ބިލިއާޑް: 78 ކުޅުންތެރިންނާ އެކު 8 ބޯލް އެސޯސިއޭޝަން ކަޕް ފަށައިފި

Feb 26, 2022, 4:06 AM
8 ބޯލް އެސޯސިއޭޝަން ކަޕްގެ ނަމުގައި ރޭ ފެށި ބިލިއާޑް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

8 ބޯލް އެސޯސިއޭޝަން ކަޕްގެ ނަމުގައި ރޭ ފެށި ބިލިއާޑް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ 8 ބޯލް އެސޯސިއޭޝަން ކަޕް 2022 ފަށައިފި އެވެ.

ރޭ ފެށި 8 ބޯލް އެސޯސިއޭޝަން ކަޕުގައި މި އަހަރު 78 ކުޅުންތެރިން ވާދަކުރެ އެވެ. މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު، ގްރޫޕް ސްޓޭޖް ކުޅުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ކުޅުންތެރިން ނޮކްއައުޓް ބުރަށް ދަތުރުކޮށް ކުރިއަށްދާނެ އެވެ. މިގޮތުން 78 ކުޅުންތެރިން ވަނީ 16 ގްރޫޕަކަށް ބަހާލައިފަ އެެވެ. ގްރޫޕް ސްޖޭޖުގައި އެކަނި ވެސް މިފަހަރު 144 މެޗު ކުޅޭނެ އެވެ.

އެސޯސިއޭޝަން ކަޕްގައި މި އަހަރު ދެ ޑިވިޝަނެއް ނުހިމެނެ އެވެ. އެހެން ކަމުން އަންހެން އަދި ފިރިހެން ކުޅުންތެރިން މިކްސްކޮށް ކުޅޭނީ ގްރޫޕް ސްޓޭޖުގަ އެވެ.

8 ބޯލް އެސޯސިއޭޝަން ކަޕްގެ ނަމުގައި ރޭ ފެށި ބިލިއާޑް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ 8 ބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކީ ހުސައިން ފަޔާޒު އެވެ. އަދި ދެ ވަނަ ހޯދީ މުހައްމަދު ޝަރީފް އެވެ.

އެމްޕީބީއޭ އިން މި އަހަރަށް ރާވާފައިހުރި ހަރަކާތްތަކަށް ބަލާއިރު ދިހަ މުބާރާތެއް ވަނީ ތާވަލްކޮށްފަ އެވެ. އެ ގޮތުން މި މަހު ކުރިއަށްދާ 8 ބޯލް އެސޯސިއޭޝަން ކަޕަށް ފަހު އަންނަ މަހު އޮންނާނީ 8 ބޯލް ޗެމްޕިއަންޝިޕެވެ. އޭގެ ފަހުން މެއި މަހު އިންޓަ އޮފީސް ބިލިއާޑް މުބާރާތް އޮންނާނެ އެވެ. ޖޫން މަހު މޯލްޑިވްސް އޯޕަންގެ ނަމުގައި ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ތާވަލްކޮށްފައިވާއިރު، އޮގަސްޓް މަހު އޮންނާނީ 10 ބޯލް އެސޯސިއޭޝަން ކަޕެވެ. އޭގެ ފަހުން 10 ބޯލް ޗެމްޕިއަންޝިޕް އޮންނާނެ އެވެ.

އަހަރުގެ އެންމެ ފަހު ހަތަރު މުބާރާތްތަކަކީ ސެޕްޓެމްބަރު މަހު އޮންނަ 9 ބޯލް އެސޯސިއޭޝަން ކަޕާއި، 9 ބޯލް ޗެމްޕިއަންޝިޕްގެ އިތުރުން އޮކްޓޯބަރު މަހު އޮންނަ ގައުމީ ބިލިއާޑް މުބާރާތާއި ނޮވެމްބަރު މަހު އޮންނަ އިންޓަ އެޓޯލް ބިލިއާޑް މުބާރާތެވެ.

އެމްޕީބީއޭގެ ހޯލްގެ ޖާގަ އިތުރުކޮށް މިދިޔަ އަހަރު އެ ފެސިލިޓީ ހުޅުވާފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ވެސް ބޭއްވޭ ފެންވަރަށް ތަރައްގީ ކުރުމަށްފަހުގަ އެވެ. މާލޭގައި ހުންނަ ގައުމީ ބިލިއާޑް ސެންޓަރުގެ އިތުރުން ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ވެސް ވަނީ ފެންވަރު ރަނގަޅު ބިލިއާޑް ފެސިލިޓީއެއް ގާއިމްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox