ޔުނައިޓަޑުން ރަޝިއާގެ ގައުމީ އެއާލައިނާއެކު އޮތް ގުޅުން ކަނޑާލައިފި

Feb 26, 2022, 10:59 AM
ޔުނައިޓަޑުން ރަޝިއާގެ ގައުމީ އެއާލައިނާއެކު އޮތް ގުޅުން ކަނޑާލައިފި

މެންޗެސްޓާ (26 ފެބްރުއަރީ) - ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ރަޝިއާގެ ގައުމީ އެއާލައިން "އެއިރޯފްލޮޓް"އާ އެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ކުރިއަށް ނުގެންދިއުމަށް މެންޗެސްޓާ ޔުނައިޓަޑުން ނިންމައިފި އެވެ.

ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ވަނީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، ރަޝިއާގެ ފްލައިޓުތައް އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

ޔުނައިޓަޑްގެ ޕާޓްނަރެއްގެ ގޮތުގައި އެއިރޯފްލޮޓް ހަމަޖެއްސީ 2013 ވަނަ އަހަރެވެ. އަދި ޔޫރަޕްގެ މުބާރާތްތަކުގައި، ޔުނައިޓަޑުން ކުރަންޖެހޭ ދަތުރުތައް އާންމުކޮށް ކުރަނީ އެއިރޯފްލޮޓް އެއާލައިނުގަ އެވެ. މިހާރު ޔުނައިޓަޑާއި އެއިރޯފްލޮޓް ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރެވެ.

ޔުނައިޓަޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫކްރޭންގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން، އެއިރޯފްލޮޓާއެކު ހަދާފައިވާ ސްޕޮންސާޝިޕާ އެކު އިތުރަށް ކުރިއަށް ނުދާން ނިންމާފައިވާ ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މި ކްލަބުގެ ސަޕޯޓަރުންގެ ޝުއޫރުތައް މި ކްލަބުން ބަލައިގަންނަން. މި ދަނޑިވަޅުގައި، ހާލުގައި ޖެހިފައިވާ ހުރިހާ ފަރާތްތަކަށް ހަމްދަރުދީވަން،" ޔުނައިޓަޑްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔުނައިޓަޑުން އެއިރޯފްލޮޓާއެކު ހަދާފައިވާ ސްޕޮންސާޝިޕް ނިންމާލިކަމަށް އިއުލާންކުރި ނަމަވެސް، އެއިރޯފްލޯޓްގެ ވެބްސައިޓްގައި އެ އެއާލައިންގެ ޕާޓްނަރެއްގެ ގޮތުގައި ޔުނައިޓަޑްގެ ނަން އަދިވެސް އެބައޮތެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox