 މިނިޓް ވުމުން ދިން ވޯޓާ ބްރޭކަށް ފަހު ސަސް އިން ވަނީ ރަނގަޅަށް ކުޅެން މަސައްކަތްކޮށްފަ އެވެ. އެ ގޮތުން އެ ޓީމުން ގޯލު ޖަހާނެ ފަޅި ފުރުސަތުތަކެއް ހޯދި އެވެ. ކޯނަރެއްގައި އޭރިއާތެރެއިން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ފޮނުވާލަން އަރައިހުރި ސަސްގެ އަހުނަފް ރަޝީދު (އަހުއްކޮ) އަށް ބޯޅަ ލިބޭގޮތެއްނުވި އެވެ.

އީގަލްސް އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑުނެގި އެެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން ރިޒޭ ހުސްކޮށްލާފައި ދިން ބޯޅައަކުން އައްމަޑޭ އެވެ. އައްމަަޑޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދިހަ މިނިޓް ތެރޭ ރިޒޭ އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 58 ވަނަ މިނިޓްގައި ސަސްގެ ޕިލާ ބޯޅަ ހިފައިގެން އީގަލްސްގެ އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ ޖަހަން އެ ޓީމުގެ އެހެން ކުޅުންތެރިއަކު އަރައި ނެތުމުން ފުރުސަތު ގެއްލުނީ އެވެ. އޭގެ ފަސް މިނިޓް ފަހުން އީގަލްސްގެ ޖިއަކޯމޯ ނެގި ކޯނަރަކުން އެ ޓީމުގެ އިމްރާން ނަޝީދު (އިންމަ) ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އީގަލްސް އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އަޒުވާންގެ ބަދަލުގައި ދެ ވަަނަ ހާފުގައި ކުޅެން އެރި އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. އިބްރާހިމް މައިސާން ނެގި ހުރަހަކުން ރިޒޭ ބޮލުން ޖެހި ބޯޅަ ކީޕަރު ޝަފީއު އަތުގައި ޖެހިފައި ނުކުތްވަގުތު އަލުން ރިޒޭ އަށް ލިބުނު ނަމަވެސް އޭނާ އަށް ރަނގަޅަށް ފޮނުވާނުލެވި ލިބުނީ ޒިޔާން އަށެވެ. ޒިޔާން ވަނީ ހަމަޖެހިލާފައި ގޯލުގެ ދުުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އީގަލްސް އިން ލީޑުފުޅާކުރިތާ މިނިޓެއްގެ ތެރޭ ސަސް އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. މިއީ ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް އޭރިއާތެރެއިން އީގަލްސްގެ ކީޕަރު ލެބަނަންގެ މުހައްމަދު ތަހާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދޭން މެޗުގެ ރެފްރީ އަބްދުﷲ ޝާތިރު ނިންމުމުން އީގަލްސް ކުޅުންތެރިން އެކަމާ ވަރަށް ނުރުހުންފާޅުކުރި އެވެ. ސަސްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޓީމުގެ ބެންޖޯ އެވެ. އިތުރު ގޯލެއް ޖަހަައި ނަތީޖާ ހަމަހަމަކުރަން ސަސް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ލީގުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ސަސް އޮތީ އެންމެ ފުލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox